Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ބްރަހޯލްޓާގެ ހުރިހާ ފޯކަސްއެއް މެޗަށް، ބޭނުންވަނީ އީރާން އަތުން މޮޅެއް

ބްރަހޯލްޓާ ބުނީ ހުރިހާ ވިސްނުމަކާއި ކަންކަން އެއް ފަރާތްކޮށް ފުރިހަމަ ފޯކަސް މެޗަށް އޮތް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ނޮވެމްބަރު 2022 | އަންގާރަ 02:10
ޕްރެސްގައި އެމެރިކާގެ ކޯޗު ބްރަހޯލްޓާ

ޕްރެސްގައި އެމެރިކާގެ ކޯޗު ބްރަހޯލްޓާ

ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އީރާނާ ދެކޮޅަށް ނުކުންނައިރު ހުރިހާ ފޯކަސްއެއް ހުރީ މެޗަށް ކަމަށާއި، ބޭނުންވަނީ މޮޅުވާން ކަމަށް އެމެރިކާގެ ކޯޗު ގްރެގް ބްރަހޯލްޓާ ބުނެފިއެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް ކުރިމަތިލާއިރު އެމެރިކާ އޮތީ ކުޅުނު ދެ މެޗުން ވެސް އެއްވަރުވެ ގްރޫޕްގެ ތިން ވަނައިގައެވެ. ދެ ވަނައިގައި އީރާން އޮތީ ތިން ޕޮއިންޓު ހޯދައިގެންނެވެ. އެހެންކަމުން ފަހު މެޗުގައި އީރާން ބަލިކޮށްގެން އެމެރިކާ އަށް ދެ ވަނަ ބުރުގެ ޖާގައެއް ލިބޭނެއެވެ. އެހެންކަމުން ބްރަހޯލްޓާ ބުނީ ހުރިހާ ވިސްނުމަކާއި ކަންކަން އެއް ފަރާތްކޮށް ފުރިހަމަ ފޯކަސް މެޗަށް އޮތް ކަމަށެވެ.

އޭނާ ބުނީ އެމެރިކާ އަކީ ފަހަތް ބަލާނެ ޓީމެއް ނޫން ކަމަށެވެ. އެކަމުގައި އެއްވެސް ބޭނުމެެއް ނެތްކަން ފާހަގަ ކުރަމުން ބްރަހޯލްޓާ ބުނީ، ވޭލްސް އާއި އިންގްލެންޑާ ދެކޮޅަށް ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ. އެހެންކަމުން އެ ރޫހުގައި ނުކުމެ ކުރިއަށް އޮތް މެޗުގައި ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެން ޖެހޭ ކަމަށެވެ. އޭނާ ބުނީ އެމެރިކާ އޮތް ގްރޫޕުން އޭނާ އަށް ފެންނަނީ ހުރިހާ ޓީމެއް ވެސް މޮޅުވުމަށް ފޯކަަސް ކޮށްގެން އޮތް ތަން ކަމަަށެވެ.

މީގެ އިތުރުން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެމުން ބްރަހޯލްޓާ ބުނީ، 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެމެރިކާ އާއި އީރާން ބައްދަލު ކުރި މެޗު އޭނާގެ ހަނދާނުގައި ވަރަށް ރަނގަޅަށް ހަރުލާފައި ހުންނަ ކަމަށެވެ. އޭނާ ބުނީ އެމެޗުގެ ފުރަތަމަ ކަށިގަނޑާއެކު ވެސް ފެނުނީ އެއް ޓީމު މެޗުން މޮޅުވާން ބޭނުންވެފައި އޮތް މިންވަރު ކަމަށާއި، އަނެއް ޓީމުގެ ފަރާތުން އެކަން އެހާ ބޮޑަށް ނުފެންނަ ކަމަށެވެ. އޭނާ ބުނީ އެ މެޗުން އީރާން އޮތީ މޮޅުވާން ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށާއި، އެ ޓީމުގެ ހުރިހާ ފޯކަސްއެއް މެޗަށް އޮތް މަންޒަރު ވެސް ފެނުނު ކަމަށެވެ. އޭނާ ބުނީ އެމެރިކާ އިން ބޭނުންވަނީ މާޒީން ފިލާވަޅު ލިބިގަނެ ކުރިއަށް މެޗުގައި އީރާން މައްޗަށް ކުރި ހޯދަން ކަމަށެވެ.

ޕްރެސްގައި ވާހަކަ ދައްކަމުން އެމެރިކާ ޓީމުގެ ކެޕްޓަން އަދި މިޑްފީލްޑަރު ޓައިލާ އެޑަމްސް ބުނީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެމެރިކާ އަދި އީރާން ބައްދަލު ކުރި އިރު އޭނާ އުފަން ވެސް ނުވާ ކަމަށާއި، އެ މެޗުގައި ކަންކަން ހިނގި ގޮތް ހަނދާން ނުހުންނާނެ ކަމަށެވެ. ނަމަވެސް އޭނާ ބުނީ ކުރިއަށް އޮތް މެޗުގައި ޓީމަށް ކާމިޔާބު ހޯދައި ދިނުމަށް އޭނާގެ އިތުރުން އެހެން ކުޅުންތެރިން ވެސް ތިބީ ތައްޔާރަށް ކަމަށެވެ.

އީރާނާއި އެމެރިކާ ބައްދަލު ކުރާ މެޗު ފަށާނީ އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.

އިތުރަށް ކިޔާލަން

09 މާރިޗު 2017

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017
އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ
07 މާރިޗު 2017

އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި

07 މާރިޗު 2017
އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި
04 މާރިޗު 2017

ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ

04 މާރިޗު 2017
ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ
04 މާރިޗު 2017

މޮރީނޯ ބޭނުންވަނީ ރޫނީ އާއި އިބްރަހަމޮވިޗް މެންޔޫގައި މަޑުކުރުވަން

04 މާރިޗު 2017
މޮރީނޯ ބޭނުންވަނީ ރޫނީ އާއި އިބްރަހަމޮވިޗް މެންޔޫގައި މަޑުކުރުވަން
25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
19 ފެބުރުއަރީ 2017

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
28 ޖެނުއަރީ 2017

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު