Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފީޗަރ ރިޕޯޓް

ކުލި ޑޮލަރުން، އިންސާފުވެރި؟

1 ޑިސެމްބަރު 2022 | ބުރާސްފަތި 08:44

ކުލި ދައްކަން ޖެހޭނީ ދިވެހި ރުފިޔާއިން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 1 ޑިސެމްބަރު 2022 | ބުރާސްފަތި 08:44
ޑޮލަރު

ޑޮލަރު

ކުލީގެ ވާހަކަތަކަކީ ދައްކާ ނުނިމޭނެ ވާހަކަތަކެކެވެ. ކުލި ބޮޑުވުމާއި ކުއްޔަށް ތަންތަން ހޯދުމުގައި ހުރި ދަތިތަކުގެ ވާހަކަތަކަކީ އަބަދުވެސް ދައްކަމުން އަންނަ އެކަމަކަށް މިހާތަނަށް ހައްލެއް ލިބިފައިނުވާ ކަންކަމެކެވެ. މިކަންކަމާ ރައްޔިތުން ކަންބޮޑުވެފައިވަނިކޮށް އަނެއްކާވެސް ކުއްޔާ ގުޅުންހުރި އައު ކަމެއް މިވަނީ އާއްމުވާން ފަށައިފައެވެ. އެއީ ދިވެހި ރުފިޔާގެ ބަދަލުގައި ޑޮލަރު ބޭނުުންކޮށްގެން ކުލި ދެއްކުމެވެ.

ގިނަ ތަންތަނުގައި ކުއްޔަށް ދޫކުރާ އެޕާޓްމަންޓުތައް އިޝްތިހާރު ކުރާއިރު މިހާރު އަގު ޖަހާފައި ހުންނަނީ ޑޮލަރުންނެވެ. ހުރިހާ ފަރުނީޗަރާއެކު ކުއްޔަށްދޭ އެއް ކޮޓަރީގެ އެޕާޓްމަންޓެއްގެ އަގު 1000 ޑޮލަރުގައި ގިނަ ތަންތަނުގައި ޖަހާފައި ހުންނައިރު އެއީ ދިވެހި ރުފިޔާއިން ޖަހާފައި ހުންނާނެ އަގަށްވުރެ ކިޔާލަން ކުޑަ އަގަކަށް ވެދާނެއެވެ. ނަމަވެސް ހަމަޔަގީނުންވެސް އެއީ އެއް ކޮޓަރީގެ އެޕާޓްމަންޓުތައް އާއްމުކޮށް މާލެ އިން ލިބެން ހުންނަ އަގުތަކަށްވުރެ ބޮޑު އަގެކެވެ.

ޑޮލަރުން ކުލި ދައްކަން ޖަހާފައި ހުންނައިރު ދިވެހި ފައިސާއިން އެ އަދަދަށްވާ ފައިސާ ދެއްކޭނެތޯ ސުވާލު ކުރުމުން ގިނަ ތަންތަނުން ބުނަނީ އެ ފަރާތްތަކުން ކުލި ބަލައިގަންނާނީ ޑޮލަރުން އެކަނި ކަމަށެވެ. ނަމަވެސް ދިވެހި ފައިސާއިން މުސާރަ ލިބޭ މީހަކަށް ކުލި ޑޮލަރުން ދެއްކުން ވެގެންދާނީ ބޭއިންސާފަކަށެވެ.

ރާއްޖޭގައި ޑޮލަރު ވިއްކާ ރަސްމީ އަގަކީ ޑޮލަރެއް 15.42 (ފަނަރަ ރުފިޔާ ސާޅިސް ދެ ލާރި) އެވެ. އެ އަދަދުން ބަލާނަމަ 1000 ޑޮލަރުގެ ކުލި ދައްކަން 15,420 ރުފިޔާ ހޭދަ ކުރަން ޖެހޭނެއެވެ. ނަމަވެސް މިއީ އަބަދު ކަން އޮންނާނެ ގޮތެއް ނޫނެވެ. ރާއްޖޭގައި ޑޮލަރުގެ އަގު އަބަދުވެސް ދަނީ ބަދަލުވަމުންނެވެ. ގިނަ ޑޮލަރު އެކްސްޗޭންޖުތަކުން ޑޮލަރުތައް ވިއްކަނީ ކަނޑައަޅާފައިވާ ރޭޓުތަކަށްވުރެ ބޮޑު އަގެއްގައެވެ. ގިނަ ތަންތަނުގައި މި ހަފްތާގައި ވެސް ޑޮލަރެއްގެ އަގު ހުރީ 17 ރުފިޔާއަށްވިރެ މަތީގައެވެ. އެހެން ކަމަށްވާނަމަ މި މަހުގެ ކުލި ދައްކަން އެކްސްޗޭންޖުތަކުން ދިވެހި ފައިސާ ޑޮލަރަށް ބަދަލު ކުރާ ފަރާތްތަކުން ގޭގެ ކުލި ދައްކަން 17,000 ރުފިޔާއަށްބޮޑު ހޭދައެއް ކުރަން ޖެހޭނެއެވެ. މިގޮތަށް ކޮންމެ މަހަކުވެސް ޑޮލަރުގެ އަގަށް އަންނަ ބަދަލާއެކު އެ މީހަކު އެ ޑޮލަރު ގަންނަން ހޭދަ ކުރާ ދިވެހި ފައިސާއަށް ބަދަލު އަންނާނެއެވެ.

ގޭގެ ވެރިފަރާތަށް ލިބޭ އެއްޗަކަށް ބަދަލެއް ނާންނާނެއެވެ. ޑޮލަރުގެ އަގަށް އަންނަ ބަދަލާއެކު ބަދަލު އަންނާނީ ކުލި ދައްކާ މީީހާގެ އަތުން ހޭދަވާ ފައިސާއަށެވެ. ދިވެހި ރުފިޔާއިން މުސާރަ ލިބޭ މީހެއްނަމަ ޔަގީނުންވެސް ޑޮލަރުން ކުލި ދައްކާނަމަ އެ ކުލި ދައްކަން ޑޮލަރު ގަންނަން ޖެހޭނެއެވެ. ބޭންކުން އެ ބޭނުންވާވަރަށް ކޮންމެ މަހަކު ޑޮލަރު ލިބުމަކީ ދަތިކަމަކެވެ.

ކޮވިޑް-19ގެ ތެރޭގައި ރާއްޖޭގައި ޑޮލަރު ލިބުން ދަތިވެ ޑޮލަރުގެ އަގު 19 ރުފިޔާއަށް ވެސް އެރިއެވެ. އެ އަގުގައި ބަލާނަމަ 1000 ޑޮލަރުގެ އެޕާޓްމަންޓަކަށް 19,000 ރުފިޔާ ދައްކަން އެބަޖެހެއެވެ. އެއީ އަސްލު ރޭޓަށް ބަލާއިރު 4000 އެއްހާ ދިވެހި ރުފިޔާ ބޮޑު އަދަދެކެވެ.

މީގެ ބަދަލުގައި ދިވެހި ރުފިޔާއިން ކުލި ދައްކާ މީހަކަށް ޑޮލަރަށް ކިތަންމެ ބޮޑު ބަދަލެއް އައި ނަމަވެސް ދައްކަން ޖެހޭ ފައިސާއަށް ބަދަލެއް ނާންނާނެއެވެ. އެޕާޓްމަންޓުގެ ކުއްޔަކީ 10,000 ރުފިޔާނަމަ ކޮންމެ މަހަކު އޭނާ ދައްކަން ޖެހޭނީ 10,000 ރުފިޔާއެވެ.

އެެހެންކަމުން ދިވެހި ރުފިޔާއިން މުސާރަ ލިބޭ ފަރާތްތަކުގެ ކުލި ޑޮލަރުން ދެއްކުމަކީ އިންސާފުވެރި ގޮތެއް ނޫނެވެ. އަދި މިއީ ރާއްޖޭގައި ވިޔަފާރި ކުރުމުގެ ގަވާއިދުގެ ދަށުން ހުއްދަ ގޮތެއް ވެސް ނޫނެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މައުލޫމާތު ދޭ ގޮތުގައި ރާއްޖޭގައި ގޭގެ ކުލި ޑޮލަރުން ނުނެގޭނެއެވެ. އެ ވިޔަފާރި ކުރަން ޖެހޭނީ ދިވެހި ރުފިޔާއިންނެވެ.

އިތުރަށް ކިޔާލަން

15 އެޕްރީލު 2022

އަޅެ، ކުލި ދައްކައިގެން އުޅެނީ ހަމައެކަނި ހިޔާ ފްލެޓް ތަކުގައި ދިރިއުޅޭ ރައްޔިތުންތަ؟

15 އެޕްރީލު 2022
އަޅެ، ކުލި ދައްކައިގެން އުޅެނީ ހަމައެކަނި ހިޔާ ފްލެޓް ތަކުގައި ދިރިއުޅޭ ރައްޔިތުންތަ؟
06 އެޕްރީލު 2022

ޑަބަލް ޕެންޝަން ދިނުން އިންސާފުވެރިތަ؟

06 އެޕްރީލު 2022
ޑަބަލް ޕެންޝަން ދިނުން އިންސާފުވެރިތަ؟
21 މާރިޗު 2022

ހިޔާ ފްލެޓްތަކުގެ ކުލި ކަނޑައެޅޭ ގޮތަކުން މާލޭގެ އިޖްތިމާއީ ގިނަ މައްސަލަތައް ހައްލުވުމަށް އެހީވެދޭނެ

21 މާރިޗު 2022
ހިޔާ ފްލެޓްތަކުގެ ކުލި ކަނޑައެޅޭ ގޮތަކުން މާލޭގެ އިޖްތިމާއީ ގިނަ މައްސަލަތައް ހައްލުވުމަށް އެހީވެދޭނެ
16 ޑިސެމްބަރު 2021

ކުލި ދައްކަން ނުޖެހޭނަމަ؟

16 ޑިސެމްބަރު 2021
ކުލި ދައްކަން ނުޖެހޭނަމަ؟
23 މެއި 2020

ރައީސް ޔާމީންގެ ޝަރީއަތް އިންސާފުވެރި، މައްސަލައަކީ ބައިވެރިން ދޫވެފައި ތިބުން!

23 މެއި 2020
ރައީސް ޔާމީންގެ ޝަރީއަތް އިންސާފުވެރި، މައްސަލައަކީ ބައިވެރިން ދޫވެފައި ތިބުން!
11 އޮކްޓޯބަރު 2019

ކުލި ކޮންޓްރޯލް ކޮށްގެން ވާނެ ފައިދާއެއް ނެތް!

11 އޮކްޓޯބަރު 2019
ކުލި ކޮންޓްރޯލް ކޮށްގެން ވާނެ ފައިދާއެއް ނެތް!
04 އޯގަސްޓު 2018

ތިމަރަފުށީގެ ހިއްކި ބިމަށް ބަލަހައްޓައިގެން ތިބެ ރައްޔިތުން ދިރިއުޅުމަށް ކުލި ދައްކަނީ!

04 އޯގަސްޓު 2018
ތިމަރަފުށީގެ ހިއްކި ބިމަށް ބަލަހައްޓައިގެން ތިބެ ރައްޔިތުން ދިރިއުޅުމަށް ކުލި ދައްކަނީ!
01 ފެބުރުއަރީ 2018

ދިރިއުޅުމުގެ އުފާވެރިކަން ފޭރިގަތް ކުލި!

01 ފެބުރުއަރީ 2018
ދިރިއުޅުމުގެ އުފާވެރިކަން ފޭރިގަތް ކުލި!
18 ނޮވެމްބަރު 2017

ދައްކަންވީ ކެނޑިޑޭޓެއްގެ ވާހަކަތޯ އެވެ؟ ނޫނީ އިންސާފުވެރި އިންތިހާބެއް ހޯދުމުގެ ވާހަކަތޯ އެވެ؟

18 ނޮވެމްބަރު 2017
ދައްކަންވީ ކެނޑިޑޭޓެއްގެ ވާހަކަތޯ އެވެ؟ ނޫނީ އިންސާފުވެރި އިންތިހާބެއް ހޯދުމުގެ ވާހަކަތޯ އެވެ؟
10 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިހާބެއް ނުލިބޭނެކަން ކަށަވަރު!

10 ޖެނުއަރީ 2017
މިނިވަން އިންސާފުވެރި އިންތިހާބެއް ނުލިބޭނެކަން ކަށަވަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް