Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނިރުފެހިގޭ އަލިފާނުގެ ހާދިސާ

މ. ނިރުފެހިގެ ހިމެނޭހެން، 5 ގޭބީސީއަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު: އެންޑީއެމްއޭ

24 ނޮވެމްބަރު 2022 | ބުރާސްފަތި 12:03

އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީ ބޯހިޔާވަހިކަމުގައި އެއްވެސް އާއިލާއެއް ނެތް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 24 ނޮވެމްބަރު 2022 | ބުރާސްފަތި 12:03
އަލިފާނުގެ ހާދިސާއަށްފަހު މ. ނިރުފެހިގެ

އަލިފާނުގެ ހާދިސާއަށްފަހު މ. ނިރުފެހިގެ

އަލިފާނުގެ ހާދިސާ ހިނގި މ. ނިރުފެހިގެ ހިމެނޭހެން 6 ގޭބީސީއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް, ނޭޝަނަލް ޑިޒާސްޓަރ މެނޭޖެމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނީ، ހާދިސާއާ ގުޅިގެން ގެއްލުން ލިބުނު ގޭބީސީތަކުގެ ތެރޭގައި މ. ވާދީގެ ހަތަރު ގޭބީސީއަކާއި މ. ސޭންޑްރޯސްގެ އެއް ގޭބީސީ ހިމެނޭ ކަމަށެވެ.

Advertisement - newsAdvertisement

މީގެތެރެއިން 5 ގޭބީސީއެއްގައި ކުއްޔަށް ދިރިއުޅުނު އާއިލާތަކަށް (ކާރިސާތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަމަލުކުރާ އުސޫލުގެ ތެރެއިން) އެހެން ތަނެއް ކުއްޔަށް ހިފުމަށް 15 ދުވަހުގެ މުއްދަތެއް ދީ، އެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް ބުންޏެވެ.

މީގެއިތުރުން އާއިލާތަކަށް އެހެން ތަނެއް ކުއްޔަށް ހިފުމަށް ދެ މަހުގެ އެޑްވާންސްއާއި އެއްމަހުގެ ކުލީގެ ފައިސާ ހަމަޖައްސައިދީފައިވާ ކަމަށް ބުންޏެވެ.

އެންޑީއެމްއޭއިން އިތުރަށް ބުނީ، މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީ ބޯހިޔާވަހިކަމުގައި އެއްވެސް އާއިލާއެއް ނެތް ކަމަށެވެ.

ހާދިސާ ހިނގި ނިރުފެހިގޭގައި ދިރިއުޅުނު 9 ބިދޭސީއަކަށް އެމީހުންގެ ދިރިއުޅުން އާންމު ހާލަތަށް ބަދަލުވުމަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ރެޑްކްރެސެންޓް އެހީތެރިކަމާއެކު ކުރިއަށްދާ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.

އެންޑީއެމްއޭއިން އިތުރަށް ބުނީ، ހާދިސާގައި އަސަރުކޮށްފައިވާ ގޭގޭގެ ޑެމޭޖް އެސެސްމަންޓް ހެދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެހީތެރިކަމާއެކު ނިމިފައިވާ ކަމަށާއި، މިވަގުތު ކުރިއަށްދަނީ ގެއްލުންތަކުގެ އަގުމަގު ކުރުމާއި އެސެސްމަންޓް ރިޕޯޓް ތައްޔާރު ކުރުމުގެ މަސައްކަތް ކަމަށެވެ.

އެންޑީއެމްއޭއިން މިހެން ބުނެފައިވާއިރު، މި މަހުގެ ނުވަވަނަ ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި އެންމެންގެ ހަށިގަނޑުތައް އެ މީހުންގެ ގައުމުތަކަށް ފޮނުވާލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި 10 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން 8 މީހުން އިންޑިއާއަށް ނިސްބަތްވާއިރު ދެ މީހުން ނިސްބަތް ވަނީ ބަންގްލަދޭޝްއަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

22 މެއި 2017

ކޮޅިގަނޑުގައި މާލޭގެ ގެއެއްގެ ފުރާޅަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

22 މެއި 2017
ކޮޅިގަނޑުގައި މާލޭގެ ގެއެއްގެ ފުރާޅަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ
18 މެއި 2017

ނަޑެއްލާގެ ބޮޑުބައެއްގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް

18 މެއި 2017
ނަޑެއްލާގެ ބޮޑުބައެއްގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް
17 މެއި 2017

އައްޑޫއަށް ނަގޫ ރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

17 މެއި 2017
އައްޑޫއަށް ނަގޫ ރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ
24 އެޕްރީލު 2017

ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އޮތް އިމާރާތްކުރުމުގެ ބިލް ތަސްދީގު ކުރައްވައިފި

24 އެޕްރީލު 2017
 ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އޮތް އިމާރާތްކުރުމުގެ ބިލް ތަސްދީގު ކުރައްވައިފި
22 އެޕްރީލު 2017

ލާމަރުކަޒީ ނިޒާމަށް ބޮޑެތި ލޮޅުންވަނީ ގެނެސްފަ: ރައީސް ނަޝީދު

22 އެޕްރީލު 2017
ލާމަރުކަޒީ ނިޒާމަށް ބޮޑެތި ލޮޅުންވަނީ ގެނެސްފަ: ރައީސް ނަޝީދު
21 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް