Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގާނާގެ އިގްތިސާދު

އެމެރިކާ ޑޮލަރުގެ ބަދަލުގައި ރަނުން ތެޔޮ ގަންނަން ގާނާއިން ނިންމައިފި

މި ފިޔަވަޅު އަޅަން ނިންމީ މަދުވަމުން އަންނަ ބޭރު ފައިސާގެ ރިޒަރވް ދަށްވަމުން ދިއުމާއި، ތެޔޮ އެތެރެ ކުރާ ފާރާތްތަކުން ބޭރު ފައިސާއަށް ޑިމާންޑްކުރަމުން ދާތީ އެކަމަށް ހައްލެއް ގެނައުމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 25 ނޮވެމްބަރު 2022 | ހުކުރު 06:22
ގާނާގެ ނައިބް ރައީސް މަހަމުދު ބަވުމިއާ

ގާނާގެ ނައިބް ރައީސް މަހަމުދު ބަވުމިއާ

އެމެރިކާ ޑޮލަރުގެ ބަދަލުގައި ރަނުން ތެލުގެ ބާވަތްތައް ގަންނަން ގާނާއިން ނިންމައިފިއެވެ.

މިކަން ހާމަކުރައްވާ ގާނާގެ ނައިބް ރައީސް، މަހަމުދު ބަވުމިއާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ޤައުމުގެ ސަރުކާރުގެ އައު ޕޮލިސީއެއްގެ ދަށުން ތެލުގެ ބާވަތްތައް ގަންނަ އިރު، އެމެރިކާ ޑޮލަރުގެ ރިޒަރވްގެ ބަދަލުގައި ރަނުން މުއާމަލާތްކުރުމަށް ވިސްނަމުން ގެންދަވާ ކަމަށެވެ.

އަދި މި ފިޔަވަޅު އަޅަން ނިންމެވީ މަދުވަމުން އަންނަ ބޭރު ފައިސާގެ ރިޒަރވް ދަށްވަމުން ދިއުމާއި، ތެޔޮ އެތެރެ ކުރާ ފާރާތްތަކުން ބޭރު ފައިސާއަށް ޑިމާންޑުކުރަމުން ދާތީ އެކަމަށް ހައްލެއް ގެނައުމަށް ކަމަށެވެ. ބޭރުގެ ފައިސާގެ ރިޒަރވް ދަށްވުމުގެ ސަބަބުން ގާނާގެ ފައިސާގެ އަގުވެއްޓި ދިރިއުޅުމުގެ ހަރަދުތައް ބޮޑުވަމުން އަންނަ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ގާނާ ސަރުކާރުގެ އައު ޕޮލިސީއާ އެއްގޮތަށް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ތަންފީޒުކުރަން ފަށައިފި ނަމަ، ބެލެންސް އޮފް ޕޭމެންޓް ރަނގަޅުވެ ގާނާގެ ފައިސާ އަގު ދަށްވުމަށް ދިމާވެފައިވަ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ގާނާގެ ނައިބް ރައީސް ވިދާޅުވެފައިވަނީ ރަން ބޭނުންކުރަން ފެށުމުން ތެލާއި އެހެނިހެން ތަކެތީގެ އަގުތަކަށް ބަދަލެއްނައިސް ތެޔޮ އެތެރެ ކުރާ ފާރަތްތަކަށް ބޭރު ފައިސާ ބޭނުން ކުރަން ނުޖެހި އެކްސްޗޭންޖް ރޭޓަށް ބަދަލެއް ނާންނޭ ކަމަށެވެ.

ގާނާއިން ހުށަހަޅާފައިވާ ޕޮލިސީއަކީ އާންމުކޮށް އަމަލުކުރަމުން އަންނަ ޕޮލިސީއެއް ނޫނެވެ. ބައެއް ގައުމުތަކަށް ތެލުގެ ބަދަލުގައި މުދާ ނުވަތަ އެހެނިިހެން ތަކެތި ދޭއިރު، ތެޔޮ އުފައްދާ ގައުމަކުން ހޯދާނީ ތެޔޮ ނޫން އެހެން ބާވަތްތަކެވެ.

ގާނާއިން ސާފުނުކުރާ ތެޔޮ ނެގި ނަމަވެސް، ސާފުކުރި ތެލުގެ ބާވަތްތައް އެގައުމުން އެތެރެކުރެއެވެ. އެއީ އެގައުމުގައި ހުރި ހަމައެކަނި ތެޔޮ ސާފުކުރާ ކާރުހާނާގައި 2017 ވަނަ އަހަރު ގޮވުމެއް ގޮވާ އެތަން ބަންދުކުރަން ޖެހުމުގެ ސަބަބުންނެވެ.

ގާނާގެ ނައިބް ރައީސްގެ މިކަން ހާމަކުރައްވާފައިވަނީ އެގައުމުގެ ފިނޭންސް މިނިސްޓަރުގެ އެންގެވުމެއް އާންމުކުރެއްވި ފަހުންނެވެ. ފިނޭންސް މިނިސްޓަރުގެ އެންގެވުމުގައި ވަނީ ދަރަނިން ސަލާމަތްވުމަށްޓަކައި ހަރަދުތައް ކުޑަކޮށް އާމްދަނީ ލިބޭނެ ގޮތްތައް އިތުރުކުމަށެވެ.

2023 ވަނަ އަހަރުގެ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން ބުރާސްފަތި ދުވަހު ގާނާގެ ފިނޭންސް މިނިސްޓަރ އޮފޮރި-އައްޓާ ވަނީ ގާނާގެ ފައިސާގެ އަގު ވެއްޓެމުން ދިއުމާއެކު، ހުޅަނގު އެފްރިކާގެ ގައުމުތައް މިހާރު އޮތީ ދަރަނީގެ ނުރައްކަލެއްގެ ތެރޭގައި ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ. އަދި ފައިސާގެ އަގު ދަށްވުމުގެ ސަބަބުން ގާނާއިން ޕަބްލިކް ދަރަނި މެނޭޖުކުރުމުގެ ސީރިއަސް ގޮންޖެހުންތަކެއް އެބަހުރި ކަމަށް ވިދާޅުވެފައެވެ.

ގާނާގެ ސަރުކާރުން ދަނީ ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް) އާއެކު ރިލީފް ޕެކޭޖްތަކެއް ހޯދުމަށް މަޝްވަރާތަކެއް ކުރަމުންނެވެ. މި މަޝްވަރާތައް ކުރިއަށްދާއިރު، ގާނާ ފަދަ ކޮކޯ، ރަން އަދި ތެޔޮ އޮފައްދާ ގައުމުތަކަށް ވަނީ ޖީލުތަކަށް ދިމާނުވާ ފަދަ އިގްތިސާދި ކާރިސާއަކާއި ކުރިމަތިލާން ޖެހިފައެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު