Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ޓިއުނީޝިޔާއާ ދެކޮޅަށް ފްރާންސްއިން ނުކުންނާނީ ބަދަލުތަކަކާއެކު

ޑެޝޯމްޕްސް ބުނީ ޓީމުގައި ހިމެނޭ 24 ކުޅުންތެރިން ވެސް ކުޅެން ބޭނުންވާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ނޮވެމްބަރު 2022 | ބުދަ 02:28
ފްރާންސްގެ ކޯޗު ޑެޝޯމްޕްސް

ފްރާންސްގެ ކޯޗު ޑެޝޯމްޕްސް

ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޓިއުނީޝިޔާއާ ދެކޮޅަށް ނުކުންނައިރު ޓީމަށް ބަދަލު އަތުވެދާނެ ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފިއެވެ.

ޓިއުނީޝިޔާ މެޗަށް ނުކުންނައިރު ފްރާންސް އަށް ވަނީ މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ލިބިފައެވެ. ކުޅުނު ދެ މެޗުން ވެސް މޮޅުވެ އެ ޓީމު ވަނީ ހަ ޕޮއިންޓު ހޯދާފައެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ފްރާންސް އިން ވަނީ 4-1 އިން އޮސްޓްރޭލިޔާ ބަލިކޮށްފައެވެ. ދެ ވަނަ މެޗުގައި ޑެންމާކު އަތުން މޮޅުވީ 2-1 އިންނެވެ. ޓިއުނީޝިޔާ މެޗުން މޮޅުވެގެން ފްރާންސް އަށް ގްރޫޕްގެ އެއް ވަނަ ޔަގީން ކުރެވޭނެއެވެ.

ޑެޝޯމްޕްސް ބުނީ ޓިއުނީޝިޔާއާ ދެކޮޅަށް ނުކުންނަ ފްރާންސް ޓީމު އެ މެޗުގައި އެންމެ ރަނގަޅު ނަތީޖާ ނެރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އޭނާ ބުނީ ހާލަތުގެ ގޮތުން ބަދަލުތަކެއް ގެންނަން ޖެހުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. ޑެޝޯމްޕްްސް ބުނީ ފްރާންސް އޮތީ ދެ ވަނަ ބުރަށް ގޮސްފައި ކަމަށާއި، މިހާރު ގްރޫޕްގައި އިތުރު ޕޮއިންޓެއް ކޮންމެހެން ބޭނުން ވެސް ނުވާ ކަމަށެވެ. ނަމަވެސް އަމާޒަކީ ހުރިހާ މެޗެއް ކާމިޔާބުކުރުންކަމަށް ވުމުން، ޓިއުނީޝިޔާ މެޗުގައި ވެސް މަސައްކަތް ކުރާނީ އެކަމަށް ކަމުގައި އޭނާ ބުންޏެވެ.

ޓިއުނީޝިޔާއާ ދެކޮޅަށް ފްރާންސް އިން ނެރޭ ޓީމަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ކީޕަރު ހޫގޯ ލޮރިސްގެ ބަދަލުގައި ސްޓީވް މެންޑަންޑާ ކުޅެން އެރުވުމަކީ ގާތް ކަމެކެވެ. މީގެ އިތުރުން ފޯވާޑް އޮސްމާން ޑެމްބެލޭގެ ބަދަލަށް ކިންގްސްލީ ކޯމަން އެރުވަކީ ވެސް ޑެޝޯމްޕްސް ނިންމައިފާނެ ނިންމުމެކެވެ.

މީގެ އިތުރުން ޑެޝޯމްޕްސް ވަނީ އެ މެެޗުގައި ކީލިއަން އެމްބާޕޭ އަށް ރެސްޓެއް ދީފާނެ ކަމުގެ އިޝާރާތެއް ވެސް ކޮށްފައެވެ. އޭނާ ބުނީ ފިޒިކަލީ އެމްބާޕޭ ހުރީ ވަރަށް ރަނގަޅަށް ކަމަށެވެ. ޑެޝޯމްޕްސް ބުނީ އެމްބާޕޭ އަކީ އަބަދުވެސް ފްރާންސް ޓީމަށް މުހިންމު ކުޅުންތެރިޔެއް ކަމަށާއި، އޭނާގެ މަސައްކަތުން އެކަން ސާބިތުވެސްވާ ކަމަށެވެ. ޑެޝޯމްޕްސް ބުނީ މިހާރު އެމްބާޕޭ އަކީ 18 އަހަރުގެ ކުޅުންތެރިޔެއް ނޫން ކަމަށާއި، އޭނާ އަކީ ތަޖުރިބާ ހުރި ކުޅުންތެރިޔެއް ކަމަށެވެ. އެމްބާޕޭ ކުޅެން ބޭނުންވާކަން ފާހަގަކޮށް ޑެޝޯމްޕްސް ބުނީ ޓީމުގައި ހިމެނޭ 24 ކުޅުންތެރިން ވެސް ކުޅެން ބޭނުންވާ ކަމަށެވެ. ނަމަވެސް އޭނާ ބުނީ އެ ހުރިހާ ކުޅުންތެރިންނަށް އެއް ފަހަރާ ކުޅެން ނޭރޭނެ ކަމުގައެވެ.

ޑެޝޯމްޕްސް ބުނީ ޓިއުނީޝިޔާއާ ދެކޮޅަށް ކުޅޭ މެޗު ވާނީ ވަަރަށް ޓަފް މެޗަކަށް ކަމަށެވެ. ޚާއްސަކޮށް އެ ޤައުމުގެ ގިނަ ސްޕޯޓަރުންތަކެއް މުބާރާތަށް ޤަތަރަށް އައިސްފައިވާކަން ޑެޝޯމްޕްސް ފާހަގަކުރިއެވެ. އެހެންކަމުން ދަނޑުގައި އޮންނާނީ ރަނގަޅު ފޯރިއެއް ކަމަށާއި، ފްރާންސް އިން ބޭނުންވަނީ އެ ކަހަލަ މެޗެއް ކުޅުމަށް ކަމަށް ޑެޝޯމްޕްސް ބުންޏެވެ.

މުބާރާތުގައި ފްރާންސް އަދި ޓިއުނީޝިޔާ ބައްދަލު ކުރާ މެޗު ފަށާނީ ބުދަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 20:00 ގައެވެ.

އިތުރަށް ކިޔާލަން

04 މާރިޗު 2017

ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ

04 މާރިޗު 2017
ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ
28 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން

28 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން
27 ފެބުރުއަރީ 2017

ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟

27 ފެބުރުއަރީ 2017
ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟
25 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް

25 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް
25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
15 ފެބުރުއަރީ 2017

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

15 ފެބުރުއަރީ 2017
މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު