Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ފީފާ ވޯލްޑް ކަޕް

ޤަތަރުން މިވަގުތު އެންމެ އަގުހެޔޮކޮށް ކޮޓަރިއެއް ލިބެން ހުރީ ކޮންތާކުންކަން އެނގޭތަ؟

މުޅިން އަލަށް އިމާރާތް ކޮށްފައިވާ 1404 އިމާރާތް އެކުލެވިގެން ވަނީ 3 ފަންގިފިލާގެ މައްޗަށް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 1 ޑިސެމްބަރު 2022 | ބުރާސްފަތި 06:42
ޤަތަރުން މިވަގުތު އެންމެ އަގު ހެޔޮކޮށް ކޮޓަރިއެއް ލިބެން ހުރީ ކޮންތާކުން

ޤަތަރުން މިވަގުތު އެންމެ އަގު ހެޔޮކޮށް ކޮޓަރިއެއް ލިބެން ހުރީ ކޮންތާކުން

ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތް ބަލާލުމަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން ޤަތަރަށް ޒިޔާރަތް ކުރަމުންދާ އެތައް ހާސް ބައެއްގެ ވަގުތީ ހިޔާވައްސެއް ކަމުގައި ވެފައި ވަނީ ޤަތަރުގެ ހަނަފަސް ސަހަރާގެ ހަވާސާގައި، ނާމްސޫފި ކަތިލާ ކާރުޚާނާއަކާއި ހައި ވޯލްޓޭޖް ކަރަންޓު ނަރުތަކަކާ އިންވެގެން އޮތް ކޮންކުރީޓް ފުލެޓްބަރިއެކެވެ.

އެންމެ ދުރުގައިވާ ސްޓޭޑިއަމްތަކުން ފެށިގެން ބަލާކަމުގައި ވަނީ ނަމަ، ބަރްވާ ބަރަހަތު އަލް ޖަނޫބްއަށް ދެވެނީ 2 ގަޑިއިރުގެ މެޓްރޯ އަދި ބަސް ދަތުރަކަށް ފަހުގައެވެ. ވޯލްޑްކަޕާ ގުޅިގެން ޤަތަރުން ފެންނަމުން ދިޔަ ކުލަ ގަދަ މަންޒަރުތަކާ ތަފާތެވެ. ނަމަވެސް، މިއިން ތަނެއްގެ އަގަކީ ރެޔަކަށް އެންމެ 84 ޑޮލަރެވެ. ޤަތަރުގެ އަދުގެ އަގުތަކަށް ބަލާއިރު، އެއީ އިންތިހާއަށް ހެޔޮ އަގެކެވެ.

މުޅިން އަލަށް އިމާރާތް ކޮށްފައި ވާ 1404 އިމާރާތް އެކުލެވިގެން ވަނީ 3 ފަންގިފިލާގެ މައްޗަށެވެ. އިމާރާތްތަކުގެ މެދުން ހަނި މަގުތަކެއްވެސް އޮތް، މި ކުޑަކުޑަ ޝަހަރަކީ، ދަށް ފަންތީގެ އާމްދަނީއަށް މަސައްކަތް ކުރުމަށް ޤަތަރަށް ހިޖުރަ ކުރާ މަސައްކަތްތެރިންނަށް ހާއްސަކޮށްގެން އެޅި އިމާރާތްތަކެކެވެ. 3 މިލިއަނެއްހާ މީހުން ދިރިއުޅެމުންދާ ޤަތަރުގެ އާބާދީގެ ބޮޑު ބައެއް ހިއްސާ ކުރަނީ ހިޖުރަވެރި މަސައްކަތްތެރިން ކަމަށް ވާ އިރު، މި އިމާރާތްތަކުން، 67000 އެއްހާ މަސައްކަތްތެރިންނަށް ހިޔާވަހިކަން ހަމަޖެހިގެންދާނެ ކަމަށް ބެލެވެއެވެ. މި އިމާރާތްތަކަށް މަސައްކަތްތެރިންގެ ދިރިއުޅުން ބަދަލު ކުރަން ފަށާނީ، ވޯލްޑްކަޕް ނިމުމުން ކަމަށްވެސް ބެލެވެއެވެ.

ޤަތަރަށް މިވަގުތު ޒިޔާރަތް ކުރާ ފޭނުން ތިބީ، މި ވަރަށްވެސް ޚިދުމަތް ލިބެން ހުރި ކަމާ މެދު ހިތް ހަމަޖެހުން ފާޅުކޮށްފައެވެ. އެފަދަ އެކަކީ އާޖެންޓީނާގެ އެމިލިއާނޯ ކައްރާސްކަލްއެވެ.

ވޯލްޑްކަޕްއާ ދިމާކޮށް ޤަތަރަށް އެތެރެވާ ގިނަ ޢަދަދެއްގެ މެހެމާނުންނަށް ކޭޓަރ ކުރުމަށް ހުޅުވި ވަގުތީ ކަޑަތަކުގެ ތެރެއިން ކަޑައަކުން ބިރިޔާނީއެއް ގަނެގެން، ކަރުދާސް ތައްޓެއްގައި ކާން އިން ކައްރާސްކަލްއަށް އެވަރުވެސް ފުދެއެވެ. ޤަތަރުގެ އެހެން ހިސާބުތަކުން ބޯހިޔާވަހިކަން ލިބެން ހުރި އަގުތަކަށް ބަލާއިރު، މިއީ ނަޞީބެކެވެ.

ދޯހާއާއި ކައިރީގައި އަޅާފައިވާ ކެބިންތަކުން ކޮޓަރިއެއްގެ އަގު އުޅެނީ، ރެއަކަށް 200 ޑޮލަރުގައެވެ. އެއަރބީއެންބީގައި ލިސްޓުކޮށްފައިވާ، ޝެއަރޑް އެޕަރޓްމަންޓްތަކުގެ އަގު އުޅެނީ ރެއަކަށް 500 ޑޮލަރުގައި ކަމަށް ވާ އިރު، ކުރޫޒްލައިނަރ ކެބިންއެއްގެ އަގު އުޅެނީ، ރެއަކަށް ހާސް ޑޮލަރުން މަތީގައެވެ.

ބަރްވާ ބަރަހަތުގެ ކޮޓަރިތައް ފަރުމާ ކޮށްފައި ވަނީ ވަރަށް އާދައިގެ ގޮތަކަށެވެ. ދަގަނޑުން ހަދާފައިވާ އެނދުތަކާއި، ލޮކަރުތަކެވެ. އެންމެ އަލިގަދަ ބޮކިތައް ހަރުކޮށްފައި ވާ އިރު، ފާރުތައް މުޅިންހެން ފަޅެވެ. ތަޅުންގަނޑުގައި އޮންނަނީ މުށި ޖަހާފައެވެ. އެ ސަރަޙައްދުގައި ވަގުތީ ސުޕަރމާޓެއްވެސް ހުރެއެވެ. އަދި މެޗުތައް ބެލުމަށްޓަކާ ބޮޑު ސްކްރީންވެސް ބަހައްޓާފައި ހުރެއެވެ.

ބައެއް މީހުންނަށް މިވަރުވެސް ވީ އެތައް ދުވަހެއްގެ މަސައްކަތުންނެވެ.

ރައްޓެއްސަކާއެކު ކޮޓަރި ހިއްސާ ކުރަމުންދާ ސަންޑިޕާން ބޯމިޗް ބުނި ގޮތުގައި އޭނާއަށް އެވަރުންވެސް ޤަތަރުގައި މަޑުކުރެވޭނީ އެންމެ 18 ވަރަކަށް ދުވަހުއެވެ.

ކޮންމެ ގޮތެއް ވިއަސް، ބަރްވާ ބަރަހަތުއިން ފެނިގެން ދަނީ އުފާވެރި މަންޒަރެކެވެ. ވާދަވެރި ޓީމުތަކުގެ ފޭނުން އެކީގައި އުޅޭ މަންޒަރެވެ. މުޅި ފަޒާގައި ވަނީ އުފާވެރި ކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބިލިއަނުން ޚަރަދުކޮށްގެން ރައްކާ ކުރި އަސްކަރީ ސިއްރުތައް، މަގުމަތީ ބާޒާރުން ލިބެން ހުރީ ބާ ކަރުދާހުގެ ގޮތުގަ!

ބިލިއަނުން ޚަރަދުކޮށްގެން ރައްކާ ކުރި އަސްކަރީ ސިއްރުތައް، މަގުމަތީ ބާޒާރުން ލިބެން ހުރީ ބާ ކަރުދާހުގެ ގޮތުގަ!

22 ޖޫން 2024
މިއީ ދުނިޔޭގައި މިވަގުތު ހުރި އެންމެ ހަގު ރެފުރީތަ؟

މިއީ ދުނިޔޭގައި މިވަގުތު ހުރި އެންމެ ހަގު ރެފުރީތަ؟

05 އޯގަސްޓު 2023
ވޯލްޑްކަޕާއެކު ޤަތަރުން ވޯލްޑްރެކޯޑަކަށް

ވޯލްޑްކަޕާއެކު ޤަތަރުން ވޯލްޑްރެކޯޑަކަށް

15 ނޮވެމްބަރު 2022
ދުނިޔޭގައި ލިބެން ހުރި އެންމެ ކުޅި މިރުސް އަޅައިގެން ޗޮކްލެޓެއް ކާލަން ކެރޭނެތަ؟

ދުނިޔޭގައި ލިބެން ހުރި އެންމެ ކުޅި މިރުސް އަޅައިގެން ޗޮކްލެޓެއް ކާލަން ކެރޭނެތަ؟

29 އޮކްޓޯބަރު 2022
ސޫރިޔާގެ މިނީބަސް ޑްރައިވަރުންނަށް އާމްދަނީއެއް ލިބެން ނެތްއިރު ޓެކްސީއަށް އަރާނެ ފަސެންޖަރަކުވެސް ނެތް!

ސޫރިޔާގެ މިނީބަސް ޑްރައިވަރުންނަށް އާމްދަނީއެއް ލިބެން ނެތްއިރު ޓެކްސީއަށް އަރާނެ ފަސެންޖަރަކުވެސް ނެތް!

04 ސެޕްޓެމްބަރު 2022

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު