Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުޅުމާލެ ފެރީ ޚިދުމަތް

ހުޅުމާލޭ ފެރީ ތޮއްޖެހި، އެތަށް ސަތޭކަ ބަޔަކު ކިއުގައި!

25 ޖޫން 2017 | އާދީއްތަ 11:34

ތޮއްޖެހޭ ވަގުތުތަކުގައި ގަޑި އިރަކު 16 ފެރީ ދަތުރު ކުރޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 25 ޖޫން 2017 | އާދީއްތަ 11:34
ހުޅުމާލެ ފެރީ ކިއުގައި ތިބި ބައެއް މީހުން

ހުޅުމާލެ ފެރީ ކިއުގައި ތިބި ބައެއް މީހުން

ޢީދު ދުވަހުގެ ހަވީރު އެމްޓީސީސީ ހުޅުމާލެ ފެރީޓާމިނަލް ތޮއްޖެހި އެތަށް ބައެއް ހިންހަމަނުޖެހުން ފާޅުކޮށްފިއެވެ.

ޢީދު ދުވަހުގެ 02:30 ހުން ފެށިގެން އެތައް އިރެއް ވަންދެން ކިއުގައި ގިނަ ބަޔަކު ތިބެން ޖެހުނެވެ. ހުޅުމާލެއަށް ދިއުމަށް ގިނަ ބަޔަކު ކިއުގައި ޖެހިފައިވާ އިރު ދިވެހިންގެ އިތުރުން ގިނަ އަދަދެއްގެ ބިދޭސީންވެސް ވަނީ ހުޅުމާލެއަށް ދިއުމަށް އެ ސަރަޙައްދަށް ޖަމާވެފައެވެ.

Advertisement - newsAdvertisement

އަދި ކިއުގައި ގިނަ އިރުތަކެއް ވަންދެން ތިބެންޖެހުމުން، އެ ސަރަޙައްދުގައި ތިބި ދިވެހިންނާއި ބިދޭސީންވެސް ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ދިވެހިންނަށް ވުރެ ގިނައިން ބިދޭސީން ކިއުގައި ޖެހިފައިވާ އިރު އެމްޓީސީސީން މައުލޫމާތު ދިންގޮތުގައި ހުޅުމާލެއަށް ދަތުރުކުރާ މީހުން ގިނަވުމާއި ގުޅިގެން، އާދީއްތަ ދުވަހު، އެ ުންފުނިން ދަނީ ކޮންމެ 3 މިޓެޓަކާއި 5 މިނެޓަކާއި ދެމެދުގެ ވަގުތެއްގައި މާލެއިން ހުޅުމާލެއަށް ފުލް ކެޕޭސިޓީގައި ފެރީއެއް ފުރުވާލަމުންނެވެ.

އެ ސަރަަޙައްދުގެ ކިއު މެނޭޖުކުރުމުގައި އެމްޓީސީސީގެ މުވައްޒަފުން ހަރަކާތްތެރިވާ އިރު، ބިދޭސީންނާއި ދިވެހީންނަށް ވަނީ ވަކިން ކިއުތަކެއް ހަދާފައެވެ. އެގޮތުން ދިވެހިންގެ ކިއު ގޭޓް ތިނެއްގައި ހަދާފައިވާއިރު ބިދޭސީންނަށް ޚާއްސަކޮށްފައިވަނީ ގޭޓް އެކަކާއި ދޭކެވެ.

ރާއްޖެއެމްވީއާ ވާހަކަދެއްކި އެމްޓީސީސީ މުވައްޒަފަކު ބުނީ، ބިދޭސީންނާއި ދިވެހީންނަށް ވަކިން ކިއު ހަމަޖައްސާފައިވަނީ، ތޮއްޖެހޭ ވަގުތުތަކުގައި، ބިދޭސީން މީހުން ކޮށްޕާ ހެދުމުގެ ސަބަބުން، މީހުން ފިތުމަށް މެދުވެރިވާތީކަމަށެވެ. އަދި ފެރީތަށް ދަތުރުކުރާ ވަރަކުން، ދިވެހިންނާއި ބިދޭސީންނަށްވެސް ފެރީން ފުރުސަތު ދެމުންދާ ކަމަށް އޭނާ ބުންޏެވެ.

އެމްޓީސީސީގެ ޓްރާންސްޕޯޓް ޑިޕާޓްމެންޓްގެ މެނޭޖަރ، މުހައްމަދު ޝާނީޒް ވިދާޅުވީ، ހުޅުމާލޭ ފެރީ ޓާމިނަލް ތޮއްޖެހުމަށް ދިމާވީ، އެއް ގަޑިއަކާ ދިމާކޮށް ގިނަ އަދަދެއްގެ ބިދޭސީން ހުޅުމާލެ ދިއުމަށް ޓަރމިނަލަށް ދިއުމުން ކަމަށެވެ. އެހެން ނަމަވެސް އެކަން ހައްލު ކުރުމަށްޓަކާއި ގިނަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށް ޝާނީޒް ވިދާޅުވިއެވެ.

ޝާނީޒް ވިދާޅުވީ، މެންދުރު 02:30 އިން ފެށިގެން ހަވީރުގެ ވަގުތުތަކުގައި ގަޑިއިރެއްގެ ތެރޭގައި 16 ފެރީއިން މީހުން ހުޅުމާލެއަށް ގެންދަމުންދާ ކަމަށާއި މިއީ ގަޑިއިރަކަށް ގާތްގަނޑަކަށް 2000 މީހުން ކަމަށެވެ. ޝާނީޒް ވިދާޅުވީ، ހުޅުމާލޭ ޓާމިނަލް ތޮއްޖެހޭ ވަގުތުތަކުގައި، އަބަދުވެސް ދެ ފެރީ ނެރުން ވަންނަން މަޑުކޮށްގެން އޮންނަން ޖެހޭ ކަމަށާއި، މިގޮތަކަށް ފެރީ ވަގުތުތަކަށް ބަދަލުގެންނަނީވެސް، ގިނަ ވަގުތު ކިއުގައި މީހުން ނުތިބެ، ހުޅުމާލެއަށް އަވަހަށް ދެވޭނެ އިންތިޒާމްތައް ހަމަޖައްސާދިނުމުގެ ގޮތުންނެެވެ.

ޝާނީޒް ވިދާޅުވީ ބިދޭސީ މީހުންގެ ކިއު ދިގުވެފައިވަނީ ދިވެހީންނަށްވުރެ ގިނައިން ބިދޭސީން ހުޅުމާލެއަށް ދާތީ ކަމަށާއި އެމީހުންނަށް ޚާއްސަ ކިއުއެއް ހަނދަން ޖެހުނީ، އޭގެ ތެރެއިން ބައެއް ފަރާތްތަކުން އަމަލުކުރަމުންދާ ގޮތުން ކަމަށެވެ.

"ބައެއް ފަހަރު ކުޑަކުދިން ގޮވައިގެން ތިބޭ މީހުން ކޮއްޕާ ހެދުމުގެ ސަބަބުން، އެ ސަރަަހައްދު ތަންކޮޅެއް ހަލަބޮލިވޭ. އެކަން ހައްލު ކުރުމަށް ކިއުތައް ހެދީ" ޝާނީޒް ވިދާޅުވިއެވެ.

ޢީދު ދުވަހާ ދިމާކޮށް، ގިނަ ބަޔަކު ހުޅުމާލޭ ފެރީ ކިއުގައި ޖެހިފައިވާ އިރު، ހަވީރު 03:00 ހާއިރު ސައިކަލްގެ ކިއުވެސް ވަރަށް ދިގެވެ. އެގޮތުން ސައިކަލްތަކަށް ހާއްސަ ކުރެވިފައިވާ ހިސާބުން ފެށިގެން ގޮސް، ބޮޑުތަކުރުފާނު މަގަށް ސައިކަލް ކިއު ދެމިގެން ގޮސްފައި އޮތެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

07 މާރިޗު 2017

ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން

07 މާރިޗު 2017
ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން
04 މާރިޗު 2017

ސަތޭކަ މެންބަރުން ވައްދައި ފޮނަދޫ ރައްޔިތުން މެމްބަރު އަދުރޭއަށް ރައްދު ދީފި

04 މާރިޗު 2017
ސަތޭކަ މެންބަރުން ވައްދައި ފޮނަދޫ ރައްޔިތުން މެމްބަރު އަދުރޭއަށް ރައްދު ދީފި
01 މާރިޗު 2017

ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ

01 މާރިޗު 2017
ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ
28 ފެބުރުއަރީ 2017

ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ

28 ފެބުރުއަރީ 2017
ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ
19 ފެބުރުއަރީ 2017

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި
18 ފެބުރުއަރީ 2017

ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

18 ފެބުރުއަރީ 2017
ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް