Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހަރުގެ ފާސްކުރުން

ސައުދީ ރަސްގެފާނަށް ހުރަސް އަޅަން އުޅޭކަމަށް ބުނެ އެމްޑީޕީގެ ހަރުގެ ފާސްކޮށްފި

ކޯޓް އަމުރުގައި ބަލައި ފާސްކުރަން 10 ގަޑިއިރު ދީފައިވޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 1 މާރިޗު 2017 | ބުދަ 20:37
ފުލުހުން އެމްޑީޕީ ހަރުގެ ޗެކް ކުރަނީ

ފުލުހުން އެމްޑީޕީ ހަރުގެ ޗެކް ކުރަނީ

ސައުދީ ރަސްގެފާނަށް ހުރަސް އަޅަން އުޅޭކަމަށް ބުނެ ކޯޓް އަމުރެއްގެ ދަށުން ފުލުހުން އެމްޑީޕީ ހަރުގެއަށް ވަދެ އެތަން ބަލައިފި ފާސްކޮށްފި އެވެ.

ހަރުގެ ބަލައިފާސްކުރަން 10 ގަޑީއިރަށް ކޯޓް އަމުރު ދީފައިވާއިރު، ފުލުހުން ބަލައި ފާސްކުރުމުގެ ހޭދަކުރީ ގާާތްގަނޑަކަށް ދޮޅު ގަޑިއިރެވެ. ބަލައި ފާސްކުރުމަށް ފަހު ފުލުހުން ގެންދިޔައީ، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވި ގޮތުގައި ފޮތި ރޯލްތަކާއި، ބެޓިކާއި ހަރުކޮށްފައި ހުރި ސައުންޑް ސިސްޓަމެވެ.

ފުލުހުން ގެނައި ކޯޓު އަމުރުގައި ބަލާ ފާސްކުރާ ސަބަބެއް ކަމަށް ބުނެފައިވަނީ ޢާއްމު އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފް ޢަމަލްތައް ހުއްޓުވުމުގެ ޤާނޫނާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި ޚިލާފް ޢަމަލްތަކާއި ޢާއްމު މަސްލަހަތައް ގެއްލުން ހުރި ޢަމަލުތައް ކުރުން ކަމަށެވެ.

ބަލާ ފާސްކުރަން ބޭނުންވާ ތަންތަނާއި މީހުންގެ ތެރޭގައި ހިމެނެނީ އެމްޑީޕީ ހަރުގެ ހުރި ގެއާއި އެގޭގައި ހަދާފައިވާ ހަރުގޭގައި ތިބޭ މީހުންނާ އެތަނަށް ޒިންމާވާ ފަރާތްތަކެވެ.

ފުލުހުން އެމްޑީޕީއަށް ހަރުގެއަށް ވަދެފައި މިވަނީ ބޭރުގެ އެކިއެކި ޤައުމުތަކުގެ ވެރިންނާއި ޢިއްޒަތްތެރިން ރަސްމީ ދަތުރުފުޅުތަކުގައި ދިވެހިރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު އެދަތުރުފުޅުތަކާއި ދިމާކޮށް އެޤައުމުތަކުގެ ސިޔާދަތާއި، ޒިޔާރަތްކުރައްވާ ޢިއްޒަތްތެރިންގެ ޝަރަފާއި ޢިއްޒަތާއި ގަދަރަށް އުނިކަން ލިބޭފަދަ ޢަމަލުތަކެއް ހިންގުމަށް ބައެއް ފަރާތްތަކުން ރާވަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށް ބުނެ ބުދަދުވަހު ބަޔާނެއް ނެރުމަށް ފަހުގައެވެ.

ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާނު ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ މި ބަޔާނަކީ ބަޔަކަށް ދިން އިންޒާރެއް ނޫން ކަމަށެވެ. ގާނޫނު އަސާސީގައި ކަށަވަރުކޮށްދީފައިވާ މިނިވަންކަމާއި ހައްގުތައް ބޭނުންކުރަން ދިވެހި ފުލުހުން ފުރުސަތު ދޭނެ ކަމަށް ޝިފާނު ވިދާޅުވި އެވެ. ނަމަވެސް އެއަށް ވުރެ ގިނައިން ޝިފާޒު ވިދާޅުވީ ރާއްޖެއަށް ވަޑައިގަންނަވާ އިއްޒަތްތެރިންގެ ކަރާމާތަށް އުނިކަމެއް އަންނަ ފަދަ ކަމެއް ކުރިޔަ ނުދޭނެ ކަމަށެވެ. އެމްޑީޕީގެ ހަރުގެ ބަލައި ފާސްކުރަނީ، ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތަށް ކަންކަން ތަންފީޒުކުރަމުން ގެންދިޔުމަށާއި އެކަން ކަން ކަށަވަރުކުރުމަށް ކަމަށް ވެ

އެމްޑީޕީގެ ހަރުގެއަށް ވަނުމާއި ފ. އަތޮޅު ވިއްކުމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. އަދި ފުލުހުން ނެރުނު ބަޔާނާ ގުޅިގެން ވެސް ގިނަ ބަޔަކު ވަނީ "ރަތަށް" އަރާފަ އެވެ.

އަނަސް ވިދާޅުވި ގޮތުގައި ހަރުގެއިން ފުލުހުން ގެންދިޔަ ތަކެއްޗަކީ ސައުދީ ރަސްގެފާނުގެ ކަރާމާތާއި، ސައުދީގެ ސިޔާދަތަށް އުނިކަމެއް އަންނާނެ ފަދަ ތަކެއްޗިއްސެއް ނޫން ކަމަށެވެ. މިހާރު އެތަނުގައި ހިންގަމުން ގެންދަނީ ލޯކަލް ކައުންސިލްގެ އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ކަމަށް އޭނާ

ހަރުގެ އަކީ ސިޔާސީ ހަރަކާތް ހިންގާ ތަނެއް ކަމަށާއި އެތަނަށް ފުލުހުން ވަދެ ތަކެތި ގެންދިއުމަކީ ސިޔާސީ ހަރަކާތް ހިންގުމަށް ހުރަސް އެޅުން ކަމަށް އޭނާ ސިފަ ކުރެއްވި އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސައުދީ އެމްބަސީން ދިވެހި ނޫސްވެރިން "ގަންނަން" އުޅުމަކީ ދަށުދަރަޖައިގެ އަމަލެއް: ރައީސް ނަޝީދު

ސައުދީ އެމްބަސީން ދިވެހި ނޫސްވެރިން "ގަންނަން" އުޅުމަކީ ދަށުދަރަޖައިގެ އަމަލެއް: ރައީސް ނަޝީދު

20 ފެބުރުއަރީ 2017
ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު

ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު

20 ފެބުރުއަރީ 2017
ސައުދީ އެމްބަސީން ވެސް  ހާފިޒް ނަބީހުގެ އަގުވަޒަންކޮށްފި

ސައުދީ އެމްބަސީން ވެސް ހާފިޒް ނަބީހުގެ އަގުވަޒަންކޮށްފި

19 ފެބުރުއަރީ 2017
ސައުދީ އެމްބަސީއިން ނޫސްވެރިންނަށް ފައިސާ ބަހައިފި

ސައުދީ އެމްބަސީއިން ނޫސްވެރިންނަށް ފައިސާ ބަހައިފި

19 ފެބުރުއަރީ 2017
އަދިވެސް ދޫކުރަނީ އެމްޑީޕީން އަޅަން ފެށި ފްލެޓްތައް: ފަލާހް

އަދިވެސް ދޫކުރަނީ އެމްޑީޕީން އަޅަން ފެށި ފްލެޓްތައް: ފަލާހް

17 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު