Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

މަރުގެ ތުންފަތް މަތިން ޖަރުމަނު ސްޕެއިންނާ ދެކޮޅަށް، ކޯޗު ބުނަނީ ޓީމަށް އިތުބާރު އޮތް ކަމަށް

ސްޕެއިން މެޗަކީ ޖަރުމަނަށް ވޯލްޑް ކަޕްގެ ފުރަތަމަ ފައިނަލް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ނޮވެމްބަރު 2022 | އާދީއްތަ 10:07
ޖަރުމަނުގެ ކޯޗު ފްލިކް

ޖަރުމަނުގެ ކޯޗު ފްލިކް

ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ސްޕެއިންނާ ދެކޮޅަށް ނިކުންނައިރު، ޓީމުގެ ކުޅުންތެރިންނަށް އިތުބާރު އޮތް ކަމަށް ޖަރުމަނުގެ ކޯޗު ހަންސީ ފްލިކް ބުނެފިއެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޖަރުމަނު ބަލިވީ ޖަޕާން އަތުންނެވެ. އާދިއްތަ ދުވަހުގެ ރޭ ސްޕެއިންނާ ދެކޮޅަށް ކުޅޭ މެޗަކީ ޖަރުމަނަށް މޮޅުވާން މަޖުބޫރު މެޗެކެވެ. އެ މެޗުން ބަލިވެއްޖެ ނަމަ، ޖަރުމަނަށް މުބާރާތުގައި ކުރިއަށް ދާން ދަތިވާނެއެވެ. އެހެންކަމުން ކޯޗު ފްލިކް ބުނީ މުޅި ޓީމުގެ ފޯކަސް އޮތީ ސްޕެއިން މެޗަށް ކަމަށާއި، ފޯކަސް ބަހައްޓަން ޖެހޭނީ ހަމައެކަނި ފުޓުބޯޅަ އަށް ކަމަށެވެ. އޭނާ ބުނީ ސްޕެއިންނާ ދެކޮޅަށް ކުޅެން އޮތް ޕްލޭންއާއެކު ކުރިއަށް ދެވޭނެ ކަމުގެ އުއްމީދު އޮތް ކަމަށެވެ.

މީގެ އިތުރުން ފްލިކް ބުނީ 100 އިންސައްތަ ފޯކަސް ބަހައްޓަން ޖެހޭނީ މެޗަށް ކަމަށެވެ. އޭނާ ބުނީ ސަމާލުވެގެން ނުތިބެ، ކަންކަން ދޫކޮށްލެވިއްޖެ ނަމަ، އެދެވެނީ އިދިކޮޅު ޓީމަށް ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ. ފްލިކް ބުނީ ޖަރުމަނުން އެންމެ ފަހުން ކުޅުނު ދެ މުބާރާތުގެ ނަތީޖާ ވެސް ރަނގަޅު ނޫން ކަމަށެވެ. އެނާ ބުނީ މިހާރު ބޭނުންވަނީ އެކަން ބަދަލުކޮށް، އެ މާޒީ ތަކުރާރު ނުވުން ކަމަށެވެ. އެހެންކަމުން ސްޕެއިން މެޗަކީ ޖަރުމަނަށް ވޯލްޑް ކަޕްގެ ފުރަތަމަ ފައިނަލް ކަމަށް ވެސް އޭނާ ބުންޏެވެ.

ޖަރުމަނާއި ސްޕެއިން ބައްދަލު ކުރާ މެޗު ފަށާނީ އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑން 12 ޖަހާއިރުއެވެ.

އިތުރަށް ކިޔާލަން

22 ޑިސެމްބަރު 2017

ނޭމާ މަތިން ވަރަށް ހަދާންވޭ: މެސީ

22 ޑިސެމްބަރު 2017
ނޭމާ މަތިން ވަރަށް ހަދާންވޭ: މެސީ
21 ޑިސެމްބަރު 2017

ފީފާ ރޭންކިން: ރާއްޖެއަށް ދެ ދަރަޖައިގެ ކުރިއެރުމެއް، ޖަރުމަނުން އަހަރު ނިންމާލީ އެއްވަނައިގައި އޮވެގެން

21 ޑިސެމްބަރު 2017
ފީފާ ރޭންކިން: ރާއްޖެއަށް ދެ ދަރަޖައިގެ ކުރިއެރުމެއް، ޖަރުމަނުން އަހަރު ނިންމާލީ އެއްވަނައިގައި އޮވެގެން
24 ނޮވެމްބަރު 2017

ފީފާ ރޭންކިން: ރާއްޖެއަށް އެއް ދަރަޖައިގެ ވެއްޓުމެއް، ޖަރުމަނު ވައްޓައެއް ނުލެވެނު

24 ނޮވެމްބަރު 2017
ފީފާ ރޭންކިން: ރާއްޖެއަށް އެއް ދަރަޖައިގެ ވެއްޓުމެއް، ޖަރުމަނު ވައްޓައެއް ނުލެވެނު
05 ނޮވެމްބަރު 2017

ޖަރުމަނު ލީގު: ޑޯޓްމަންޑުގެ މައްޗަށް ކުރިހޯދާ ބަޔާން އިން ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފި

05 ނޮވެމްބަރު 2017
ޖަރުމަނު ލީގު: ޑޯޓްމަންޑުގެ މައްޗަށް ކުރިހޯދާ ބަޔާން އިން ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފި
26 އޮކްޓޯބަރު 2017

ޖަރުމަނު ކަޕް: ޕެނަލްޓީ ޖަހައިގެން ބަޔާން ސަލާމަތްވެއްޖެ

26 އޮކްޓޯބަރު 2017
ޖަރުމަނު ކަޕް: ޕެނަލްޓީ ޖަހައިގެން ބަޔާން ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު