Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިކެޓް

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް

މުބާރާތުގެ ފުރަތަމަ ބުރުގައި ހަސަން ދެމަސް ހޭދަކުރާނެ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 31 ޖެނުއަރީ 2017 | އަންގާރަ 14:50
ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން އިބްރާހިމް

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން އިބްރާހިމް

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން އިބްރާހިމަށް މެލޭޝިއާގެ ސްޓޭޓް ކްރިކެޓް ޓީމަކުން ފުރުސަތު ލިބިއްޖެ އެވެ.

މެލޭޝިއާގައި ކުޅުމުގެ ފުރުސަތު ހަސަން އަށް ލިބުނީ މެލޭޝިއާގެ ސްޓޭޓެއް ކަމަށްވާ ޕެނަންގް ސްޓޭޓުގެ ޓީމުންނެވެ. މި މުބާރާތުގެ ފުރަތަމަ ބުރުގައި ހަސަން ދެ މަސް ދުވަހު އެޓީމާއެކު ހޭދަކުރާނެ އެވެ.

ކްރިކެޓް ބޯޑުން ބުނީ ޕެނަންގް ޓީމަށް ކުޅުމުގެ ފުރުސަތު ހަސަނަށް ލިބުނީ ދާދި ފަހުން މެލޭޝިއާގެ ގައުމީ ކްރިކެޓް ޓީމާއެކު ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި އޭނާގެ ފަރާތުން ފެނުނު މޮޅު ކުޅުމުގެ ސަބަބުން ކަމަށެވެ.

މެލޭޝިއާގެ ކްރިކެޓް ބޯޑުގެ ރައީސްގެ ދައުވަތަކަށް މިދިޔަ މަހު 29 އިން މިމަހުގެ 10 ވަނަ ދުވަހާއި ހަމައަށް އެގައުމުގެ ގައުމީ ޓީމާއި 23 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް ވަނީ އެކުވެރިކަމުގެ ހަތް މެޗު ކުޅެފަ އެވެ.

ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ހަސަން މެލޭޝިއާ އަށް ގޮސް ޓީމާ ގުޅޭނެ އެވެ. އޭނާގެ ފުރަތަމަ މުބާރާތަކަށް ވާނީ އެ ގައުމުގެ ޕްރިމިއަރ ލީގަށް ކޮލިފައިވުމުގެ ގޮތުން ޕެނަންގް ކުޅޭ މުބާރާތެވެ. އެކި ސްޓޭޓްތަކުގެ މެދުގައި ކުޅޭ މި މުބާރާތަކީ ހޯމް އެންޑް އަވޭ އުސޫލުން ކުރިޔަށްދާ މުބާރާތެކެވެ. މިއީ ދިވެހި ކްރިކެޓް ތާރީހުގައި ރާއްޖޭގެ ކުޅުންތެރިއަކު ބޭރުގެ ކްލަބަކަށް ކުޅޭ ފުރަތަމަ ފަހަރެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017
ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު