Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަސްތުވާތަކެތި އަތުލައިގަތުން

4 އަހަރުތެރޭ ހިފެހެއްޓި މަސްތުވާތަކެތީގެ މަގުމަތީ އަގު 489 މިލިއަނަށް އަރާ

ރާއްޖެ އެތެރެކުރަން އުޅުނު ޖުމްލަ 216.21 ކިލޯގެ މަސްތުވާތަކެތި ހިފަހައްޓާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 25 ނޮވެމްބަރު 2022 | ހުކުރު 03:56
4 އަހަރު ތެރޭގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ތަފާސް ހިސާބުތައް

4 އަހަރު ތެރޭގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ތަފާސް ހިސާބުތައް

ފާއިތުވެދިޔަ 4 އަހަރު މަސްތުވާތަކެއްޗާ ދެކޮޅަށް ކުރި މަސައްކަތުގެ ތެރެއިން 489 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ކަސްޓަމްސް އިން ހާމަކޮށްފިއެވެ.

ކަސްޓަމްސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، 2019ން ނޮވެމްބަރު 16، 2022ގެ ނިޔަލަށް ކަސްޓަމްސްއިން ވަނީ ރާއްޖެ އެތެރެކުރަން އުޅުނު ޖުމްލަ 216.21 ކިލޯގެ މަސްތުވާތަކެތި ހިފަހައްޓާފައެވެ. މިގޮތުން އަތުލަައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު ޖުމްލަ 489 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

Advertisement - newsAdvertisement

މި ތަފާސް ހިސާބުތައް ދައްކާގޮތުން، 2019 ވަނަ އަހަރު 53 މައްސަލައިގައި ހިމެނޭ 37.49 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ. އަދި މިތަކެތީގެ މަގުމަތީ އަގު 48.54 މިލިއަން ރުފިޔާއަށް އަރައެވެ. 2020 ވަނަ އަހަރު 25 މައްސަލައިގައި ހިމެނޭ 10.67 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ. މި ތަކެތީގެ މަގުމަތީ އަގު 17 މިލިއަން ރުފިޔާއަށް އަރައެވެ.

2021 ވަނަ އަހަރު 26 މައްސަލައެއްގައި 50.26 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ. މިތަކެތީގެ މަގުމަތީ އަގު 223.53 މިލިއަން ރުފިޔާއަށް އަރައެވެ. އަދި މިއަހަރުގެ ނޮވެމްބަރު 16 ވަނަ ދުވަހާ ހަމައަށް 27 މައްސަލައެއްގައި ހިމެނޭ 117.79 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ. މިތަކެތީގެ މަގުމަތީ އަގު 200 މިލިއަން ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ 2019 ވަނަ އަހަރު އެލްއެސްޑީގެ 110 ސްޓިކަރ، 2020 ވަނަ އަހަރު 13 ކެނެބިސް ސީޑް އަދި 2021 ވަނަ އަހަރު 358 އޮޕިއަމް ސްޓްރޯ ހިފަހައްޓާފައިވާ ކަމަށެވެ.

މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފަހައްޓާފައިވާ މީހުން ނިސްބަތްވާ ގައުމުތަކުގެ ތެރޭގައި 15 ގައުމެއް ހިމެނެއެވެ. މި ތަފާސް ހިސާބުތައް ދައްކާގޮތުން، އެންމެ ގިނައިން މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެވުނީ ދިވެހިންނެވެ. 25 ދިވެއްސެއް މި މުއްދަތުގެ ތެރޭގައި ވަނީ އަތުލައިގަނެފައެވެ. ދެވަނަ އަށް އެންމެ ގިނައީ ޕާކިސްތާނު މީހުންނެވެ. ޕާކިސްތާނުގެ 13 މީހަކު އަތުލައިގަނެފައިވާ އިރު، ބްރަޒިލްގެ 10 މީހަކާއި، އިންޑިއާގެ 5 މީހަކާއި ބަންގްލަދޭޝްގެ 4 މީހަކު ހިމެނެއެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުގެ 4 މީހަކާއި، ތުރުކީގެ 2 މީހަކު އަތުލައިގަނެފައިވެއެވެ. އަދި އެމެރިކާ، ކޮސްޓަރިކާ، އިކުއެޑޯ އަދި ނައިޖީރިއާ, ސައުތު އެފްރިކާ، ކެންޔާގެ އިތުރުން ލެޓްވިއާ, އޮސްޓްރޭލިއާ، މިއިން ކޮންމެ ގައުމަކުން އެކަކު ހިމެނެއެވެ.

ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފަހައްޓާފައިވާ މަސްތުވާތަކެތި އެތެރެކުރަން އުޅެފައިވާ މަގުތަކަށް ބަލާއިރު، އެންމެ ގިނައިން މަސްތުވާތަކެތި އެތެރެކުރަން އުޅެފައިވަނީ ކުރިއަރ ނުވަތަ ޕޯސްޓް މެއިލް މެދުވެރިކޮށެވެ. ކުރިއަރ ނުވަތަ ޕޯސްޓް މެދުވެރިކޮށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 70 މައްސަލައެއް ހިމެނެއެވެ. ދެވަނަ އަށް އެންމެ ގިނައިން މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ހިފަހައްޓާފައިވަނީ ވައިގެ މަގުން، ލަގެޖް ނުވަތަ ފަސިންޖަރުންގެ އަތުންނެވެ. މީގެ 57 މައްސަލަ ރިޕޯޓްކޮށްފައިވެއެވެ.

މީގެ އިތުރުން ވައިގެ މަގުން ކާގޯ ޝިޕްމަންޓުގެ ގޮތުގައި ހިމެނޭ 2 މައްސަލަ، ކަނޑުމަގުން އުޅަނދުގައި މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައަކާއި ކަނޑުމަގުން ކާގޯ ޝިޕްމަންޓުގައި މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއް ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސައުދީ އެމްބަސީން ވެސް  ހާފިޒް ނަބީހުގެ އަގުވަޒަންކޮށްފި

ސައުދީ އެމްބަސީން ވެސް ހާފިޒް ނަބީހުގެ އަގުވަޒަންކޮށްފި

19 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު

13 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހަޅައިފި

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހަޅައިފި

12 ފެބުރުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

07 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު