Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާގައި ކޮވިޑް ފެތުރުން

ކޮވިޑް ފުރަތަމަ ފެށުނުއިރެކޭ އެއްވަރަށް ޗައިނާގައި ކޮވިޑް ފެތުރެނީ

25 ނޮވެމްބަރު 2022 | ހުކުރު 12:03

ބުދަ ދުވަހު އެކަނިވެސް 31،527 ޕޮޒިޓިވް ކޭސް ރިޕޯޓުކޮށްފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 25 ނޮވެމްބަރު 2022 | ހުކުރު 12:03
ޑަބްލިއުއެޗްއޯ ޓީމުން ޗައިނާގައި ކުރިޔަށްގެންދިޔަ ދިރާސާގެ ތެރެއިން

ޑަބްލިއުއެޗްއޯ ޓީމުން ޗައިނާގައި ކުރިޔަށްގެންދިޔަ ދިރާސާގެ ތެރެއިން

ހަރުކަށި ފިޔަވަޅުތައް އަޅާފައި ހުރުމާ އެކު ވެސް ކޮވިޑް ފުރަތަމަ ފެށުނުއިރެކޭ އެއްވަރަށް ޗައިނާގައި އަނެއްކާވެސް ކޮވިޑް ފެތުރެމުން ދާކަމަށް ޚަބަރު ލިބިއްޖެއެވެ. މި ގޮތުން ވެރިރަށް ބެއިޖިންގުގެ އިތުރުން ވިޔަފާރީގެ މައި މަރުކަޒެއް ކަމަށްވާ ގުއަންގޒޫގައި ވަރަށް ބާރަށް ބަލި ފެތުރެމުންދާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އަދަދުތަކަށް ބަލާއިރު ބުދަ ދުވަހު އެކަނިވެސް 31،527 ޕޮޒިޓިވް ކޭސް ރިޕޯޓުކޮށްފައިވެއެވެ. 2021 ވަނަ އަހަރަށް ފަހު އެންމެ ގިނަ އަދަދަކަށް އެއްދުވަހު މީހުން ޕޮޒިޓިވްވެފައިވަނީ މިދިޔަ އެޕްރިލް މަހުއެވެ. އޭރު ދުވާލަކު 28،000 މީހުން ޕޮޒިޓިވްވެފައިވެއެވެ. އެހެންކަމުން އެއިރަށް ވުރެ ވެސް މިވަނީ ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައެވެ.

މި އަދަދުތަކަކީ 1.4 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ ގައުމަކަށް މާބޮޑު އަދަދަކަށް ނުވި ނަމަވެސް ކުރީގެ ރިކޯޑުތަކާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. ޗައިނާއިން ކޮވިޑްގައި މަރުވެފައިވަނީ 5200 އެއްހާ މީހުންނެވެ. މިއީ ކޮންމެ މިލިއަން މީހަކަށް ތިންމަރެވެ.

Advertisement - worldAdvertisement

އެހެން ގައުމުތަކުން ޕޮޒިޓިވްވި އަދި މަރުވި މީހުންގެ އަދަދުތަކަށް ބަލާއިރު އެމެރިކާގައި ކޮންމެ މިލިއަން މީހަކަށް 3000 މީހުން މަރުވެފައިވާއިރު އިނގިރޭސި ވިލާތުގައި ކޮންމެ މިލިއަން މީހަކަށް 2،400 މީހުން މަރުވެފައިވެއެވެ.

ކޮވިޑް ކޮންޓްރޯލު ކުރުމަށް ޗައިނާއިން ގެންގުޅޭ ޒީރޯ ކޮވިޑް ޕޮލިސީގެ ސަބަބުން މީހުން މަރުވާ އަދަދު މަދުކުރެވިފައިވީ ނަމަވެސް އެކަމުގެ ސަބަބުން ގައުމުގެ އިގްތިސާދަށް ވަނީ ވަރަށް ބޮޑަށް ނޭދެވޭ އަސަރުކޮށްފައެވެ. އެހެންކަމުން ބައެއް ބޮޑެތި ކުންފުނިތަކާއި ފެކްޓަރީތަކުގެ މުވައްޒަފުން ގެންދަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ.

ޗައިނާގައި އެތައް މަހަކަށް ފަހު ކޮވިޑް ޖެހިގެން މީހުން މަރުވާން ފަށާފައިވުމާ އެކު ކުރިން ލުއި ދެވުނު ހިސާބުތަކުގަ ވެސް ވަނީ އަލުން ފިޔަވަޅުތައް ހަރުކަށިކޮށްފައެވެ. މިގޮތުން 6 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޒެންގޒޫ ވެސް ވަނީ ހުކުރު ދުވަހުން ފެށިގެން ލޮކްޑައުންކޮށްފައެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

4

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

5

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

އިތުރަށް ކިޔާލަން

19 މެއި 2017

ރައީސް ޓްރަމްޕް ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ހުކުރު ދުވަހު ފައްޓަވަނީ

19 މެއި 2017
ރައީސް ޓްރަމްޕް ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ހުކުރު ދުވަހު ފައްޓަވަނީ
01 މެއި 2017

ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ހުށަހަޅައިފި

01 މެއި 2017
ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ހުށަހަޅައިފި
26 އެޕްރީލު 2017

ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި

26 އެޕްރީލު 2017
ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި
20 އެޕްރީލު 2017

ޖަކާޓާގެ ފުރަތަމަ ކްރިސްޓިއަން ގަވަރުނަރަށްފަހު އަނެއްކާވެސް މުސްލިމެއް

20 އެޕްރީލު 2017
ޖަކާޓާގެ ފުރަތަމަ ކްރިސްޓިއަން ގަވަރުނަރަށްފަހު އަނެއްކާވެސް މުސްލިމެއް
15 އެޕްރީލު 2017

އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރު ގަސްދުގައި މަރުވީ ކަމަށް ބެލެވޭ: ފުލުހުން

15 އެޕްރީލު 2017
އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރު ގަސްދުގައި މަރުވީ ކަމަށް ބެލެވޭ: ފުލުހުން
25 މާރިޗު 2017

މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

25 މާރިޗު 2017
މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް
25 ފެބުރުއަރީ 2017

އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި

25 ފެބުރުއަރީ 2017
އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި
21 ފެބުރުއަރީ 2017

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

21 ފެބުރުއަރީ 2017
ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް