Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޤަތަރު ވޯލްޑްކަޕް 2022

ވޯލްޑްކަޕް 2022: ޤަތަރުގައި ފުރަތަމަ ހުކުރު ވަރަށްވެސް ހިތްގައިމު

ދުނިޔޭގެ އެކި ކަންކޮޅުތަކުން 32 ޓީމެއް ވާދަ ކުރާ މެޗުތައް ކުޅޭ ސްޓޭޑިއަމްތަކުގައިވެސް ނަމާދު ކޮޓަރިތައް ހުރޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 26 ނޮވެމްބަރު 2022 | ހޮނިހިރު 11:52
މި ފަހަރުގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތަކީ، މުޅި ދުނިޔެއަށް އިސްލާމީ ޝިޢާރު ގުގުމާލި ވަރުގަދަ ދަޢުވަތެއްގެ ގޮތުގައިވެސް ސިފަ ކުރެވޭ

މި ފަހަރުގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތަކީ، މުޅި ދުނިޔެއަށް އިސްލާމީ ޝިޢާރު ގުގުމާލި ވަރުގަދަ ދަޢުވަތެއްގެ ގޮތުގައިވެސް ސިފަ ކުރެވޭ

ދުނިޔޭގެ ތައްޓަށް ކުޅޭ އެންމެ ވަރުގަދަ ފުޓުބޯޅަ މުބާރާތް ނުވަތަ ފީފާ ވޯލްޑްކަޕްގެ މުބާރާތެއް، ޢަރަބި ގަލްފުގެ އިސްލާމީ ޤައުމެއްގައި ބާއްވާ މިއީ ފުރަތަމަ ފަހަރެވެ. މި ފަހަރުގެ ވޯލްޑްކަޕަށް ޤައުމު ތައްޔާރު ކުރުމުގައި ޤަތަރުން ވަނީ އިސްލާމް ދީނާއި އިސްލާމީ ވަންތަ ޘަޤާފަތް ކިތަންމެހާވެސް ފުރިހަމައަކަށް ދައްކުވާދީފައެވެ. ނޮވެމްބަރު 25 ވަނަ ދުވަހަކީ، މި ފަހަރުގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތް ފެށި ފަހުން ބައްދަލުކުރި ފުރަތަމަ ހުކުރަށް ވީ އިރު، މުޅި ޤަތަރުގެ މަސްރަޙުން ކުރެވެމުން ދިޔައީ އުފާވެރި ކަމެއްގެ އިޙްސާސްއެވެ.

އެންމެ ވާދަވެރި ފުޓުބޯޅަ މުބާރާތް ހަމަލޮލުން ބަލާލުމަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން ޤަތަރަށް ޒިޔާރަތް ކުރަމުންދާ ގިނަ ޢަދަދެއްގެ ބަޔަކު، ހުކުރު ނަމާދަށް ޖަމާވި އެއް މިސްކިތަކީ ޤަތަރުގެ ވެރިރަށް ދޯހާގެ ވެސްޓް ބޭ ސަރަޙައްދުގައި ހުރި އިބްރާހީމް ޚަލީލް މިސްކިތެވެ. އުސް މުންނާރާއި ލަކުޑީގެ ފަރުމާތަކުން ޒީނަތްތެރިކޮށްފައި ވާ އެ މިސްކިތަކީވެސް ބަލާލަން ހިތްގައިމު މިސްކިތެކެވެ.

ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ މެޗުތައް ފެށިފަހުން ބައްދަލު ކުރި ފުރަތަމަ ހުކުރު ދުވަހުގެ، ހުކުރު ނަމާދު އަދާ ކުރުމަށް މިސްކިތަށް ޖަމާވި މީހުންގެ ތޫނިސްއާއި އޮމާންގެ އިތުރުން އިންޑިއާގެ މުސްލިމުންވެސް ހިމެނެއެވެ. ފުޓުބޯޅަ ޖާޒީތަކުގައި ތިބި ކުޑަކުދިންގެ އިތުރުން، ފީފާގެ ރަސްމީ ކިޓުގައި ހުރި އޮފިޝަލަކުވެސް މިސްކިތު ތެރެއިން ފެނިގެން ދިޔަ ކަމީ، އިސްލާމީ ޤައުމުތަކުން ޢިބުރަތް ހާސިލު ކުރުން މުހިންމު ކަމެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 32 ޓީމެއް ވާދަ ކުރާ މެޗުތައް ކުޅޭ ސްޓޭޑިއަމްތަކުގައިވެސް ނަމާދު ކޮޓަރިތައް ހުރެއެވެ. ފޯރުކޮށްދެމުންދާ ކާބޯތަކެއްޗަކީ ހާލާލު ކާބޯތަކެއްޗެވެ. ރަލުގެ ވިޔަފާރިއެއް ނުކުރެއެވެ.

ފުޓުބޯޅައަށް ލޯބިކުރާ މުސްލިމް ފޭނުންނަށް، މި ފަހަރުގެ ވޯލްޑްކަޕަކީ ހަމަ ޔަޤީނުންވެސް ޢީދެކެވެ. އެހެން މީހުން ފަދައިން، ނަމާދު ކުރާ ހޯލްތެރެއަށް ވަދެގެން ދިޔަ އެކަކީ އަލް އިދްބާރީއެވެ.

މި ފަހަރުގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތަކީ، މުޅި ދުނިޔެއަށް އިސްލާމީ ޝިޢާރު ގުގުމާލި ވަރުގަދަ ދަޢުވަތެއްގެ ގޮތުގައިވެސް ސިފަ ކުރެވިދާނެއެވެ. މުބާރާތް ފެށީވެސް ކީރިތި ޤުރުއާނުގެ ބަރާކާތުން ކަމަށް ވާ އިރު، ޤަތަރުގެ އެކި ހިސާބުތަކުން ފެނިގެން ދަނީ ކީރިތި ރަސޫލާ صلی اللہ علیہ وسلم ގެ ހަދީޘް ބަސްފުޅުތަކެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

"ނަޗްބަލިޔޭ8" ގެ ފުރަތަމަ ޝޯ ހޯސްޓްކުރަނީ ރަންބީރު

22 މާރިޗު 2017
"ނަޗްބަލިޔޭ8" ގެ ފުރަތަމަ ޝޯ ހޯސްޓްކުރަނީ ރަންބީރު
14 މާރިޗު 2017

ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

14 މާރިޗު 2017
ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި
11 މާރިޗު 2017

"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް

11 މާރިޗު 2017
"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް
05 މާރިޗު 2017

"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

05 މާރިޗު 2017
"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!
01 މާރިޗު 2017

ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި

01 މާރިޗު 2017
ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި
23 ފެބުރުއަރީ 2017

ސަލްމާން ހާންގެ "ޓިޔުބްލައިޓް" ފުރަތަމަ ޓްރައިލާ އެޕްރީލް މަހު

23 ފެބުރުއަރީ 2017
ސަލްމާން ހާންގެ "ޓިޔުބްލައިޓް"  ފުރަތަމަ ޓްރައިލާ އެޕްރީލް މަހު
20 ފެބުރުއަރީ 2017

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރަތަމަ ފަހަރަށް މިސް ވޯލްޑްގައި ވާދަކުރުމުގެ ފުރުސަތު ދީފި

20 ފެބުރުއަރީ 2017
ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރަތަމަ ފަހަރަށް މިސް ވޯލްޑްގައި ވާދަކުރުމުގެ ފުރުސަތު ދީފި
03 ފެބުރުއަރީ 2017

ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

03 ފެބުރުއަރީ 2017
ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ
30 ޖެނުއަރީ 2017

ޑެންޒެލް ވޮޝިންގޓަންގެ ފުރަތަމަ ސެގް އެވޯޑް ކާމިޔާބުކޮށްފި

30 ޖެނުއަރީ 2017
ޑެންޒެލް ވޮޝިންގޓަންގެ ފުރަތަމަ ސެގް އެވޯޑް ކާމިޔާބުކޮށްފި
09 ޖެނުއަރީ 2017

އިންޑިޔާގައި ޔޫލިއާ ވަންތޫރުގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓްގައި ނަށާފައިވަނީ ސަލްމާންގެ ލަވަތަކަށް!

09 ޖެނުއަރީ 2017
އިންޑިޔާގައި ޔޫލިއާ ވަންތޫރުގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓްގައި ނަށާފައިވަނީ ސަލްމާންގެ ލަވަތަކަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު