Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޤަތަރު ވޯލްޑްކަޕް 2022

އަމިއްލަ ވަޒަނުގައި މެޗުތައް ބެލުމުގައި ސޫދާންގެ އަންހެން ސަޕޯޓަރުން ވަރެއް ހަމަ ނެތް!

2 ޑިސެމްބަރު 2022 | ހުކުރު 18:58

އަންހެނުންނަށް ލިބޭ އަނިޔާތަކަށް މީހުންގެ ސަމާލުކަން ހޯދާ، އެކަމުން ސަލާމަތްވުމަށް މީހުން ހޭލުންތެރި ކުރުވުމުގެ މަސައްކަތްވެސް އެ ޖަމިއްޔާއިން ކުރޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 2 ޑިސެމްބަރު 2022 | ހުކުރު 18:58
ސޫދާންގެ ރައީސް ކަމުގެ މަޤާމުން 2019 ވަނަ އަހަރު ޢުމަރު އަލް-ބަޝީރު ދުރު ކުރެވުމާއެކު، އެ ޤައުމުގައި ވަނީ އަންހެނުންގެ ފުޓުބޯޅަ ލީގެއްވެސް ތަޢާރަފު ކޮށްފައި

ސޫދާންގެ ރައީސް ކަމުގެ މަޤާމުން 2019 ވަނަ އަހަރު ޢުމަރު އަލް-ބަޝީރު ދުރު ކުރެވުމާއެކު، އެ ޤައުމުގައި ވަނީ އަންހެނުންގެ ފުޓުބޯޅަ ލީގެއްވެސް ތަޢާރަފު ކޮށްފައި

ދުނިޔޭގެ ތައްޓަށް ކުޅޭ އެންމެ ވަރުގަދަ ފުޓުބޯޅަ މުބާރާތުގެ އެންމެ ފޯރިގަދަ ހިސާބަށް އާދެވިފައި ވާ އިރު، އެއްވެސް މީހަކީ ފުޓުބޯޅައިގެ މި ޢީދުން ބާކީ ކުރެވިފައި ނުވާ މީހެއް ކަން ކަށަވަރު ކުރުމަށް، ހެޔޮ އެދޭ އެކި ފަރާތްތަކުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެފަދަ އާދަޔާ ޚިލާފު މަސައްކަތެއް ކުރި އެއް ބަޔަކީ، ހަނގުރަމައާއި އެނޫންވެސް އެފަދަ ނުތަނަވަސް އެތައް ކަމަކުން ފަޒާ ބަނަކޮށްފައި ވާ ސޫދާންގެ ގުރޫޕެއް ކަމަށް ވާ "އަލް-ހަރީސާތު"އެވެ.

"އަލް-ހަރީސާތު"އަކީ، އަންހެނުންގެ ޙައްޤުތަކަށް ފުޅާ ދާއިރާއެއްގައި ވަކާލާތު ކުރަމުންދާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން ވަނީ، ސޫދާންގެ ވެރިރަށް ޚާރްތޫމްގައި، ރައްކާތެރިކަމާއެކު ވޯލްޑްކަޕްގެ މެޗުތައް ބަލާލުމުގެ ފުރުޞަތު، ސޫދާންގެ އަންހެނުންނާއި ކުޑަ ކުދިންނަށް ހޯދާ ދީފައެވެ. ސޫދާންގެ އާދަކާދައާއި ޘަޤާފަތް އޮންނަ ގޮތުން، ކެފޭތަކާ އެނޫންވެސް އާންމު ތަންތަނުގެ ބޮޑު ކޮންޓްރޯލެއް ނަގާފައި ވަނީ ފިރިހެނުންނެވެ. އަންހެނުންނާއި ކުޑަ ކުދިންނަށް ހާއްސަކޮށްގެން ވޯލްޑްކަޕް މެޗުތައް ދެއްކުމުގެ އިންތިޒާމު، "އަލް-ހަރީސާތު"އިން ހަމަޖެއްސީ، އަންހެނުންނަކީވެސް، ފުޓުބޯޅައަށް ލޯބި ކުރާ ބައެއްކަން އަންގައި ދިނުމުގެ ގޮތުންނެވެ.

ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ފޯރި މި ފަހަރު އެންމެ ގަދަވެފައި މި ވަނީ، ޖިންސީ ތަފާތު ކުރުންތަކާއެކު އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމާ ދެކޮޅަށް ބައިނަލްއަޤުވާމީ ފެންވަރުގައި ކޮންމެ އަހަރަކުވެސް ފާހަގަ ކުރަމުންދާ 16 ދުވަހުގެ ކެމްޕޭން ހަރަކާތްވެސް ކުރިއަށް ދާ ދަނޑިވަޅުގައެވެ. "އަލް-ހަރީސާތު"އިން ދަނީ މި ފުރުޞަތުގެ ބޭނުން ހިފާ، އަންހެނުންނަށް ލިބޭ އަނިޔާތަކަށް މީހުންގެ ސަމާލުކަން ހޯދާ، އެކަމުން ސަލާމަތްވުމަށް މީހުން ހޭލުންތެރި ކުރުވުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

ނޮވެމްބަރު 28 ވަނަ ދުވަހުގެ ރޭ، ބްރެޒީލްއާ ދެކޮޅަށް ސުވިޓްޒަލަންޑް ކުޅުނު މެޗު ބަލަން ތިބި އަންހެނުންގެ ތެރެއިން އެކެއްގެ އަތުގައި އޮތީ އެފަދަ ތަސްވީރެކެވެ. އެއީ ސީތު އަލް-ނުފޫރުގެ ތަސްވީރެކެވެ. ސީތު އަލް-ނުފޫރަކީ 2018 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ސޫދާންގައި، އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގެ ތެރޭގައި މަރާލާފައިވާ އެކްޓިވިސްޓެކެވެ.

ސޫދާންގެ ރައީސް ކަމުގެ މަޤާމުން 2019 ވަނަ އަހަރު ޢުމަރު އަލް-ބަޝީރު ދުރު ކުރެވުމާއެކު، އެ ޤައުމުގައި ވަނީ އަންހެނުންގެ ފުޓުބޯޅަ ލީގެއްވެސް ތަޢާރަފު ކޮށްފައެވެ. މިއާއެކު، އަންހެން ކުޅުންތެރިން ބަލައިގަންނަ ގަތުމަށްވެސް ވަނީ އެދެވޭ ބަދަލެއް އައިސްފައެވެ. ޢުމަރު އަލް-ބަޝީރުގެ ވެރިކަމުގައި، އެ ކަންކަމީ ވަޅުޖެހިފައި އޮތް ކަންކަމެވެ.

އިތުރަށް ކިޔާލަން

07 އޯގަސްޓު 2018

ހަ އަހަރުގެ ކުއްޖެއްގެ އަމިއްލަ އުފެއްދުން ސުޕަމާކެޓަށް!

07 އޯގަސްޓު 2018
ހަ އަހަރުގެ ކުއްޖެއްގެ އަމިއްލަ އުފެއްދުން ސުޕަމާކެޓަށް!
24 ޖޫން 2018

ފިލްމްތަކުން ނުފެނުނީ އަމިއްލަ ސަބަބުތަކާ ހުރެ: ބޮބީ

24 ޖޫން 2018
ފިލްމްތަކުން ނުފެނުނީ އަމިއްލަ ސަބަބުތަކާ ހުރެ: ބޮބީ
27 މެއި 2018

އެތެއްގެ އަމިއްލަ ކުރެހުންތަކަށް ގިނަ ބައެއްގެ ޝައުވެރިކަން

27 މެއި 2018
އެތެއްގެ އަމިއްލަ ކުރެހުންތަކަށް ގިނަ ބައެއްގެ ޝައުވެރިކަން
03 މެއި 2018

400 އަހަރު ވަންދެން ކަޅު ނަސްލުގެ މީހުން އަޅުވެތި ކަމުގައި ތިބީ އަމިއްލަ އިހްތިޔާރުގައި ކަމަށް ކާންޔޭ ބުނެފި

03 މެއި 2018
400 އަހަރު ވަންދެން ކަޅު ނަސްލުގެ މީހުން އަޅުވެތި ކަމުގައި ތިބީ އަމިއްލަ އިހްތިޔާރުގައި ކަމަށް ކާންޔޭ ބުނެފި
24 އެޕްރީލު 2018

މިނީމީ މަރުވީ އަމިއްލައަށް

24 އެޕްރީލު 2018
މިނީމީ މަރުވީ އަމިއްލައަށް
17 އެޕްރީލު 2018

ރެމޯ ޑި ސޫޒާ: އަމިއްލަ ކްލޯތިން ލައިނެއް ތައާރަފް ކުރަނީ

17 އެޕްރީލު 2018
ރެމޯ ޑި ސޫޒާ: އަމިއްލަ ކްލޯތިން ލައިނެއް ތައާރަފް ކުރަނީ
29 ޖެނުއަރީ 2018

ފިރިމީހާގެ ފޯނުން އަމިއްލަ ފޯނަށް ވަރިކުރި ކަމަށް ބުނެ އަނބިމީހާ މެސެޖް ކޮށްފި

29 ޖެނުއަރީ 2018
ފިރިމީހާގެ ފޯނުން އަމިއްލަ ފޯނަށް ވަރިކުރި ކަމަށް ބުނެ އަނބިމީހާ މެސެޖް ކޮށްފި
21 ޑިސެމްބަރު 2017

ކްލޯއީ ކާޑޭޝިއަން ބަލިވެއިންކަން އޭނާ އަމިއްލައަށް ހާމަކޮށްފި

21 ޑިސެމްބަރު 2017
ކްލޯއީ ކާޑޭޝިއަން ބަލިވެއިންކަން އޭނާ އަމިއްލައަށް ހާމަކޮށްފި
21 ޖުލައި 2017

ލަވަކިޔުންތެރިޔާ ޗެސްޓާ ބެނިންޓަން އަމިއްލައަށް ދަންޖެހިގެން މަރުވެއްޖެ

21 ޖުލައި 2017
ލަވަކިޔުންތެރިޔާ ޗެސްޓާ ބެނިންޓަން އަމިއްލައަށް ދަންޖެހިގެން މަރުވެއްޖެ
03 ޖުލައި 2017

ހުއްދަ ނެތި، އަމިއްލަ ފައިދާއަށް މިއުޒިކް ލެޖެންޑުންގެ ފޮޓޯ ބޭނުން ކުރުމުގެ ތުހުމަތު ކެންޑަލް އާއި ކައިލީ ޖެނަރއަށް

03 ޖުލައި 2017
ހުއްދަ ނެތި، އަމިއްލަ ފައިދާއަށް މިއުޒިކް ލެޖެންޑުންގެ ފޮޓޯ ބޭނުން ކުރުމުގެ ތުހުމަތު ކެންޑަލް އާއި ކައިލީ ޖެނަރއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް