Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދަނޑުވެރި ނަފާ ލޯނު

ފާއިތުވި ހަތަރު އަހަރު ދަނޑުވެރިންނަށް 6.88 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

ކުންފުނިތަކަށް މިހާތަނަށް ދޫކޮށްފައިވަނީ 3،520،820 ރުފިޔާގެ ލޯނު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2022 | އާދީއްތަ 08:04
ފީލްޑް އޮފިސަރުން ތަމްރީންކުރުމުގެ ޕްރޮގްރާމްގެ ބައިވެރިން

ފީލްޑް އޮފިސަރުން ތަމްރީންކުރުމުގެ ޕްރޮގްރާމްގެ ބައިވެރިން

ފާއިތުވި ހަތަރު އަހަރު ދަނޑުވެރިންނަށް ލޯނުގެ ގޮތުގައި 6.88 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ފިޝަރީސް، މެެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ބުނެފިއެވެ.

އެ މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުގައި ސަރުކާރުގެ ދަނޑުވެރި ނަފާ ލޯނު ޕްރޮގްރާމުގެ ދަށުން މިހާތަނަށް 25 ފަރާތަކަށް ލޯނު ވަނީ ދޫކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ތިން ކުންފުންޏަކާއި 20 ފިރިހެން ދަނޑުވެރިންނާއި ދެ އަންހެން ދަނޑުވެރިންނެވެ.

Advertisement - newsAdvertisement

މި ޕްރޮގްރާމުގެ ދަށުން ކުންފުނިތަކަށް މިހާތަނަށް ދޫކޮށްފައިވަނީ 3،520،820 (ތިން މިލިއަން ފަސް ލައްކަ ވިހި ހާސް އަށްސަތޭކަ ވިހި) ރުފިޔާގެ ލޯނެވެ. އަދި ފިރިހެން ދަނޑުވެރިންނަށް 3،216،909 (ތިން މިލިއަން ދެ ލައްކަ ސޯޅަ ހާސް ނުވަސަތޭކަ ނުވަ) ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު އަންހެން ދަނޑުވެރިންނަށް ދޫކޮށްފައިވަނީ 150،000 (އެއްލައްކަ ފަންސާސް ހާސް) ރުފިޔާގެ ލޯނެވެ.

ދަނޑުވެރި ނަފާ ލޯނުގެ ޕްރޮގްރާމުގެ ދަށުން ޖުމްލަ ދަނޑުވެރިންނަށް ދޫކޮށްފައިވާ ލޯނުގެ އަދަދު 6،887،729 (ހަ މިލިއަން އަށް ލައްކަ އައްޑިހަ ހަތް ހާސް ހަތްސަތޭކަ ނަވާވީސް) ރުފިޔާއަށް އަރައެވެ.

ދަނޑުވެރި ނަފާ ޕްރޮގްރާމުގެ ދަށުން ދެމުން އަންނަ ލޯނަކީ އެސްއެމްއީ ޑިވެލޮޕަމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްއެމްއީ ބޭންކް) މެދުވެރިކޮށް ދަނޑުވެރިންނަށް ހާއްސަކޮށްގެން ދެމުން އަންނަ ލޯނެކެވެ. މި ލޯނަށް އެންމެ ފުރަތަމަ ފުރުސަތު ހުޅުވާލީ 18 މާޗު 2019ގައެވެ.

މި ލޯނު ދިނުމުގައި ބަލަނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިކަމުގެ މަޝްރޫއުތަކަށެެވެ. އެގޮތުން އަރބަން އެގްރިކަލްޗަރާއި ޕްރޮޓެކްޓެޑް އެގްރިކަލްޗަރާއި ވަރޓިކަލް ގަރޑެނިންގ އާއި ޕޯލްޓްރީ ފާމިންގެ އިތުރުން ގަސް އުފައްދާ ނާސަރީތައް ޤާއިމްކުރުން ފަދަ ކަންކަން މީގެ ތެރޭގައި ހިމެނެއެވެ.

މި ލޯނަކީ ހަ އިންސައްތައިގެ އިންޓްރެސްޓް ރޭޓާއެކު ދޫކުރާ ލޯނެކެވެ. މި ލޯނަށް އެދޭ ފަރާތްތަކުގެ ތެރެއިން ކުންފުނިތަކަށާއި ވަކި ފަރުދުންނަށް ވެސް 75،000 ރުފިޔާއާއި ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް އެދި ހުށަހެޅޭނެއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރދަނޑުވެރިން

ކޮމެންޓް

އިތުރަށް ކިޔާލަން

ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި

ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި

25 ޑިސެމްބަރު 2024
ވަޅޯމަހުގެ އަގު އުފުލިއްޖެ

ވަޅޯމަހުގެ އަގު އުފުލިއްޖެ

17 ސެޕްޓެމްބަރު 2024
ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނު އެޅުން ހުއްދަކުރުމުން ކަންބޮޑުވުން ފާޅުކުރުމަށް އިހުތިޖާޖަށް ނިކުންނަނީ

ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނު އެޅުން ހުއްދަކުރުމުން ކަންބޮޑުވުން ފާޅުކުރުމަށް އިހުތިޖާޖަށް ނިކުންނަނީ

07 ޖޫން 2024
ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓުތަކެއް ޖޫރިމަނާ ދެއްކުމުން އަނބުރާ ފޮނުވާލައިފި

ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓުތަކެއް ޖޫރިމަނާ ދެއްކުމުން އަނބުރާ ފޮނުވާލައިފި

27 އޮކްޓޯބަރު 2023
މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރުގައި ވީ.އެލް.ޑީ އޮކްޓޫބަރު މަހުގެ ކުރިން ހަރުކުރުމަށް ދަތިވާނަމަ އެކަން އެންގުމަށް އެދިއްޖެ

މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރުގައި ވީ.އެލް.ޑީ އޮކްޓޫބަރު މަހުގެ ކުރިން ހަރުކުރުމަށް ދަތިވާނަމަ އެކަން އެންގުމަށް އެދިއްޖެ

12 އޯގަސްޓު 2023

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު