Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމެލޭޝިޔާގެ އިންތިޚާބް

މެލޭޝިޔާގައި ބޭއްވުނު އާންމު އިންތިޚާބުގައި އެއްވެސް ބަޔަކަށް މެޖޯރިޓީ ނުލިބުނު

21 ނޮވެމްބަރު 2022 | ހޯމަ 08:04

މަހާތިރު އަށް މިފަހަރު ވޯޓުގެ 8 ޕަސެންޓް ވެސް ކާމިޔާބު ކުރެއްވިފައެއް ނުވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 21 ނޮވެމްބަރު 2022 | ހޯމަ 08:04
މަހާތިރު މުހައްމަދު

މަހާތިރު މުހައްމަދު

މެލޭޝިޔާގައި ހޮނިހިރު ދުވަހު ބޭއްވުނު އާންމު އިންތިޚާބްގައި އެއްވެސް ބަޔަކަށް އަޤުލަބިއްޔަތު ނުލިބުނެވެ. އެންމެ ގިނަ ވޯޓު ލިބުނީ އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމް އަށެވެ. ނަމަވެސް އޭނާގެ ޕަކަތަން ހަރަޕަން އެލަޔަންސްއަށް ވެސް މެޖޯރިޓީ ލިބުމާ ގާތަށް ވެސް އާދެވިފައެއް ނުވެއެވެ.

އިސްމާއިލް ސަބްރީ ޔާގޫބް އިސްވެ ހުންނެވި ވެރިކަންކުރާ ކޮއެލިޝަން އަށް ވެސް ދުވަހަކު ނުވާވަރު ބައްޔަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. ވެރިކަންކުރާ ކޮއެލިޝަން އިން ކުރިމަތިލި 178 ގޮޑީގެ ތެރއިން ކާމިޔާބު ކުރެވިފައިވަނީ އެންމެ 30 ގޮޑިއެވެ.

ކުރީގެ ބޮޑުވަޒީރު މަހާތިރު މުހައްމަދު ވެސް ކުރިމަތިލެއްވި ގޮނޑި ކާމިޔާބެއް ނުކުރެއްވުނެވެ. މިއީ ފާއިތުވި 53 އަހަރުގެ ތެރޭ މަހާތިރު އިންތިޚާބަކުން ބަލިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މިފަހަރުގެ ވޯޓުގައި ވާދަ ކުރެއްވި ދާއިރާއިން 8 އިންސައްތަ ވޯޓު ވެސް ލިބިވަޑައިގެންފައެއް ނުވެއެވެ.

އުމުރުފުޅުން 97 އަހަރުގެ މަހާތިރު މެލޭޝިޔާގެ ސިޔާސީ މައިދާނުގައި އިސްދައުރެއް އަދާކުރައްވަމުން ގެންދަވާތާ ސާޅީހަކަށް އަހަރު ވެދާނެއެވެ.  

1981ވަނަ އަހަރުން 2003 ވަނަ އަހަރަށް ފުރަތަމަ ފަހަރަށް ބޮޑުވަޒީރުކަން ކުރައްވާފައިވެއެވެ. އެއާއެކު އަށްޑިހައިގެ އަހަރުތަކުން ފެށިގެން މެލޭޝިޔާއަށް އަންނަމުން އައި އިގްތިސާދީ ކުރި އެރުން އައީ މަހާތިރުގެ މޭސްތިރިކަމުގެ ދަށުގައި ކަމަށް ގިނަބަޔަކު ގަބޫލު ކުރިއެވެ.

މަހާތިރު މިފަހަރު ވާދަ ކުރައްވާފައިވަނީ ރިސޯޓް ޖަޒީރާއެއްކަމަށްވާ ލަންގކާވީ އިންނެވެ. ނަމަވެސް ބެހެއްޓެވި ޑިޕޮސިޓް އަބުރާ ލިބޭވަރަށް ވެސް ވޯޓު ލިބިވަޑައިގެންފައެއް ނުވެއެވެ. 2018 ވަނަ އަހަރު ހަމަ އެ ދާއިރާއިން ކުރިމަތިލައްވާ ބޮޑު އަޤުލަބިއްޔަތަކުން ކާމިޔާބު ކުރެއްވި އެވެ. އަދި އުމުރުފުޅުން 93 އަހަރުފުޅުގައި ދެވަނަ ފަހަރަށް ބޮޑުވަޒީރުކަމަށް ވަޑައިގެންނެވިއެވެ.   

މިފަހަރުގެ އިންތިޚާބްގައި މަހާތިރުގެ ޕާޓީ އަށް އެންމެ ގޮނޑިއެއް ވެސް ކާމިޔާބު ނުކުރެވެއެވެ. އެއާއެކު މަހާތިރުގެ ސިޔާސީ ކެރިއަރު ނިމުމަކަށް ގެންނަވާނެކަމަށް ދަނީ ބެލެމުންނެވެ.

ދުނިޔެމެލޭޝިއާގެ އިދިކޮޅު ލީޑަރު ޑރ. މަހާތީރު މުޙައްމަދު

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

07 ޖުލައި 2024

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟
02 ޖުލައި 2024

ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

02 ޖުލައި 2024
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!
25 ޖޫން 2024

މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

25 ޖޫން 2024
މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟
22 ޖޫން 2024

ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

22 ޖޫން 2024
ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟
22 ޖޫން 2024

ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

22 ޖޫން 2024
ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟
19 މެއި 2024

އިޒްރޭލުން ހިތުހުރި ގޮތަކަށް ފަލަސްތީނުގެ ރައްޔިތުން މަރަމުން ދާއިރު އިސްލާމީ ގައުމު ތަކުގެ ވެރިން ކޮބާ؟

19 މެއި 2024
އިޒްރޭލުން ހިތުހުރި ގޮތަކަށް ފަލަސްތީނުގެ ރައްޔިތުން މަރަމުން ދާއިރު އިސްލާމީ ގައުމު ތަކުގެ ވެރިން ކޮބާ؟
18 މެއި 2024

އިންޑިއާގެ ބޮޑުވަޒީރު ކަމުގެ ތިންވަނަ ދައުރަކަށް މޯދީ ކުރައްވާ އުއްމީދު ހަގީގަތަކަށް ވެދާނެބާ؟

18 މެއި 2024
އިންޑިއާގެ ބޮޑުވަޒީރު ކަމުގެ ތިންވަނަ ދައުރަކަށް މޯދީ ކުރައްވާ އުއްމީދު ހަގީގަތަކަށް ވެދާނެބާ؟
16 މެއި 2024

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

16 މެއި 2024
ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
16 މެއި 2024

މުއްސަނދި ކަމުގެ ބާރު ގާނޫނަށްވުރެ މާ ގަދައެވެ

16 މެއި 2024
މުއްސަނދި ކަމުގެ ބާރު ގާނޫނަށްވުރެ މާ ގަދައެވެ
11 މެއި 2024

އިޒްރޭލް ސިފައިންނަށް ހަމާސް ހަނގުރާމަވެރިންގެ ހަމަލާތައް އިތުރުވެ ރަފާ ސިޓީގައި ހަނގުރާމަ ހޫނުވަނީ

11 މެއި 2024
އިޒްރޭލް ސިފައިންނަށް ހަމާސް ހަނގުރާމަވެރިންގެ ހަމަލާތައް އިތުރުވެ ރަފާ ސިޓީގައި ހަނގުރާމަ ހޫނުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް