Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޗައިނާ އާއި ރަޝިއާގެ ގުޅުން

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

ޗައިނާއިން ދެކޭ ގޮތުގައި ދުނިޔޭގައި އެމެރިކާއިން ލީޑް ނަގައިގެން ދަމަހައްޓާ ވޯލްޑް އޯޑަރަށް ބަދަލެއް ގެނެއުމުގައި މުހިންމު ރޯލެއް ކުޅެވޭނީ ރަޝިއާ އަށް

ރާއްޖެ އެމްވީ | 16 މެއި 2024 | ބުރާސްފަތި 14:52
ޔޫކްރައިން ހަނގުރާމަ ފެށުނު ފަހުން ޝީ ޖިންޕިންގް އަދި ލެޑްމިއަރ ޕުޓިންގެ ފުރަތަމަ ބައްދަލުވުމުގެ ތެރެއިން

ޔޫކްރައިން ހަނގުރާމަ ފެށުނު ފަހުން ޝީ ޖިންޕިންގް އަދި ލެޑްމިއަރ ޕުޓިންގެ ފުރަތަމަ ބައްދަލުވުމުގެ ތެރެއިން

ރަޝިޔާ އިން ޔޫކްރޭންގައި ހިންގާ ހަނގުރާމައާ ހެދި ރަޝިޔާ އާ ދެކޮޅަށް ދަތި ކުރުމުގެ އެތައް ފިޔަވަޅެއް ހުޅަނގުން އަޅާފައިވަނިކޮށް، ޗައިނާ ވެގެން ގޮސްފައި މިވަނީ ރަޝިޔާ އަށް އެންމެ ބޮޑު ސަޕޯޓެއް ދޭ ގައުމުގެ ގޮތުގައެވެ.

ޔޫކުރެއިން ހަނގުރާމައިގައި މުޅި ދުނިޔޭގެ ވިސްނުމާ ދެކޮޅަށް ޗައިނާ އިން ރަޝިޔާގެ އެކުވެރިއެއްގެ ގޮތުގައި ދައްކަމުން ދިއުމަކީ ދުނިޔޭގެ ނުރުހުން ޗައިނާއަށް އަމާޒު ވެގެން ދާނެ ކަމެކެވެ. ޗައިނާ އިން ޔޫކްރެއިން ހަނގުރާމަ ކުށްވެރިކޮށްފައެއް ނުވެއެވެ. އަނެއްކޮޅުން ރަޝިޔާގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިއަކީވެސް މިހާރު ޗައިނާއެވެ. އެހެން ކަމުން ރަޝިޔާގެ ހައްގުގައި ޗައިނާ އިން ހަގީގަތުގައިވެސް އެވަނީ ވަރަށް ބޮޑު ގުރުބާނެކެވެ.

މިފަދަ ގާތްކަން ޗައިނާ އިން ރަޝިއާ އަށް ދައްކަމުން ދާ އިރު، 5 ވަނަ ދައުރަކަށް ވެރިކަމާ ހަވާލުވެ ވަޑައިގެން ވިލަޑިމިއަރ ޕޫޓިން ވަޑައިގެންނެވި ފުރަތަމަ ގައުމު ކަމުގައި ޗައިނާ ހެއްދެވުމަކީ ހައިރާން ވާން ޖެހޭ ކަމެއް ނޫނެވެ.

ޗައިނާގެ މީޑިއާ އާ މުޚާތަބް ކުރައްވާ ރަޝިއާގެ ރައީސް ވިދާޅުވީ މިއީ ދެ ގައުމުގެ ގުޅުން މިހާތަނަށް އެންމެ މައްޗަށް ދިޔަ ދަނޑިވަޅުގައި ކުރައްވާ ދަތުރުފުޅެއް ކަމުގައެވެ. ރަޝިއާ އާއި ޗައިނާގެ ގާތްކަން ހާމަކޮށްދެއްވަމުން ޕޫޓިން ވިދާޅުވީ ޗައިނާގެ މާރޝަލް އާޓްސް އާ ފިލޯސަފީ އަކީ އެމަނިކުފާނު ވަރަށް ޝައުގުވެރިވެ ވަޑައިގަންނަވާ އެއްޗެހި ކަމުގައެވެ. އަދި އެމަނިކުފާނުގެ އާއިލާގެ ބައެއް މެމްބަރުން ޗައިނާ ބަސް ދަސްކުރަމުންދާ ކަމަށްވެސް ޕޫޓިން ވިދާޅުވިއެވެ.

ޕޫޓިން ޗައިނާގެ މެހުމާންދާރީގައި ދެ ދުވަހުގެ ދަތުރުފުޅެއްގައި ޗައިނާގައި އުޅުއްވަމުން ގެންދަވާއިރު ރަޝިއާ އެކު ބަދަހި ވަމުންދާ ގުޅުމަކީ ޗައިނާ އަށް މުޅިން ބޮލަށް ފަސޭހަވާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ނުދެކެއެވެ.

އެއީ މި ގުޅުމަށް ހުރަސް އެޅުމަށް ކެތް މަދުވެފައިވާ ހުޅަނގުގެ ގައުމުތަކުގެ ލޯ ޗައިނާ އަށް އަމާޒުވެފައި ވާތީއެވެ. މިހާރުވެސް އެކަމުގެ ނިޝާންތައް ފެންނަން ފަށައިފިއެވެ. މޮސްކޯ އާއެކު ގުޅުން އޮންނަ ބެއިޖިންގ އާއި ހޮންކޮންގ ގެ ބޭންކުތަކަށް އެމެރިކާއިން ފިޔަވަޅު އަޅަން ދާދި މިދާކަށް ދުވަހު ނިންމި ނިންމުމަކީ ޗައިނާ އިން ކަންބޮޑުވާނެ ކަމެކެވެ. އެމެރިކާއިން ދެކޭ ގޮތުގައި ރަޝިޔާ އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކެން ރަޝިއާ އިން ބޭނުން ކުރަނީ ޗައިނާ އަދި ހޮންކޮންގގެ ބޭންކުތަކެވެ.

ޔޫކްރެއިން ހަނގުރާމަ އަށް ޗައިނާ އިން ރަޝިއާ އަށް ހަތިޔާރު ނުވިއްކާކަން އެމެރިކާ އަށްވެސް ވިލާތައްވެސް އެނގެއެވެ. އެހެން ނަމަވެސް އެމެރިކާ އާއި ވިލާތުގެ ކަންބޮޑުވުމަކީ ޗައިނާ އިން ރަޝިއާ އަށް ވިއްކާ ޓެކްނޮލޮޖީ އާއި ހަނގުރާމަ އަށް މުހިންމު ވަކިވަކި އެއްޗެހީގެ މައްސަލައެވެ. މިއީ ޗައިނާއިން ރަޝިއާ އަށް ހަނގުރާމައިގެ އެހީތެރިކަން ދިނުން ކަމުގައި އެފަރާތްތަކުން ދެކެއެވެ.

ފިނި ހަނގުރާމައިގެ ފަހުން ވިލާތުގެ ގައުމުތަކަށް ކުރިމަތިވި އެންމެ ބޮޑު ސަލާމަތީ ގޮން ޖެހުމަކީ ޔޫކްރެއިން ހަނގުރާމަ ކަމަށް ވިލާތުން ދެކެއެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކަން ސިފަކުރައްވާ ގޮތުގައި މި ބޮޑު ނުރައްކަލަށް ތެޔޮ އަޅާ ގައުމަކީ ޗައިނާއެވެ.

އެހެން ކަމުން ވިލާތާއި އެމެރިކާއިން ދެކޭ ގޮތުގައި ޗައިނާއިން ވަނީ މިހާރު ރަތް ރޮނގު ހުރަސްކޮށްފައެވެ. އެކަމަކު ޗައިނާ އިން ބުނަނީ ޔޫކުރެއިން ހަނގުރާމައިގައި ޗައިނާ އިން ގެންގުޅެނީ ވަކި ފަރާތަކަށް ނުޖެހުމުގެ ސިޔާސަތު ކަމަށެވެ.

ޗައިނާ އިން ބުނަނީ ވިޔަފާރި މުދާ ރަޝިއާއަށް ވިއްކުމަކީ ހަނގުރާމައާ ބެހޭ ކަމެއް ނޫން ކަމުގައެވެ.

މިކަން މިގޮތައް ޗައިނާ އިން ދުށް ނަމަވެސް ހަނގުރާމައާ ދެކޮޅަށް ޗައިނާ އިން ރަޝިއާ އަށް ޕްރެޝަރ ކުރަން ގޮވާލާ އަޑުތައް ދަނީ އިތުރުވަމުންނެވެ.

ޗައިނާއިން ދެކޭ ގޮތުގައި ދުނިޔޭގައި އެމެރިކާއިން ލީޑް ނަގައިގެން ދަމަހައްޓާ ވޯލްޑް އޯޑަރަށް ބަދަލެއް ގެނެއުމުގައި މުހިންމު ރޯލެއް ކުޅެވޭނީ ރަޝިއާ އަށެވެ. އެހެންވެ ރަޝިއާ އާ އެކު ގުޅުން ބަދަހި ކުރުމަކީ ޗައިނާގެ ސިޔާސަތަށް ލިބޭ ކުރިއެރުމެކެވެ.

އެ ގުޅުމުގެ ފައިދާ ޗައިނާއަށް ކުރާ މިންވަރުވެސް ކުޑައެއް ނޫނެވެ. ވިޔަފާރީގެ ގުޅުން އެދަނީ އަހަރަކުން އަހަރަކުން ފުޅާވަމުން ނެވެ. ރަޝިއާ އިން އަގުހެޔޮ ކޮށް ތެލާއި ގޭސް ޗައިނާއަށް ލިބޭ ގޮތް ވެފައިވުމީ ޗައިނާ އަށް ހުރި ބޮޑެތި ފައިދާތަކެވެ.

ޗައިނާ އިން ރަޝިއާ އާ ބައިވެރިވެގެން އުޅުމުގައި، ހުޅަނގުގެ ބާރު ކަނޑުވާލުމަށް ރަޝިއާ އިން ގެންގުޅޭ ވިސްނުމަށް ޗައިނާ އިން ތާއީދު ކުރި ކަމުގައި ވިޔަސް ރަޝިއާ އިން ކުރާ ކޮންމެ ކަމަކަށް ޗައިނާ އިން ހިފެހެއްޓުމެއް ނެތި ތާއީދު ކުރުމަކީ ޗައިނާ އަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ދާދި ފަހުން ޗައިނާގެ ރައީސް ޔޫރަޕަށް ކުރެއްވި ދަތުރުފުޅުގައި ޔޫކްރެއިން ހަނގުރާމަ އާ ގުޅޭ ގޮތުން ވިދާޅުވީ، ޗައިނާއަކީ އެ ހަނގުރާމަ އުފެއްދި ފަރާތް ނޫން ކަމުގައެވެ. އަދި ހަނގުރާމައިގެ ބައިވެރިއެއްވެސް ނޫން ކަމުގައެވެ. ރައީސް ޝީ ޗައިނާ ރައްޔިތުނަށް ވެސް މި ހަނގުރާމަ އާ ގުޅޭ ގޮތުން ވިދާޅުވާ އެއްޗަކީ މިއީއެވެ.

ވަކި ފަރާތަކަށް ޗައިނާ އިން ނުޖެހޭ ކަމަށް ރައީސް ޝީ ވިދާޅުވި ނަމަވެސް ސަރުކާރުން ކޮންޓްރޯލް ކުރާ ޗައިނާގެ މީޑިއާ އިން ޔޫކްރެއިންއަށް ހަމްދަރުދީ ވެދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ސިޔާސީ ތަޖުރިބާކާރުން ދެކެއެވެ.

ޗައިނާ މީޑިއާ އިން ބުނާ ގޮތުގައި ރަޝިއާއިން ޔޫކްރެއިން އަށް އެރީ އެމެރިކާ އަޑީގައި އޮވެގެން ނޭޓޯ ފުޅާ ކުރަން އުޅޭ އުޅުން ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ. އެހެން ކަމުން ޗައިނާގެ މީޑިއާ އިން ދައްކަމުން ދަނީ ރަޝިއާ އިން ޔޫކްރެއިންނަށް އެރީ އެކަން އެގޮތައް ކުރަން ޖެހޭތީ ކަމުގައެވެ.

ޔޫކްރެއިން މައްސަލައިގައި ރައީސް ޝީ ޕީސް ކީޕަރެއްގެ ދައުރު އަދާކުރައްވަން ވެސް ބޭނުންފުޅު ވެއެވެ.

މި ދިޔަ މާޗް މަހު މޮސްކޯއަށް ކުރެއްވި ދަތުރުފުޅުގެ ދެތިން ދުވަސް ފަހުން ޔޫކްރެއިން ގެ ރައީސް ސާކޯޒީއާ ފޯނުން ގުޅުއްވާ ވިދާޅުވީ ޗައިނާ އަކީ އަބަދުވެސް ސުލްހައިގެ ފަޅީގައި އޮންނަ ގައުމެއް ކަމަށެވެ. މި ހަނގުރާމައިގައި ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރި ނުދިނުމަށް ޗައިނާ އިން އިސްވެ 12 ނުކުތާގެ މައްޗަށް އެކުލެވޭ ސުލްހައިގެ ޕްލޭނެއްވެސް އެކުލަވާލިއެވެ.

އަނެއްކާވެސް ޗައިނާ އާއި ރަޝިއާގެ އެންމެ މަތީ ލީޑަރުން ބެއިޖިންގ ގައި ބައްދަލު ކުރައްވާއިރު ދުނިޔޭގެ ސަމާލުކަން ހުއްޓޭނީ ޗައިނާ ރަޝިއާގެ ގުޅުމުގެ މައްޗަށެވެ. ރަޝިއާ-ޗައިނާގެ ބަދަހި ގުޅުމާ މެދު ހުޅަނގުން ކިތަންމެ ނުތަނަވަސް ވިޔަސް ހުޅަނގުން އުއްމީދު ކުރާ ފަދަ އައު ކަމެއް މި ދަތުރުފުޅާ ގުޅިގެން ހިނގާނެ ކަމަކަށް ސިޔާސީ މާހިރުން ނުދެކެއެވެ. އެއާ ޚިލާފަށް ރަޝިއާގެ ރައީސްގެ މި ދަތުރުފުޅުންވެސް އަދި ވެސް ޗައިނާ އާއި ރަޝިއާ ތިބޭތަން ފެންނަނީ ކޮނޑާ ކޮނޑު ޖައްސައިގެން ބަދަހި ގުޅުމެއްގެ ތެރޭގައިވާ ދެ ގައުމުގެ ގޮތުގައެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަރަޝިއާޗައިނާވްލަޑިމިއަރ ޕުޓިންޝީ ޖިންގޕިންދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު