Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމީދޫ ކައުންސިލް އޮޑިޓް

މީދޫ ކައުންސިލުން ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން އެކުލަވާލާފައި ނުވޭ - އޮޑިޓް

25 ނޮވެމްބަރު 2022 | ހުކުރު 08:38

މީދޫ ކައުންސިލުން 2021 ވަނަ އަހަރުގެ މަސައްކަތު ތާވަލު ތައްޔާރުކޮށް އަތޮޅު ކައުންސިލަށް ހުށަހަޅާފައި ނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 25 ނޮވެމްބަރު 2022 | ހުކުރު 08:38
ދ. މީދޫ

ދ. މީދޫ

މީދޫ ކައުންސިލުން ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން އެކުލަވާލާފައި ނުވާ ކަމަށް އެ ކައުންސިލްގެ 2021 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

އޮޑިޓްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން އެ ގާނޫނުގެ ދަށުން އަލަށް އެކުލަވާލެވޭ ކައުންސިލްތަކުގެ އިންތިހާބަށްފަހު، އިންތިހާބުުކުރެވޭ މެންބަރުން މަގާމާ ހަވާލުވުމަށްފަހު 3 މަސް ދުވަހުގެ ތެރޭގައި، އަތޮޅު ކައުންސިލުން ފޯރުކޮށްދޭ ފަންނީ އެހީތެރިކަމާއެކު، އެ ރަށެއްގެ ރަށުގެ ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން އެ ރަށެއްގެ ރަށު ކައުންސިލުން އެކުލަވާލަންޖެހޭ ކަަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް މީދޫއަށް 2021 ވަނަ އަހަރު އިންތިހާބުވި ކައުންސިލުން އެރަށުގެ ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން އެކުލަވާލާފައި ނުވެއެވެ. އޮޑިޓް އޮފީހުން ވަނީ ކަމާބެހޭ އިދާރާތަކުގެ ލަފަޔާއެކު، ވީ އެންމެ އަވަހަކަށް ރށުގެ ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށް އަންގާފައެވެ.

މީގެ އިތުރުން ކައުންސިލުން ތައްޔާރުކޮށް ހުށަހަޅަންޖެހޭ ލިޔުންތައް ތައްޔާރުކޮށް އަތޮޅު ކައުންސިލަށް ހުށަހަޅާފައި ނުވާ ކަމަށް ވެސް އޮޑިޓްގައި ބުނެފައިވެއެވެ. އޮޑިޓްގައި ބުނެފައިވަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ ނިޔަލަށް ރަށު ތަރައްގީގެ ޕްލޭން ބިނާކޮށް، ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތާވަލާއި، ބަޖެޓް ރަށު ކައުންސިލްތަކުން އެ އަތޮޅެއްގެ އަތޮޅު ކައުންސިލަށް ފޮނުވަންޖެހޭ ކަމަށެވެ.

ނަމަވެސް މީދޫ ކައުންސިލުން 2021 ވަނަ އަހަރުގެ މަސައްކަތު ތާވަލު ތައްޔާރުކޮށް އަތޮޅު ކައުންސިލަށް ހުށަހަޅާފައި ނުވެއެވެ.

މީގެ އިތުރުން ކައުންސިލުން ގަވާއިދުން ބާއްވަންޖެހޭ ކައުްނސިލް ބައްދަލުވުންތައް ބާއްވާފައި ނުވެއެވެ. އޮޑިޓްގައި ބުނެފައިވަނީ މީދޫ ކައުންސިލްގެ 3 ވަނަ ދައުރުގެ ކައުންސިލުން ބާއްވަންޖެހޭ 17 ބައްދަލުވުމުގެ ތެރެއިން އެއްވެސް ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައި ނުވާއިރު، 4 ވަނަ ދައުރުގެ ކައުންސިލުން އެ އަހަރު ބާއްވަންޖެހޭ 32 ބައްދަލުވުމުގެ ތެރެއިން ކުރިއަށް ގެންގޮސްފައިވަނީ 25 ބައްދަލުވުން ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

އީރާން އިގްތިސާދީގޮތުން އެކަހެރިކުރުމަށް ޓްރަމްޕްގެ ރޭވުންތަކަށް ޗައިނާއާއި ރަޝިޔާއިން ހުރަސްއެޅުމުގެ ފުރުސަތު އޮތް ގޮތް

އިތުރަށް ކިޔާލަން

29 އެޕްރީލު 2017

ތަރައްގީގެ މީޓަރުން ރައީސް ޔާމީނަށް ލިބެނީ ސުމެއް: އަލީ ހުސެއިން

29 އެޕްރީލު 2017
ތަރައްގީގެ މީޓަރުން ރައީސް ޔާމީނަށް ލިބެނީ ސުމެއް: އަލީ ހުސެއިން
26 މާރިޗު 2017

ރާއްޖެޓީވީގެ އަޒުމޫނަށް ނިހާން އިންޒާރުދިން މައްސަލާގައި ބަޔާނެއް ނެރެން މީޑިއާ ކައުންސިލުން ފާހެއް ނުވި!

26 މާރިޗު 2017
ރާއްޖެޓީވީގެ އަޒުމޫނަށް ނިހާން އިންޒާރުދިން މައްސަލާގައި ބަޔާނެއް ނެރެން މީޑިއާ ކައުންސިލުން ފާހެއް ނުވި!
19 މާރިޗު 2017

މަސީހުގެ ބޭރުކުރުމުގެ މަސައްކަތް ހުއްޓާލަން ދިއްގަރު ކައުންސިލުން ފާރިސްއަށް ގޮވާލައިފި

19 މާރިޗު 2017
މަސީހުގެ ބޭރުކުރުމުގެ މަސައްކަތް ހުއްޓާލަން ދިއްގަރު ކައުންސިލުން ފާރިސްއަށް ގޮވާލައިފި
11 މާރިޗު 2017

އެމްޑީޕީން އައްޑޫ ސިޓީ ހުޅުދޫގަ އާއި މީދޫގައި ވެސް ކެޕްޕެއިން ހަރަކާތްތައް ހިންގައިފި

11 މާރިޗު 2017
އެމްޑީޕީން އައްޑޫ ސިޓީ ހުޅުދޫގަ އާއި މީދޫގައި ވެސް ކެޕްޕެއިން ހަރަކާތްތައް ހިންގައިފި
02 މާރިޗު 2017

ނޫސްވެރިންނަށް ދޭ އިންޒާރުތައް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި

02 މާރިޗު 2017
ނޫސްވެރިންނަށް ދޭ އިންޒާރުތައް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި
25 ފެބުރުއަރީ 2017

ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި

25 ފެބުރުއަރީ 2017
ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް