Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އިސްރާއީލް-އީރާން ހަނގުރާމަ

ތެލުގެ އަގު މައްޗަށް ހިނގައްޖެ

އަގު މައްޗަށް ދިޔައީ އީރާން-އިސްރާއީލު ހަނގުރާމަ ހޫނުވެ ތެލުގެ ސަޕްލައި އަށް ބުރޫ އަރާފާނެ ކަމުގެ ބިރު ބޮޑުވެގެން ދިއުމާ ގުޅިގެން

ރާއްޖެ އެމްވީ | 17 ޖޫން 2025 | އަންގާރަ 01:53
ތެހެރާނުގެ ދެކުނުގައި ހުންނަ ތެޔޮ ސާފުކުރާ ކާރުޚާނާ އަކަށް އިސްރާއީލުން ހަމަލާ ދިނުމާ ގުޅިގެން އެ ސަރަހައްދުން ބޯ ދުން އަރަނީ - ޖޫން 15، 2025

ތެހެރާނުގެ ދެކުނުގައި ހުންނަ ތެޔޮ ސާފުކުރާ ކާރުޚާނާ އަކަށް އިސްރާއީލުން ހަމަލާ ދިނުމާ ގުޅިގެން އެ ސަރަހައްދުން ބޯ ދުން އަރަނީ - ޖޫން 15، 2025

އީރާން-އިސްރާއީލު ހަނގުރާމަ ހޫނު ވަމުން ދިއުމާ އެކު ސަޕްލައި އަށް ކުރިމަތި ވެދާނެ ނުރައްކަލުގެ ސަބަބުން ތެލުގެ އަގު މައްޗަށް ހިނގައްޖެއެވެ.

އަންގާރަ ދުވަހު ތެލުގެ އަގު 2 އިންސައްތަ އަށް ވުރެ މަތިވެއްޖެ ކަމަށް ރޮއިޓާރސް އިން ވަނީ ރިޕޯޓު ކޮށްފައެވެ.

މިއީ އީރާނާއި އިސްރާއީލުގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމަ ގޯސް ވަމުން ދަނިކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް "އެންމެން" ތެހެރާނުން ނުކުމެގެން ދިއުމަށް ގޮވާލެއްވުމުގެ ސަބަބުން އެ ސަރަހައްދުގައި އިތުރަށް ހަމަނުޖެހުން ބޮޑުވެ، ތެލުގެ ސަޕްލައި އަށް ބުރޫ އަރާފާނެ ކަމުގެ ބިރު ބޮޑުވެގެން ދިއުމާ ގުޅިގެން އަގަށް އައި ބަދަލެއް ކަމަށް ބެލޭ ކަމަށް ވެސް ރޮއިޓާރސް އިން ބުނެފައިވެއެވެ.

ނަތީޖާ އެއްގެ ގޮތުން ބްރެންޓް ކްރޫޑް ފިއުޗަރސް ކޮންޓްރެކްޓް 1.17 އެމެރިކާ ޑޮލަރު ނުވަތަ 1.6 އިންސައްތަ މައްޗަށް ގޮސް ފީފާއެއްގެ އަގު 74.4 އެމެރިކާ ޑޮލަރަށް ވަނީ އަރާފައެވެ.

ހޯމަ ދުވަހު ތެލުގެ އަގު 1 އިންސައްތައަށް ވުރެ ދަށަށް ދިޔަކަން ފާހަގަ ކުރެވެއެވެ. އެއީ އީރާނުން ހަނގުރާމަ ހުއްޓާލަން މަސައްކަތް ކުރާކަމަށް މީޑިއާތަކުން ރިޕޯޓުކުރުމާ ގުޅިގެން، ހަނގުރާމައިގެ ހާލަތު ރަނގަޅު ވެދާނެ ކަމަށް އުއްމީދު އުފެދުމާ ގުޅިގެން އައި ދަށްވުމެއް ކަމަށް ރޮއިޓާރސް އިން ބުނެފައިވެއެވެ.

ނަމަވެސް، ހަނގުރާމައިގެ ފަސްވަނަ ދުވަސް ކަމަށްވާ އަންގާރަ ދުވަހު ކަންތައްތައް އިތުރަށް ގޯސްވެގެން ވަނީ ގޮސްފައެވެ. އީރާނުގެ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި ވެރިރަށް ތެހެރާނުގައި ބާރުގަދަ ގޮވުންތަކާއެކު އެއަރ ޑިފެންސް ހަމަލާތަކުގެ އަޑު އިވިފައިވެއެވެ. އަދި އިސްރާއީލު ގައި، އީރާނުގެ މިސައިލްތަކާ ގުޅިގެން ތެލް އަވީވްގައި އެއަރ ރެއިޑް ސައިރަންތައް އިވިފައިވެއެވެ.

އީރާނަކީ އޯޕެކް (އޯގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިންގ ކަންޓްރީސް) ގެ މެންބަރު ޤައުމުތަކުގެ ތެރެއިން ތިން ވަނަ އަށް އެންމެ ގިނައިން ތެޔޮ އުފައްދާ ޤައުމެވެ. ހަނގުރާމައިގެ ސަބަބުން އެ ޤައުމުން ތެޔޮ ސަޕްލައި ކުރުމަށް ހުރަސް އެޅި، އޭގެ ސަބަބުން ތެލުގެ އަގު އިތުރަށް މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ތަޖުރިބާކާރުން ދެކެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި

ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި

28 މެއި 2017
އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި

އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި

28 މެއި 2017
ވިލާ ގޭހުގެ އަގުހެޔޮކޮށްފި

ވިލާ ގޭހުގެ އަގުހެޔޮކޮށްފި

17 މެއި 2017
މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

17 މެއި 2017
ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް

ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް

15 މެއި 2017

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު