Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފީފާ ވޯލްޑް ކަޕް

ޤުރުއާނުގެ ބަރަކާތުން މުބާރާތް ފަށައި، ޤަތަރުން ބަދަލުކޮށްލީ މުޅި ވޯލްޑް ކަޕްގެ ތާރީޚު

21 ނޮވެމްބަރު 2022 | ހޯމަ 07:37

ވޯލްޑް ކަޕްގެ 92 އަހަރުވީ ދިގު ތާރީޚުގައި މިއީ ޤުރުއާނުގެ ބަރަކާތުން މުބާރާތް ފެށި ފުރަތަމަ ފަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ނޮވެމްބަރު 2022 | ހޯމަ 07:37
ޤަތަރު ވޯލްޑް ކަޕް 2022 ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޤަތަރު ވޯލްޑް ކަޕް 2022 ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން | ރޮއިޓާސް

ޤަތަރުގައި އާދިއްތަ ދުވަހުގެ ރޭ ފެށި ފީފާ ވޯލްޑް ކަޕަކީ ޢަރަބި އިސްލާމީ ޤައުމެއްގައި ބާއްވާ ފުރަތަމަ ވޯލްޑް ކަޕެވެ.

ދުނިޔޭގެ ތަށްޓަަށް ކުޅޭ ޝަރަފުވެރި މުބާރާތް ޤަތަރުގައި ބޭއްވުމުގެ ފުރުސަތު އެ ޤައުމަށް ލިބުނީ 2010 ވަނަ އަހަރުއެެވެ. އޭގެ 12 އަހަރު ފަހުން ޤަތަރުގައި މުބާރާތް ކުޅެން ފަށާފައިވާއިރު، އެ ޤައުމުން ވަނީ މުޅި ދުނިޔެއަށް ނަމޫނާ ދައްކާފައެވެ. މުބާރާތް ބޭއްވުމަށްޓަކައި ޤަތަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހުނު އިރު އެ މީހުން ވަނީ އެކަން ވެސް ކޮށްފައެވެ. ޤަތަރުން ވަނީ ޓެކްނޮލޮޖީގައި އެމީހުން ކުރިއަރާފައިވާ މިންވަރު ވަރަށް ފުރިހަމަ އަށް ދައްކައިދީފައެވެ.

ޤަތަރުގައި މުބާރާތް ބޭއްވުމުގައި ގިނަ ގޮންޖެހުންތަކާ ވެސް ކުރިމަތިލާން ޖެހުނެއެވެ. ޤަތަރުން ވަނީ އެމީހުންނަކީ އިސްލާމީ ޤައުމަކަށްވާތީ، ދީނީ ގޮތުން ވަކި މިންގަނޑުތަކެއް ހިފަހައްޓަން ޖެހެނޭ ކަމަށް ބުނެފައެވެ. އެކަމަށް ޔޫރަޕުގެ ޤައުމުތަކުން ފާޑު ކީ ނަމަވެސް ޤަތަރުގެ މާ ބޮޑު ސަމާލުކަމެއް އެކަމަށް ނުދިނެއެވެ. އެންމެ ފަހުން ޤަތަރަކީ "މިސްޓޭކް" އެއް ކަަމަށް ފީފާގެ އޭރުގެ ރައީސް ވިދާޅުވުމުން އެ ވާހަކަތަކަށް ވެސް ޤަތަރުން ދިނީ ބީރު ކަންފަތެކެވެ.

ޤަތަރު ބޮއިކަޓް ކުރުމާއި، މިއަހަރުގެ ވޯލްޑް ކަޕް ވެސް ބޮއިކަޓް ކުރުމަށް ޔޫރަޕުން ގޮވާލަމުން ދަނިކޮށް ޤަތަރުގެ ދިފާއުގައި ތެދުވީ ފީފާގެ ރައީސްއެވެ. އިންފަންޓީނޯ އަށް އޭނާގެ ރުޅިގަނޑު ކޮންޓްރޯލު ނުކުރެވި ޔޫރަޕުގެ ޤައުމުތަކަށް ބަހުގެ ހަމަލާތައް ފޮނުވާލީ ފުލުފުލުންނެވެ. އިންފަންޓީނޯ ބުނީ މީގެ ކުރީގެ މުބާރާތްތަކުގައި ވެސް ބައެއް ކަންކަން މަނާ ކުރި ކަމަށާއި، އޭރު އެއްވެސް މީހަކު އެ ވާހަކަ ނުދެއްކި ކަމަށެވެ. ނަމަވެސް ޤަތަރުން ހަމަ އެ ކަންކަން މަނާކުރުމުން އެ ވާހަކަ ދައްކަނީ އެއީ އިސްލާމީ ޤައުމަކުން ކުރާ ކަމަކަށް ވަތީ ކަމަށް އޭނާ ވިދާޅުވިއެެވެ.

ޤަތަރުގައި މުބާރާތް ކުރިއަށް ދާއިރު ސްޓޭޑިއަމްތަކުގައި ބަނގުރާ ބޭނުމެއް ނުކުރެވޭނެއެވެ. އެއް ޖިންސުން ގުޅުން ހިންގުން ޕްރޮމޯޓުވާ އެއްވެސް ކަމެއް ނުކުރެވޭނެއެވެ. އެކަހަލަ ކަމެއް ކުރާ މީހަކު ހައްޔަރުކުރަން ފަސްނުޖެހޭނެ ކަމަށް ޤަތަރުން ވަނީ އަންގާފައެވެ. މީގެ އިތުރުން މާތްވެގެންވާ އިސްލާމްދީނާ ޚިލާފު ކަންކަން ކުރުމަށް ޤަތަރުން ޖާގައެއް ނުދޭނެ ކަމަށް ވެސް ޤަތަރުން ވަނީ އަންގާފައެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތަށް ޤަތަރުން ތައްޔާރުވަމުން އައީ ވަރަށް ވެސް ފުރިހަމަ އަށެވެ. ދުނިޔޭގެ ތައްޓަށް ކުޅެވޭ އެންމެ ބޮޑު މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު ޤަތަރުން ފެށީ ކީރިތި ޤުރުއާނުގެ ބަރަކާތުންނެވެ. އެ އުފާވެރިކަމާއެކު ޤަތަރުން ބަދަލުކޮށްލީ މުޅި ވޯލްޑް ކަޕްގެ ތާރީޚެވެ. ވޯލްޑް ކަޕްގެ 92 އަހަރުވީ ދިގު ތާރީޚުގައި މިއީ ޤުރުއާނުގެ ބަރަކާތުން މުބާރާތް ފެށި ފުރަތަމަ ފަހަރެވެ. ދުނިޔޭގެ އެތައް ބިލިއަން މީހުން ބެލި މި ރަސްމިއްޔާތު ޤުުރުއާނުގެ ބަރަކާތުން ފަށައި، ޤަތަރުން ސާބިތުކޮށްދިނީ އެ މީހުންނަނީ "ކުޑަކަކޫ" ޖަހާނެ ބައެއް ނޫން ކަމެވެ.

އެކަމުގެ އިތުރުން ވެސް މުބާރާތް ފެށުމުގެ ކުލަގަދަ ރަސްމިއްޔާތުގައި ޤަތަރުން ވަނީ އެ މީހުންގެ ކުޅަދާނަ ކަމާއި، އިންސާނިއްޔަތު ކަމަށް އެ މީހުން އިސްކަން ދޭ މިންވަރާއި، ލޯބި ކުރާ މިންވަރު ދައްކުވާލާފައެވެ.

މުބާރާތާ ގުޅޭ ގޮތުން ފީފާގެ ރައީސް ވިދާޅުވީ މިއީ މިހާތަނަށް ބާއްވާނެ އެންމެ ފުރިހަމަ ވޯލްޑް ކަޕަށް ވާނެ ކަމަށެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022ގަތަރުކުޅިވަރު

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

22 ޖުލައި 2026

ގަތަރުގެ އައު ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި

22 ޖުލައި 2026
ގަތަރުގެ އައު ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި
20 ޖުލައި 2026

މަސްރަހު ފިނިކުރަން މެދުވެރިންގެ ފަރާތުން ހުށަހެޅުމެއް ވަނީ ލިބިފައި، އެމެރިކާގެ ޖަރީމާތަކަށް ބަދަލުހިފަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން: އީރާން

20 ޖުލައި 2026
މަސްރަހު ފިނިކުރަން މެދުވެރިންގެ ފަރާތުން ހުށަހެޅުމެއް ވަނީ ލިބިފައި، އެމެރިކާގެ ޖަރީމާތަކަށް ބަދަލުހިފަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން: އީރާން
17 ޖުލައި 2026

އުރުދުންގައި ހުރި އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކަށް ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން އީރާނުން ހަމަލާދީފި

17 ޖުލައި 2026
އުރުދުންގައި ހުރި އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކަށް ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން އީރާނުން ހަމަލާދީފި
14 ޖުލައި 2026

ޔޫރަޕްގެ އެއާލައިންތަކަށް ގަލްފް ސަރަހައްދުން ދަތުރު ނުކުރުމަށް އިންޒާރު ދީފި

14 ޖުލައި 2026
ޔޫރަޕްގެ އެއާލައިންތަކަށް ގަލްފް ސަރަހައްދުން ދަތުރު ނުކުރުމަށް އިންޒާރު ދީފި
14 ޖުލައި 2026

ރައީސް މުއިއްޒު ގަތަރުން މާލެ ވަޑައިގެންފި

14 ޖުލައި 2026
ރައީސް މުއިއްޒު ގަތަރުން މާލެ ވަޑައިގެންފި
13 ޖުލައި 2026

ރައީސް މުޢިއްޒު ގަތަރުގެ އަމީރާ ބައްދަލުކުރައްވައިފި

13 ޖުލައި 2026
ރައީސް މުޢިއްޒު ގަތަރުގެ އަމީރާ ބައްދަލުކުރައްވައިފި
13 ޖުލައި 2026

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި އެއް ދުވަހަށް ދިވެހި ދިދަ ބައިދަނޑިއަށް

13 ޖުލައި 2026
ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި އެއް ދުވަހަށް ދިވެހި ދިދަ ބައިދަނޑިއަށް
13 ޖުލައި 2026

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ދެންނެވުމަށް ރައީސް މުއިއްޒު ގަތަރަށް ފުރާވަޑައިގެންފި

13 ޖުލައި 2026
ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ދެންނެވުމަށް ރައީސް މުއިއްޒު ގަތަރަށް ފުރާވަޑައިގެންފި
13 ޖުލައި 2026

ޤަތަރުގެ ކުރީގެ އަމީރު ޙަމަދުގެ ޖަނާޒާ ބާއްވައިފި، ސަންދޯއްޕުޅު އުފުއްލެވީ ދަރިކަލުން އަދި މިހާރުގެ އަމީރު ޝައިޚް ތަމީމް

13 ޖުލައި 2026
ޤަތަރުގެ ކުރީގެ އަމީރު ޙަމަދުގެ ޖަނާޒާ ބާއްވައިފި، ސަންދޯއްޕުޅު އުފުއްލެވީ ދަރިކަލުން އަދި މިހާރުގެ އަމީރު ޝައިޚް ތަމީމް
12 ޖުލައި 2026

ގަތަރުގެ ކުރީގެ އަމީރު ޙަމަދު އަވަހާރަ ވުމާ ގުޅިގެން ރައީސް ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެ

12 ޖުލައި 2026
ގަތަރުގެ ކުރީގެ އަމީރު ޙަމަދު އަވަހާރަ ވުމާ ގުޅިގެން ރައީސް ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް