Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ޑެންމާކާ ދެކޮޅަށް ފްރާންސްއިން ނުކުންނާނީ ބަދަލުހިފުމުގެ ރޫހުގައި

އެންމެ ފަހުން ކުޅުނު ދެ މެޗުވެސް ކާމިޔާބުކުރީ ޑެންމާކުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ނޮވެމްބަރު 2022 | ހޮނިހިރު 02:15
ފްރާންސްގެ ކޯޗު ޑެޝޯމްޕްސް

ފްރާންސްގެ ކޯޗު ޑެޝޯމްޕްސް

ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ޑެންމާކާ ދެކޮޅަށް ނުކުންނާނީ، އެޓީމާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ދެ މެޗުގެ ނަތީޖާ ބަދަލުކުރުމަށް ކަމަށް، ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފިއެވެ.

ގްރޫޕް ޑީގައި ޑެންމާކާ ދެކޮޅަށް ނުކުންނައިރު، މިއަހަރުގެ ޖޫން މަހާއި ސެޕްޓެމްބަރު މަހު މި ދެ ޓީމު ވަނީ ޔުއެފާ ނޭޝަންސް ލީގުގައި ވާދަކޮށްފައެވެ. އެފަހަރުގެ ދެ މެޗުވެސް ކާމިޔާބުކޮށް، ޑެންމާކުން ވަނީ ފްރާންސް ހިތްދަތިކޮށްލާފައެވެ. ފުރަތަމަ މެޗުގައި ޖޫން ތިންވަނަ ދުވަހު ޑެންމާކުން ފްރާންސް ބަލިކުރީ 2-1ންނެވެ. އަދި ދެވަނަ މެޗުގައި ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ފްރާންސް ބަލިކުރީ 2-0ންނެވެ.

ވޯލްޑް ކަޕްގައި ޑެންމާކާ ދެކޮޅަށް ނުކުތުމުގެ ކުރިން ޑެޝޯމްޕްސް ބުނީ އެއީ ފްރާންސް ޓީމުން ވަަރަށް ބޮޑަށް ސަމާލުކަން ދޭނެ ކަމެއް ކަމަށެވެ. އޭނާ ބުނީ ދައްކަން އުޅެނީ މާ ކުރީގެ ވާހަކަތަކެއް ނޫން ކަމަށާއި، މިއަހަރުގެ މެދުތެރޭގައި ހިނގިކަމެއްގެ ވާހަކަ ކަމަށެވެ. ޖެހިޖެހިގެން ދެ މެޗުން ފްރާންސް ބަލިކޮށް ޑެންމާކުން ވަނީ ބޮޑު ހިތްދަތިކަމެއް ދީފައި ކަމަށެވެ. އޭނާ ބުނީ އެއީ ވަރަށް އުނަދަގޫ ހާލަތެއް ކަމަށާއި، ތިންވަނަ ފަހަރަށް އެކަން ވިޔަ ނުދިނުމަށް ވަރަށް މަސައްކަތް ކުރާނެ ކަމަށެވެ. ޑެންމާކު ޓީމަށް ފްރާންސް ޓީމު ވަރަށް ރަނގަޅަށް އެނގޭނެ ކަމަށާއި، ފްރާންސަށް ޑެންމާކުވެސް އެނގޭ ކަމަށެވެ. މެޗުގައި ޑެންމާކުން ގޭމް ޕްލޭން ބަދަލުކޮށް، ފްރާންސަށް މާ އުނދަގޫވެސް ކޮށްފާނެ ކަމަށެވެ.

ޑެޝޯމްޕްސްގެ އިތުރުން އެ ޕްރެސްގައި ވާހަކަ ދައްކަމުން ފްރާންސްގެ ކެޕްޓަން އަދި ގޯލްކީޕަރު، ހޫގޯ ލޮރިސް ބުނީ ޑެންމާކާ ކުރިމަތިލަނީ މުޅިން އެހެން މުބާރާތެއްގައި ކަމަށެވެ. ނަމަވެސް ޑެންމާކު ޓީމުގެ ފެންވަރު އެނގޭކަމަށާއި، ކުރީ ދެ މެޗުގައި ދިނީ ރަނގަޅަށް ހޭލައިގެން ތިބެންޖެހޭ ކަމުގެ "ކޯލެއް" ކަމަށެވެ. މެޗުގެ މުހިންމުކަން ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި، ދެވަނަ ބުރަށް ކޮލިފައިވާން އެއީ ވަރަށް މުހިންމު މެޗެއްކަމަށެވެ.

ލޮރިސް ބުނީ ޑެންމާކާއި ޓިއުނީޝިޔާ ކުޅުނު މެޗު ބަަލައިފިނަމަ، ފްރާންސްއިން ވަރަށް ރަނގަޅަށް މަސައްކަތް ކުރަން ޖެހޭކަން އެނގޭނެ ކަމަށެވެ. އޭނާ ބުނީ ކޮންމެ ޓީމަކީވެސް ވަރުގަދަ ޓީމެއް ކަމަށާއި، މެޗުތައް ވާނީ ބޮޑު ޗެލެންޖަކަށް ކަމަށެވެ. ލޮރިސް ފާހަގަކުރިގޮތުގައި ފްރާންސް ޓީމު އޮތީ މެޗަށް 100 އިންސައްތަ ތައްޔާރަށެވެ.

ފްރާންސާއި ޑެންމާކު ވާދަކުރާ މެޗު ފަށާނީ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 21:00ގައެވެ.

އިތުރަށް ކިޔާލަން

04 މާރިޗު 2017

ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ

04 މާރިޗު 2017
ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ
28 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން

28 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން
27 ފެބުރުއަރީ 2017

ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟

27 ފެބުރުއަރީ 2017
ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟
25 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް

25 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް
25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
15 ފެބުރުއަރީ 2017

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

15 ފެބުރުއަރީ 2017
މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު