Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވައްޤާސް ޝަރީފް

"އިންތިޒާމްވެގެން ކުށްކުރާ ގްރޫޕްތައް ކަނޑައެޅުމަށް ހުށަހެޅުމުގެ ބާރު ފުލުހުންނަށް ގެންގް ބިލާއި އެކު ލިބުމަކީ ކުށް ހުއްޓުވަން ލިބޭ އެންމެ ބޮޑު ފަސޭހަ"

މީގެ ކުރިން ޤާނޫނީ ގޮތުން އެފަދަ ކަންކަން ހުއްޓުވަން ބަލާއިރު ދިމާވާ ގޮންޖެހުންތަކެއް ހުރި ކަމަށް ވައްޤާސް ވަނީ ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 22 އޯގަސްޓު 2025 | ހުކުރު 12:57
އިންސްޕެކްޓަރ އޮފް ޕޮލިސް ވައްޤާސް ޝަރީފް

އިންސްޕެކްޓަރ އޮފް ޕޮލިސް ވައްޤާސް ޝަރީފް

އިންތިޒާމްވެގެން ކުށްކުރާ ގްރޫޕްތައް ކަނޑައެޅިގެން ދިއުމަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލުގެ އެންމެ ބޮޑު ފަސޭހަ ކަމަށް އިންސްޕެކްޓަރ އޮފް ޕޮލިސް ވައްޤާސް ޝަރީފް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަސްކާފް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނެވެ.

Advertisement - newsAdvertisement

"ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު'' (ގާނޫނު ނަންބަރު: 7/2025) އަށް އަމަލުކުރަން ފެށުމަކީ އެފަދަ ކުށްތައް ހުއްޓުމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މި ޤާނޫނާއި އެކު ފުލުހުންނަށް ލިބޭ ބާރުތަކުގެ ސަބަބުން މައްސަލަތައް ހައްލުކުރަން ފުރުސަތު ލިބިގެންދާ ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ވައްޤާސް ވިދާޅުވީ މި ޤާނޫނަށް ގެނައި ބަދަލުގެ ސަބަބުން އެފަދަ ކުށްތަކަށް އަރައިގަންނަ ގްރޫޕްތައް މޮނިޓަރކުރުމަށް ފަސޭހަ ވެގެންދާ ކަމަށެވެ.

މިހާރުގެ ހާލަތަށް ބަލާއިރު ކުށް ކުރާ ގްރޫޕްތަކުން ކުށް ކުރާ އިރު ބޮޑެތި ކުށްތަކަށް އަރައިގަންނަކަން ފާހަގަކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކާއި، މީހުން މެރުމާއި، ކިޑްނެޕްކުރުން ފަދަ ކަންކަން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. މިފަދަ ޤާނޫނެއް އޮތުމަކީ އެފަދަ ކުށްތައް ހުއްޓުވަން ލިބޭ ބާރެއް ކަމަށް ވައްޤާސް ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ޤާނޫނީ ގޮތުން އެފަދަ ކަންކަން ހުއްޓުވަން ބަލާއިރު ދިމާވާ ގޮންޖެހުންތަކެއް ހުރި ކަމަށް ވައްޤާސް ވަނީ ވިދާޅުވެފައެވެ. ކުށް މަދުކުރުމަށް މަސައްކަތް ކުރާ އިރު ފުލުހުންނަށް ޤާނޫނީ ގޮތުން ދިމާވާ ގޮންޖެހުންތައް ނައްތާލުން މުހިންމު ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

" 18 އަހަރު ނުވާ ކުޑަ ކުދިން މިފަދަ ކުށްތަކުގައި ގިނަކަން އެއީ ވަަރަށް ބޮޑަށް ހިތާމަ ކުރާ ކަމެއް. އެކަން ފާހަގަވޭ އަޅުގަނޑުމެންނަށް ވަރަށް " އޭނާ ވިދާޅުވިއެވެ.

 ޕަބްލިކް ޕްރޮސެކިއުޓަރ އައިމިނަތު ޝީޒާ
ޕަބްލިކް ޕްރޮސެކިއުޓަރ އައިމިނަތު ޝީޒާ

އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޕަބްލިކް ޕްރޮސެކިއުޓަރ އައިމިނަތު ޝީޒާ ވިދާޅުވީ އިންތިޒާމް ވެގެން ހިންގާ ކުށްތައް ހުއްޓުވުމަށް މި ޤާނޫނާއި އެކު ގްރޫޕް ހަދައިގެން ކުށްތައް ހިންގާ އިރު ކުޑަކުދިން އެކަމުން ރައްކާތެރިކުރުވުމަށް އިތުރު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. 18 އަހަރުން ދަށުގެ ކުޑަކުދިންނަށް ވަޅިއާއި ކަޓަރު ތިލަ އަދި އެ ނޫންވެސް އެފަދަ ތޫނު ހަތިޔާރާއި މާރާމާރީ ހިންގުމަށް ބޭނުންކުރެވިދާނެ ފަދަ އެއްވެސް އާލާތެއް ކުޑަކުދިންނަށް ވިއްކުމަކީ މަނާކަމެއް ކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ.

ކުށް ކުރާ ގްރޫޕަކަށް ނިސްބަތްވާ މީހެއް ކަމަށް މައުލޫމާތު ލިބޭ ހާލަތުގައި އެ ގްރޫޕަކާއި ބައިވެރިވުމާއި ގްރޫޕަށް މީހުން ވެއްދުމަށް ކުރާ މަސައްކަތަށް މި ޤާނޫނުން ހައްލު ލިބޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ރޭވިގެން ގްރޫޕްތަކުން ހިންގާ ކުށްތަކުގައި ކުޑަކުދިން ގިނަކަމަށް ފާހަގަކުރައްވާ އޭނާ ވަނީ މި ޤާނޫނުގައި ކުދިންގެ ރައްކާތެރިކަމަށް ޚާއްސަ އިސްކަމެއް ދީފައިވާ ކަމަށެވެ.

ވައްޤާސް ޝަރީފްއާމިނަތު ޝީޒާގެންގު ޖިނާޔަތްކުޑަކުދިންގެ ކުށްމަސްތުވާތަކެތިގޭންގު ޤާނޫނު

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
08 ޑިސެމްބަރު 2025

ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!

08 ޑިސެމްބަރު 2025
ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!
06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
30 ނޮވެމްބަރު 2025

މަސްތުވާތަކެތި ފޮރުވައި، ފިލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނާގެ ބަންދަށް 5 ދުވަސް

30 ނޮވެމްބަރު 2025
މަސްތުވާތަކެތި ފޮރުވައި، ފިލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނާގެ ބަންދަށް 5 ދުވަސް
25 ނޮވެމްބަރު 2025

ޑްރަގުގެ ބޮޑު އޮޕަރޭޝަންގައި މުޅި ރާއްޖެއިން އަތުލައިގަތީ 29 ކިލޯ ގެ މަސްތުވާތަކެއްޗާއި 188،000 ރުފިޔާ

25 ނޮވެމްބަރު 2025
ޑްރަގުގެ ބޮޑު އޮޕަރޭޝަންގައި މުޅި ރާއްޖެއިން އަތުލައިގަތީ 29 ކިލޯ ގެ މަސްތުވާތަކެއްޗާއި 188،000 ރުފިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު