Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިންތީގެ ހަމަހަމަކަން

މޯލްޑިވިއަން ޖެންޑަރ އިކުއަލިޓީ މޮޑެލް ފާސްކޮށްފި

27 ނޮވެމްބަރު 2022 | އާދީއްތަ 12:53

މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް އިދާރާތަކުން ކުުރާ މަސައްކަތްތަކުގެ އަގުވަޒަން ކުރަން ނިންމާފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 27 ނޮވެމްބަރު 2022 | އާދީއްތަ 12:53
ހައިލެވެލް ސްޓިއަރިންގ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން

ހައިލެވެލް ސްޓިއަރިންގ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން

މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ހަލުވިކުރުމަށް މޯލްޑިވިއަން ޖެންޑަރ އިކުއަލިޓީ މޮޑެލް (އެމްޖެމް) ފާސްކޮށްފިއެވެ.

މި މޮޑެލް ފާސްކޮށްފައިވަނީ ޖެންޑަރ އިކުއަލިޓީގެ ޤާނޫނުގެ 41 ވަނަ މާއްދާގެ (ހ) ދަށުން އެކުލަވައިލައިފައިވާ ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒު ކުރުމަށްޓަކައި އެކުލަވާލާފައިވާ "ހައިލެވެލް ސްޓިއަރިންގ ކޮމިޓީ" ގެ ފުރަތަމަ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ކޮމެޓީގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް ވަނީ ކޮމެޓީގެ ބޭފުޅުންނާއި މަޝްވަރާ ކުރައްވާފައެވެ.

Advertisement - newsAdvertisement

މޯލްޑިވިއަން ޖެންޑަރ އިކުއަލިޓީ މޮޑެލްއަކީ ޤައުމީ މިންތީގެ ހަމަހަމަކަމުގެ ލަނޑުދަނޑިތަކާއި، ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަން ޙާޞިލުކުރުމަށް ކުރެވޭ ކަންކަން ދެނެގަނެ، އެކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ހަލުވިކުރުމަށް ބޭނުންކުރާ ނިޒާމެކެވެ. މި ނިޒާމުގެ ދަށުން ކޮންމެ އިދާރާއެއްގައި ޖެންޑަރ ޕެރިޓީ ޤާއިމުވެފައިވާ މިންވަރު ދެނެގަތުމަށްޓަކައި މޯލްޑިވިއަން ޖެންޑަރ އިކުއަލިޓީ އިންޑެކްސްއެއް ތަޢާރަފު ކުރެވިގެންދާނެއެވެ. އަދި، ބައިނަލްއަޤްވާމީ މުއާހަދާތަކާއި، ޤާނޫނު އަސާސީ އަދި މިންތީގެ ހަމަހަމަކަމަށް ވަކާލާތުކުރާ ޤާނޫނުތަކާ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އިދާރާތަކުން ތަންފީޒުކޮށް، އެ އިދާރާއެއްގައި ޖެންޑަރ މެއިންސްޓްރީމް ކުރުމުގެ މަސައްކަތް ބެލެހެއްޓުމުގެ މަސްޢޫލިއްޔަތު އެންމެ އިސްކޮށް ބެލެހެއްޓުމަށްޓަކައި އެމްޖެމް އެޑްވޮކޭޓުންގެ ގޮތުގައި ކޮންމެ އިދާރާއެއްގައި ބަޔަކު ޢައްޔަނުކުރާނެއެވެ.

މި ބައްދަލުވުމުގައި ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން މިއަހަރު ފެބުރުވަރީ މަހު ފާސްކުރުމަށް ފަހު، ގިނަ މަސައްކަތްތަކެއް މިހާތަނަށް ކުރެވިފައިވާކަން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭންއަށް އަހުލުވެރިކުރުމަށް ގިނަ އިދާރާތަކަށް މަޢުލޫމާތު ސެޝަންތައް ކުރިއަށްގެންދެވިފައިވާކަން އެބޭފުޅުން ފާހަގަކުރެއްވެވިއެވެ.

އަދި، މި ބައްދަލުކުރެއްވުމުގައި ކޮމެޓީގެ މެންބަރުން ވަނީ ޤައުމީ މިންތީގެ ހަމަހަމަކަމުގެ ލަނޑުދަނޑިތަކާއި، ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަން ޙާޞިލުކުރުމަށް ވަކި އިދާރާތަކުން ކުރެވޭ ކަންކަން ދެނެގަނެ، ޖެންޑަރ މެއިންސްޓްރީމް ކުރުމަށް އިދާރާތަކުން ކުރާ ރަނގަޅު މަސައްކަތްތަކުގެ އަގުވަޒަންކުރުމަށް އެމް.ޖީ.އީ.އެމް ސެޓިފިކޭޝަން ދިނުމަށް ނިންމާފައެވެ.

މީގެ އިތުރުން އަންނަ އަހަރަށް ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒު ކުރުމަށްޓަކައި އެކުލަވާލެވިފައިވާ މަސައްކަތްތަކުގެ ޕްލޭން ވަނީ ފާސްކޮށްފައެވެ. މި އެކްޝަން ޕްލޭން ތަންފީޒު ކުރުމުގެ ގޮތުން 84 އަށް ވުރެ ގިނަ އިދާރާއަކާ އެކި މަސައްކަތްތައް ހަވާލުކުރެވިފައިވާކަމާއި، މި އެކްޝަންތައް ހުށަހަޅާފައިވަނީ އެ އިދާރާތަކުގެ ބައިވެރިވުމާއެކުގައި ކަމުގައި ކޮމެޓީގެ މެންބަރުން ވަނީ ވިދާޅުވެފައެވެ.

"ހައިލެވެލް ސްޓިއަރިންގ ކޮމެޓީ"ގެ މަޤްޞަދަކީ ޤައުމީ ފެންވަރުގައި ޢަމަލުކުރާނެ ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒު ކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމާއި، ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒު ކުރަމުންދާ މިންވަރު މޮނިޓަރކޮށް، އިތުރަށް ހަރުދަނާކުރަންވީ ކަންކަމަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

01 މާރިޗު 2017

ސައުދީ ރަސްގެފާނަށް ހުރަސް އަޅަން އުޅޭކަމަށް ބުނެ އެމްޑީޕީގެ ހަރުގެ ފާސްކޮށްފި

01 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހުރަސް އަޅަން އުޅޭކަމަށް ބުނެ އެމްޑީޕީގެ ހަރުގެ ފާސްކޮށްފި
01 މާރިޗު 2017

ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑު ކުރުމަށް މަޖިލީހުން ފާސްކޮށްފި

01 މާރިޗު 2017
ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑު ކުރުމަށް މަޖިލީހުން ފާސްކޮށްފި
28 ފެބުރުއަރީ 2017

ވިއްކާ ބިންތައް އަނބުރާ ހޯދަން އެމްޑީޕީން ގަރާރެއް ފާސްކޮށްފި

28 ފެބުރުއަރީ 2017
ވިއްކާ ބިންތައް އަނބުރާ ހޯދަން އެމްޑީޕީން ގަރާރެއް ފާސްކޮށްފި
27 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި އަދަދަށް ވުރެ ބޮޑުކޮށް ކޮމެޓީން ފާސްކޮށްފި

27 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި އަދަދަށް ވުރެ ބޮޑުކޮށް ކޮމެޓީން ފާސްކޮށްފި
26 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކުން ހުއްޓުވަން މަސައްކަތް ކުރަން އެމްޑީޕީން ގަރާރެއް ފާސްކޮށްފި

26 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކުން ހުއްޓުވަން މަސައްކަތް ކުރަން އެމްޑީޕީން ގަރާރެއް ފާސްކޮށްފި
20 ފެބުރުއަރީ 2017

މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއްކަމަށް މަޖިލީހުން ފާސްކޮށްފި

20 ފެބުރުއަރީ 2017
މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއްކަމަށް މަޖިލީހުން ފާސްކޮށްފި
15 ފެބުރުއަރީ 2017

ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

15 ފެބުރުއަރީ 2017
ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް