Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮޕް27 ސަމިޓް

މިއީ ކުރިއަށް އެޅުނު ފިޔަވަޅެއް ކަމަކަށް ނުބަލަން: އީޔޫގެ ކްލައިމެޓް ޗީފް

ކޮޕް27ގެ އެއްބަސްވުމަކީ ދުނިޔެ ސަލާމަތްކުރެވޭނެ ފަދަ އެއްބަސްވުމެއް ނޫން: އީޔޫ ކްލައިމެޓް ޗީފް

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2022 | އާދީއްތަ 08:47
އީޔޫ ކްލައިމެޓް ޗީފް ފްރޭންސް ޓިމަރމަންސް

އީޔޫ ކްލައިމެޓް ޗީފް ފްރޭންސް ޓިމަރމަންސް

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން މޫސުމީ ކާރިސާތައް ކުރިމަތިވާ ގައުމުތަކަށް އެހީވުމަށް ޚާއްސަ ފަންޑެއް ހުޅުވުމަށް ކޮޕް27 ސަމިޓުގެ ބައިވެރިން އެއްބަސްވި އެއްބަސްވުމަށް އީޔޫގެ ކްލައިމެޓް ޕޮލިސީ ޗީފް ފާޑު ވިދާޅުވެއްޖެއެވެ. ކޮޕް 27 ސަމިޓުގެ ނިންމުން އިއުލާން ކުރެވުމާ އެކު ބައްދަލުވުމާއި މުޚާތަބު ކުރައްވާ އީޔޫގެ ކްލައިމެޓް ޕޮލިސީ ޗީފް ފްރޭންސް ޓިމަރމަންސް ވިދާޅުވީ މޫސުމާ ބެހޭ ޕޮލިސީ އާ މޫސުމާބެހޭ ސައިންސް އާ ދެމެދު ވަރަށް ބޮޑު ފަރަގު އެބަހުރި ކަމަށެވެ. އަދި މިއެއްބަސްވެވުނު ޕްރޮގްރާމް އޮތް ގޮތުން ބައެއް ގައުމުތަކަށް ޒިންމާއިން ރެކިގަތުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް ވިދާޅުވިއެވެ.

މި ހިނގާ ދިހަ އަހަރަކީ ދުނިޔެ ސަލާމަތް ކުރެވޭނެ ނުވަތަ ނެތިކޮށްލާނެ ދިހަ އަހަރު ކަމަށާއި، ނަމަވެސް ކުރިމަތީގައި މިއޮތް އެއްބަސްވުމަކީ ދުނިޔެ ސަލާމަތް ކުރެވޭނެ ފަދަ އެއްބަސްވުމެއް ނޫން ކަމަށް ވިދާޅުވިއެވެ. އަދި ހުރިހާ ގައުމުތަކުން ވެސް މިއީ ހަގީގަތް ކަމަށް ގަބޫލު ކުރުމަށް ގޮވާލެއްވިއެވެ. ޓިމަރމަންސް ވިދާޅުވީ މޫސުމީ ކާރިސާ ހުއްޓުވުމަށް ވާންޖެހޭ ގުރުބާނީއާ މެދު ގިނަ ގައުމުތަކުން ޖެހިލުންވާ ކަމަށާއި އެކަމަށް ދާނެ ޚަރަދަށް ވެސް ތައްޔާރުނުވާކަމަށެވެ.

ދުނިޔޭގެ ހޫނުމިން މިއަދު ވަނީ 19 ވަނަ ގަރުނުގައި ހުރި ވަރަށް ވުރެ 1.1 ޑިގްރީ ސެންޓިގްރޭޑް މައްޗަށް ޖެހިފައެވެ. އަދި ޖައްވުހޫނުވުމަށް މެދުވެރިވާ ކާބަންޑައިއޮކްސައިޑް ގޭސް ދޫކުރެވޭ މިންވަރު ވެސް މިއަދުވަނީ 50 އިންސައްތަ އިތުރުވެފައެވެ. މައިގަނޑު ގޮތެއްގައި ޖައްވު ހޫނުވަނީ ތަރައްގީ ވެފައިވާ ގައުމުތަކުން އިންޖީނުގެތަކުގައި ފޮސިލް ފިއުލް އަންދަމުން ދިއުމުގެ ސަބަބުންނެވެ. ނަމަވެސް ޖައްވު ހޫނުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަޑު އުފުލި ރާޅު އެރުންފަދަ ކާރިސާތައް ކުރިމަތިވަނީ ފޮސިލް ފިއުލް އެއްވެސް ވަރަކަށް ނުއަންދާ ގައުމުތައް ކަމަށްވާ ދިވެހިރާއްޖެ ފަދަ ބިންތިރި ގައުމުތަކަށެވެ.

ދުނިޔޭގެ މޫސުން ކޮންޓްރޯލް ކުރުމަށް އެދެވޭ ގޮތުގައި މަސައްކަތް ނުކޮށްފި ނަމަ މިހާރު ވެސް އަންނަން ފަށާފައިވާ ގޮތަށް ހީޓްވޭވްތައް އައިސް، ޖަންގަލިތަކުގައި ރޯވުން އިތުރު ވެ، ކަނޑުގެ ލޮނުގަނޑު އުފުލި، ރާޅު އެރުމާއި ފެންބޮޑުވުން އިތުރުވެ، އިންސާނުންގެ ދިރިތިބުމަށް ނުރައްކާވުމުގެ އިތުރުން ބައެއް ބާވަތުގެ ޖަނަވާރާއި ގަސްގަހާގެހި ނެތި ދިއުމަކީ ވެސް އެކަށީގެންވާ ކަމެއްކަމަށް ބައްދަލުވުމުގައި މާހިރުން ހާމަކުރައްވާފައިވެއެވެ.     

ދުނިޔެކޮޕް-27 ސަމިޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

02 ޖުލައި 2024
މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

25 ޖޫން 2024
ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

22 ޖޫން 2024
ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

22 ޖޫން 2024

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު