Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޤަތަރު ވޯލްޑްކަޕް 2022

ވޯލްޑްކަޕަށްޓަކާ 7000 އެތައް ކިލޯމީޓަރެއް ދެފުރޮޅު މަތީ!

ސަޢުދީ އަރަބިއްޔާ ހުރަސް ކުރަން ނެގީ 4 ހަފުތާ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 28 ނޮވެމްބަރު 2022 | ހޯމަ 13:56
ސަޢުދީ ޢަރަބިއްޔާގެ ހަނަފަސް، އެކަނިވެރި ސަހަރާތަކުގެ ތެރެއިން، ކާރޫބާރޫ ބޮޑު ސްޓޭޑިއަމްތަކާ ހިސާބަށް ދަތުރުކުރުމަކީ ފަސޭހަ ކަމެއް ނޫން

ސަޢުދީ ޢަރަބިއްޔާގެ ހަނަފަސް، އެކަނިވެރި ސަހަރާތަކުގެ ތެރެއިން، ކާރޫބާރޫ ބޮޑު ސްޓޭޑިއަމްތަކާ ހިސާބަށް ދަތުރުކުރުމަކީ ފަސޭހަ ކަމެއް ނޫން

ކޮންމެ 4 އަހަރަކުން އެއްއަހަރު، ދުނިޔޭގެ ތައްޓަށް ކުޅޭ ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތް ހަމަ ލޮލުން ބަލާލުމުގެ ފޮނި ހުވަފެންތައް ދެކޭ މީހުން މަދެއް ނޫނެވެ. ވަރުގަދަ ޢަޒުމެއް ހިތުގައި ކަނޑައަޅާ، އެ ޢަޒުމަށް ވާސިލުވުމަށް، އޭގެ ތެރެއިން ބައެއް މީހުން، ދުރާލާ މަސައްކަތް ފަށައެވެ. މިފަދަ ލިސްޓެއްގައި އެ ބައެއްގެ ނަން، ކޮންމެހެންވެސް ފާހަގަ ކުރަން ޖެހޭ 2 މީހުންނަކީ ފަރަންސޭސިވިލާތުގެ މަހްދީ ބަލަމިއްސާއާއި ގެބްރިއޭލް މާޓިންއެވެ.

2022 ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތަށް ހާއްސަކޮށް، ބަލަމިއްސާއާއި މާޓިން، ޤަތަރަށް ދަތުރު ފެށީ މީގެ 3 މަހެއްހާ ދުވަސް ކުރިންނެވެ. 7000 އެތައް ކިލޯމީޓަރެއްގެ އެ ދިގު ދަތުރުގެ ސަވާރީއަކީ 2 ފުރޮޅުލީ ބައިސްކަލެވެ.

ދަތުރަކީ މާ ފަސޭހަ ދަތުރެއް ނޫނެވެ.

ނޮވެމްބަރު 26 ވަނަ ދުވަހު ޑެންމާކާ ދެކޮޅަށް ފަރަންސޭސިން ނުކުތް މެޗު ބަލާލުމަށް ސްޓޭޑިއަމް 974 ކައިރިއަށް ގޮސް ހުރެ ވާހަކަ ދައްކަމުން، ބަލަމިއްސާ ވަނީ އޭނާގެ ހިތުގައި އުފެދެމުން ދިޔަ ޝުޢޫރުތައް ހިއްސާ ކުރެވޭތޯ މަސައްކަތް ކޮށްފައެވެ.

މާޓިން ބުނި ގޮތުގައި، މެދުއިރުމަތީގެ މަންޒިލްތަކުގެ ތެރެއިން އޭނާ ކުރި ދަތުރުގައި ލިބުނު މެހެމާންދާރީގެ އަސަރުތައް ކިތަންމެހާވެސް ފޮންޏެވެ. ސަޢުދީ ޢަރަބިއްޔާގެ ހަނަފަސް، އެކަނިވެރި ސަހަރާތަކުގެ ތެރެއިން، ކާރޫބާރޫ ބޮޑު ސްޓޭޑިއަމްތަކާ ހިސާބަށް ކުރި ދަތުރަކީ ކިތަންމެ ދަތި ދަތުރަކަށް ވީ ނަމަވެސް، މި އާދަޔާ ޚިލާފު ވަގުތުކޮޅުގެ ފުރިހަމަ އުފާ ހާސިލުވަމުން ދާ ކަން އޭނާ ފާހަގަ ކުރެއެވެ.

އަދި އެ ވަރުން ނިމުނީއެއް ނޫނެވެ. ނަޞީބުވެސް އަތުގައި ހިފީއެވެ. ބަލަމިއްސާއާއި މާޓިން އަށް ވަނީ، ފަރަންސޭސި ޓީމު ޤަތަރަށް އައި ދުވަހު، އެ ޓީމުގެ މެންބަރުންނާ ބައްދަލުވެސްވެފައެވެ.

ބަލަމިއްސާއާއި މާޓިންގެ އިތުރުންވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބަޔަކު، އާދަޔާ ޚިލާފު އެތައް މަސައްކަތެއް ކޮށްގެން މިވަގުތު ޤަތަރުގައި ތިބޭނެކަން ޔަޤީނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސައޫދީ ކޮސްޓިއުމް އިވެންޓްގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވެ ތަފާތު ކޮސްޓިއުމްތައް ދައްކާލައިފި

ސައޫދީ ކޮސްޓިއުމް އިވެންޓްގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވެ ތަފާތު ކޮސްޓިއުމްތައް ދައްކާލައިފި

22 މާރިޗު 2022
އެތައް އަހަރުތަކެއްގެ މެދުކެނޑުމަށް ފަހު އެމްއެފްއޭ ފިލްމު އެވޯޑް ބާއްވަނީ

އެތައް އަހަރުތަކެއްގެ މެދުކެނޑުމަށް ފަހު އެމްއެފްއޭ ފިލްމު އެވޯޑް ބާއްވަނީ

01 މާރިޗު 2020
ޑީޑީއެލްޖޭއާ ޝޯލޭއަކީ ދުނިޔޭގެ އެތައް ބަޔަކު ފޯރިއާއެކު ބަލާ ފިލްމުތަކެއް: ޓްރަމްޕް

ޑީޑީއެލްޖޭއާ ޝޯލޭއަކީ ދުނިޔޭގެ އެތައް ބަޔަކު ފޯރިއާއެކު ބަލާ ފިލްމުތަކެއް: ޓްރަމްޕް

24 ފެބުރުއަރީ 2020
ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ސާރާގެ އިންސްޓަރގްރާމަށް އެތައް ބައެއްގެ ލޯތައް

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ސާރާގެ އިންސްޓަރގްރާމަށް އެތައް ބައެއްގެ ލޯތައް

04 ޖެނުއަރީ 2020
އެތައް ސަތޭކަ ބައެއް އިންޓަވިއުކޮށްފައިވާ ޑޭވިޑް ލެޓަމަންގެ "ޓޮޕް" އަކީ ޝާހް ރުކް

އެތައް ސަތޭކަ ބައެއް އިންޓަވިއުކޮށްފައިވާ ޑޭވިޑް ލެޓަމަންގެ "ޓޮޕް" އަކީ ޝާހް ރުކް

29 އޮކްޓޯބަރު 2019

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު