Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްގަތުމުގެ ކެޕޭސިޓީ އިތުރުކުރުން

މިހާރު ދުވާލަކަށް އިތުރު 200 ޓަނުގެ މަސް ގަނެވޭނެ: މިނިސްޓަރ

21 ނޮވެމްބަރު 2022 | ހޯމަ 18:29

ޖަޒީރާ ކަލެޓް ވެސަލް ގެނައުމުގެ ސަބަބުން މިހާރު އިތުރަށް މަސް ގަތުމުގެ އިންތިޒާމު ހަމަޖެހިފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 ނޮވެމްބަރު 2022 | ހޯމަ 18:29
ފިޝަރީޒް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން

ފިޝަރީޒް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން

މިހާރު ދުވާލަކަށް އިތުރު 200 ޓަނުގެ މަސް ގަނެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

ފާއިތުވި ހަތަރު އަހަރު ފިޝަރީޒް މިނިސްޓްރީން ހޯދާފައިވާ ކާމިޔާބީތަކާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޖަޒީރާ ކަލެޓް ވެސަލް ގެނައުމުގެ ސަބަބުން މިހާރު އިތުރަށް މަސް ގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށެވެ. މީގެއިތުރުން ކޫއްޑޫގައިވެސް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ މިސަރުކާރުން 290 ޓަނުގެ އައިސް އުފެއްދޭވަރުގެ އައިސް ޕްލާންޓް ރާއްޖޭގެ އެތަން މިތަނުގައި އަޅާފައިވާކަމަށެވެ. އެހެންކަމުން އައިސް ލިބުމުގެ މައްސަލައަށްވެސް ކުރިއާ އަޅާބަލާއިރު ހައްލުތަކެއް ގެނެސްދީފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގެ 200 ދޯނީގައި ލޮނުފެން ފިނިކޮށްގެން މަސް ފިނިކުރާނެ ނިޒާމު ގާއިމުކުރުމަށް މިހާރު އިއުލާންކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މަހުގެ އަގު މައްޗަށް ގެންދިޔުމުގައި މަހުގެ ކޮލިޓީ ރަނގަޅުކުރުމަކީ މުހިންމު ކަމަކަށްވާއިރު އެކަމުގެ އިންތިޒާމު ދޯނި ފަހަރުގައި ހަމަޖެއްސުމުގެ މަސައްކަތް މިސަރުކާރުން ކުރަމުންދާކަމަށެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2024

ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި

25 ޑިސެމްބަރު 2024
ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި
17 ސެޕްޓެމްބަރު 2024

ވަޅޯމަހުގެ އަގު އުފުލިއްޖެ

17 ސެޕްޓެމްބަރު 2024
ވަޅޯމަހުގެ އަގު އުފުލިއްޖެ
07 ޖޫން 2024

ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނު އެޅުން ހުއްދަކުރުމުން ކަންބޮޑުވުން ފާޅުކުރުމަށް އިހުތިޖާޖަށް ނިކުންނަނީ

07 ޖޫން 2024
ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނު އެޅުން ހުއްދަކުރުމުން ކަންބޮޑުވުން ފާޅުކުރުމަށް އިހުތިޖާޖަށް ނިކުންނަނީ
27 އޮކްޓޯބަރު 2023

ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓުތަކެއް ޖޫރިމަނާ ދެއްކުމުން އަނބުރާ ފޮނުވާލައިފި

27 އޮކްޓޯބަރު 2023
ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓުތަކެއް ޖޫރިމަނާ ދެއްކުމުން އަނބުރާ ފޮނުވާލައިފި
12 އޯގަސްޓު 2023

މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރުގައި ވީ.އެލް.ޑީ އޮކްޓޫބަރު މަހުގެ ކުރިން ހަރުކުރުމަށް ދަތިވާނަމަ އެކަން އެންގުމަށް އެދިއްޖެ

12 އޯގަސްޓު 2023
މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރުގައި ވީ.އެލް.ޑީ އޮކްޓޫބަރު މަހުގެ ކުރިން ހަރުކުރުމަށް ދަތިވާނަމަ އެކަން އެންގުމަށް އެދިއްޖެ
07 އޯގަސްޓު 2023

18 މީޓަރު ހަމަވާ އުޅަނދުތަކުގައި ވެސަލް ލޮކޭޓިންގ ޑިވައިސް ހަރުނުކުރާނަމަ، ލައިސަންސް ސަސްޕެންޑްކުރަނީ

07 އޯގަސްޓު 2023
18 މީޓަރު ހަމަވާ އުޅަނދުތަކުގައި ވެސަލް ލޮކޭޓިންގ ޑިވައިސް ހަރުނުކުރާނަމަ، ލައިސަންސް ސަސްޕެންޑްކުރަނީ
24 މެއި 2023

މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތަކަކީ މިނިސްޓްރީން އެއްކޮށް ބަލަހައްޓާ މައުލޫމާތެއް ނޫން - ފިޝަރީޒް މިނިސްޓްރީ

24 މެއި 2023
މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތަކަކީ މިނިސްޓްރީން އެއްކޮށް ބަލަހައްޓާ މައުލޫމާތެއް ނޫން - ފިޝަރީޒް މިނިސްޓްރީ
10 މެއި 2023

ތަމްރީނު ހޯދުމަށް ދިވެހި މަސްވެރިންގެ ޓީމެއް ޖަޕާނަށް

10 މެއި 2023
ތަމްރީނު ހޯދުމަށް ދިވެހި މަސްވެރިންގެ ޓީމެއް ޖަޕާނަށް
07 އެޕްރީލު 2023

ކާށި ލިބުން ދަތިވާތީ ރާއްޖެއަށް 5000 ރުއް އެތެރެކޮށްފި: ފިޝަރީޒް މިނިސްޓަރު

07 އެޕްރީލު 2023
ކާށި ލިބުން ދަތިވާތީ ރާއްޖެއަށް 5000 ރުއް އެތެރެކޮށްފި: ފިޝަރީޒް މިނިސްޓަރު
07 އެޕްރީލު 2023

ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ދިރާސާކުރުމުގެ ކުރިން ހުއްދަ ހޯދަން އެދިއްޖެ

07 އެޕްރީލު 2023
ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ދިރާސާކުރުމުގެ ކުރިން ހުއްދަ ހޯދަން އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް