Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިކުއެޓޯރިއަލް ގިނީގެ އިންތިޚާބު

އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ރައީސް އަދިވެސް ކުރިޔަށް

21 ނޮވެމްބަރު 2022 | ހޯމަ 10:33

ރައީސް ޓިއޮޑޯރޯ އޮބިއާންގ ރައީސްކަން ކުރައްވާތާ 43 އަހަރު

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 21 ނޮވެމްބަރު 2022 | ހޯމަ 10:33
އީކުއެޓޯރިއަލް ގިނީގެ ރައީސް ޓިއޮޑޯރޯ އޮބިއާންގ

އީކުއެޓޯރިއަލް ގިނީގެ ރައީސް ޓިއޮޑޯރޯ އޮބިއާންގ | ސައުދީގެޒެޓް

ދުނިޔޭގައި މިހާތަނަށް އެންމެ ގިނަ ދުވަހު ރައީސްކަން ކުރެއްވުމުގެ ރިކޯޑް ގާއިމް ކުރައްވާފައިވާ، އީކުއެޓޯރިއަލް ގިނީގެ ރައީސް ޓިއޮޑޯރޯ އޮބިއާންގ އިތުރު ދައުރަކަށް ކުރިމަތިލައްވައިފިއެވެ. 20 ނޮވެމްބަރު ވީ އާދީއްތަ ދުވަހު އެ ގައުމުގެ އާންމު އިންތިޚާބު ބާއްވާފައިވާއިރު ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި މިފަހަރު ވެސް އިންތިޚާބު ކާމިޔާބު ކުރައްވާނީ ރައީސް އޮބިއާންގ އެވެ.

އާދީއްތަ ދުވަހުގެ އިންތިޚާބުގައި ވޯޓުލުމަށް ތިން ލައްކަ މީހުން ރަޖިސްޓްރީކޮށްފައިވެއެވެ.

ސެންޓްރަލް އެފްރިކާގެ ގައުމެއް ކަމަށްވާ އީކުއެޓޯރިއަލް ގިނީގެ ރައީސްކަން، ރައީސް ޓިއޮޑޯރޯ އޮބިއާންގ މިހާރު ވެސް 43 އަހަރު ކުރައްވާފައިވެއެވެ. ނަމަވެސް މިހާރު އުމުރުފުޅުން 80 އަހަރުގެ އޮބިއާންގގެ ވެރިކަމުގައި އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ނުހިތޭ ކަން މިއީ އާންމު އަޑެކެވެ. ސަރުކާރާ އިދިކޮޅު ފަރާތްތަކަށް އަނިޔާކުރުމާއި ގެއްލުވާލުމުގެ ރިޕޯޓުތައް އާންމުކޮން ލިބެމުންދެއެވެ. އަދި ވެރިކަން ކުރައްވަނީ ޚުދްމުޚްތާރު ގޮތަކަށް ކަމަށް ޚަބަރުތައް ބުނެއެވެ.

އާދީއްތަ ދުވަހުގެ އިންތިޚާބުގައި ވެސް ބައެއް އިދިކޮޅު ފަރާތްތަކުން ވާދަ ކުރިނަމަވެސް އެފަރާތްތަކަށް ކާމިޔާބުވުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް އެނަލިސްޓުންނާއި ހަވާލާދީ ލިބޭ ޚަބަރުތައް ބުނެއެވެ.

ރައީސް އޮބިއާންގ ވެރިކަމަށް ވަޑައިގެންނެވީ 1979 ވަނަ އަހަރު ގެނެވުނު މިލިޓަރީ އިންގިލާބަކުންނެވެ. އެއަށްފަހު ވެސް އެ ގައުމުގައި އެފަދަ އިންގިލާބުތައް ގެންނަން މަސައްކަތް ކުރެވުނު ނަމަވެސް ރައީސް އޮބިއާންގގެ ވެރިކަން ވައްޓާލެވިފައެއް ނުވެއެވެ.

ސްޕެނިޝް ގިނީގެ ގޮތުގައި ކުރިން އޮތް އިކުއެޓޯރިއަލް ގިނީއަށް މިނިވަންކަން ލިބިފައިވަނީ 1968 ގައެވެ. ރައީސް އޮބިއާންގގެ ކުރިން ރައީސްކަން ކުރައްވާފައިވަނީ އެންމެ ބޭފުޅެކެވެ. އެއީ އޮބިއާންގގެ ބޮޑުބޭބޭފުޅެވެ. ދެ ރައީސުންނަކީ ވެސް އިންސާނީ ހައްގުތަކަށް އިޙުތިރާމު ނުކުރައްވާ، އަނިޔާވެރިކަމުގެ ގޮތުން މުޅި އެފްރިކާގައި ވެސް އެފަދައެއްނުވާ ފަދަ ދެ ބޭފުޅުންކަމަށް ވަނީ ލޭބަލްވެފައެވެ.

އީކުއެޓޯރިއަލް ގިނީގައި ގިނައަދަދަކަށް ތެލުގެ ރިޒަރވް ހުރިކަން 1996 ގައި ހާމަވެފައި ވީ ނަމަވެސް 1.4 މިލިއަން މީހުންގެ އާބާދީ އަށް އެކަމުން މާބޮޑު ފައިދާއެއް ނުކުރެއެވެ. އެގައުމުގައި ފަގީރުކަން އަދިވެސް ވަރަށް ބޮޑަށް އާންމުވެފައި އޮތްއިރު، ސަރުކާރުން ފަގީރުކަން ބޭނުން ކުރަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށް އެނަލިސްޓުން ބުނެއެވެ.

ސެންޓްރަލް އެފްރިކަން ރިޕަބްލިކް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

06 މާރިޗު 2021

ރައްޔިތުންގެ ގޮހޮރާއި ކުޅެގަތީމާ ގެއްލުނީ ވެރިކަމެވެ.

06 މާރިޗު 2021
ރައްޔިތުންގެ ގޮހޮރާއި ކުޅެގަތީމާ ގެއްލުނީ ވެރިކަމެވެ.
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
24 ޖެނުއަރީ 2017

އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި

24 ޖެނުއަރީ 2017
އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
12 ޖެނުއަރީ 2017

ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު

12 ޖެނުއަރީ 2017
ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް