Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ޑިބްރޭނާގެ ވިސްނުން ހުރީ ހުރިހާ ގޮތަކުންވެސް ޓީމަށް އެހީވުމަށް

އޭނާއަކީ ބެލްޖިއަމް ޓީމުގެ މެދުތެރެއިން އެންމެ މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިޔާ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ނޮވެމްބަރު 2022 | ހޮނިހިރު 02:33
ކެވިން ޑިބްރޭނާ

ކެވިން ޑިބްރޭނާ

ވިސްނުން ހުރީ ހުރިހާ ގޮތަކުންވެސް ބެލްޖިއަމް ޓީމަށް އެހީވުމަށްކަމަށް، އެ ޓީމުގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ ބުނެފިއެވެ.

ޑިބްރޭނާ މިހެން ބުނީ، މިހާރު ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި މޮރޮކޯއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. ޑިބްރޭނާ ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި ކެނެޑާއާ ދެކޮޅަށް ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ. އޭނާއަކީ ބެލްޖިއަމް ޓީމުގެ މެދުތެރެއިން އެންމެ މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިޔާއެވެ. މެޗުގެ ކުރިން ވާހަކަ ދައްކަމުން ޑިބްރޭނާ ބުނީ، ބޭނުމަކީ ޓީމަށް އެހީވެ، އޭނާއަށް ވީ އެންމެ ރަނގަޅަކަށް ޓީމުގެ ކަންކަން ބެލެހެއްޓުން ކަމަށެވެ. އަދި އޭނާ އަބަދުވެސް ފުޓުބޯޅަ ކުޅެން ބޭނުންވާ ކަމަށާއި، ހުރިހާ ކަމެެއްވެސް ރަނގަޅަށް އޮންނަން އެދޭކަމަށެވެ.

މީގެ އިތުރުން، ކުޅެން ޖެހޭނީ ޓީމުގެ ކުޅުންތެރިންނާ ގުޅިގެން ކަމަށާއި، ކުޅުންތެރިންނަށް އެހީވާންވެސް ޖެހޭ ކަމަށެވެ. އަބަދުވެސް އޭނާ މަސައްކަތް ކުރަނީ އެ މަގުން ކަންތައް ކުރެވޭތޯކަމަށެވެ. އޭނާ ބުނީ ފާއިތުވި އަހަރުތަކުގައިވެސް އޭނާއަށް މޮޅަށް ކުޅެވުނުކަން އިހްސާސްވާ ކަމަށާއި، ޓީމާއެކު ކުރިއަށްދާން އަދިވެސް މޮޅު ކުޅުން ދެއްކޭނެ ކަމަށެވެ.

ޑިބްރޭނާ ވަނީ ބެލްޖިއަމަށް ކުޅެމުން އަންނަ ރޮމެލޫ ލުކާކޫގެ ވާހަކަވެސް ދައްކާފައެވެ. އޭނާ ބުނީ އަނިޔާއިން ރަނގަޅުވެ، ލުކާކޫ ފަރިތަކުރުންތަކުގައި ބައިވެރިވުމަކީވެސް ރަނގަޅު ކަމެއް ކަމަށެވެ.

ޑިބްރޭނާ ބުނީ ޓީމުގެ ކުޅުންތެރިން ތިބީ ކުރިއަށް އޮތް މެޗަށް ވެސް ފުރިހަމައަށް ތައްޔާރަކަށް ކަމަށާއި، މެޗު ކާމިޔާބުކުރުމަކީ އަޒުމު ކަމަށެވެ. އޭނާ ބުނީ އުއްމީދަކީ މިފަހަރުގެ ވޯލްޑް ކަޕަކީ ހުރިހާ ގޮތަކުން ވެސް ބެލްޖިއަމަށް ކާމިޔާބު މުބާރާތަކަށްވުން ކަމަށެވެ.

ގްރޫޕް އެފްގައި ބެލްޖިއަމް ދެން ކުޅޭނީ މޮރޮކޯއާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

21 މާރިޗު 2017

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

21 މާރިޗު 2017
ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް
21 މާރިޗު 2017

ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް

21 މާރިޗު 2017
ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް
19 މާރިޗު 2017

ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން

19 މާރިޗު 2017
ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން
14 ފެބުރުއަރީ 2017

ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް

14 ފެބުރުއަރީ 2017
ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު