Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހަޔަރ އެޑިއުކޭޝަން މިނިސްޓަރު

ސްޓޫޑެންޓް ލޯނު މާފުކުރަން ތާއީދެއް ނުކުރަން، މާފު ކުރާނަމަ ދެމެހެއްޓެނިވި ގޮތެއްގައި އެކަން ނުކުރެވޭނެ: ހަޔަރ އެޑިއުކޭޝަން މިނިސްޓަރު

ރައީސް ވަނީ ކިޔަވަމުން ދަނިކޮށް މަރުވި ދަރިވަރުންތަކެއްގެ ލޯނު މާފުކޮށްދެއްވާފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 20 ނޮވެމްބަރު 2022 | އާދީއްތަ 07:08
ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން

ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން

ސްޓޫޑެންޓް ލޯނު މާފުކޮށްދިނުމަށް ތާއީދު ނުކުރައްވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ "ރާއްޖެޓީވީ" ގެ ފަށާއިރު ޕްރޮގްރާމަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ. ޕްރޮގްރާމުގައި މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ގިނަ ކަންކަން ކޮށްދީފައިވާ ކަމަށާއި އަދި ވެސް ބޭނުންވަނީ އެ ފަރާތްތަކަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް ކަމަށެވެ.

Advertisement - newsAdvertisement

މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް ދެމުން އަންނަ ލޯނާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ތަފާތު އެކި ހާލަތްތަކާ ގުޅިގެން ލޯނު އަނބުރާ ދައްކަން ދަތިވާ ދަރިވަރުން އެކަން މިނިސްޓްރީއާ ހިއްސާ ކުރާ ކަމަށެވެ. އެފަދަ ކުދިންނަށް ފަސޭހަ ކުރުމުގެ ގޮތުން ލޯނު ދައްކާ މުއްދަތު އިތުރުކޮށްދިނުން ފަދަ ލުއިތައް ހޯދައިދިނުމަށް އަބަދުވެސް މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަކަން ވެސް ފާހަގަކުރެއްވިއެވެ.

ސްޓޫޑެންޓު ލޯނު އަނބުރާ ދެއްކުމަށް ލުއިތަކެއް ހޯދައިދެވުނު ނަމަވެސް ލޯނު މާފުކޮށްދިނުމަކީ ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެކަމަށް ތާއީދު ނުކުރައްވަނީ މިފަދަ އެހީތަކަކީ ކުރިއަށް އޮތް ޖީލުތަކަށް ވެސް ފޯރުކޮށްދޭން ޖެހޭ އެހީތަކަކަށްވެފައި، ލޯނުތައް މާފު ކޮށްދޭނަމަ އެކަން ދެމެހެއްޓެނިވި ގޮތެއްގައި ނުކުރެވޭނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ބައެއް ހާލަތްތަކުގައި ލޯނު މާފު ކޮށްދިނުން ރަނގަޅުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެއީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައިވާ ބާރެއް ކަމަށާއި ކިޔަވަމުން ދަނިކޮށް މަރުވި ދެތިން ކުއްޖެއްގެ ލޯނު ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު މާފުކުރެއްވި ކަމަށެވެ. ނަމަވެސް އެއީ ތަފާތު ހާލަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ސްޓޫންޑެންޓް ލޯނު ދިނުމުގައި މީގެ ކުރިން އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި 5 އިންސައްތަ ނަގަމުން އައި ނަމަވެސް މި ސަރުކާރު އައިސް އެ އަދަދު އެއް އިންސައްތައަށް ބަދަލުކޮށްފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން އެކަމަށް އެދިފައިނުވާ ދަރިވަރުން ވެސް ވީހާވެސް އަވަހަށް އެކަމަށް އެދުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.

ސްޓޫޑެންޓް ލޯންހަޔަރ އެޑިއުކޭޝަން މިނިސްޓްރީމިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަން

އިތުރަށް ކިޔާލަން

30 އެޕްރީލު 2025

ދަރިވަރުންގެ ފައިސާ ޖަމާކުރުމަށް ލަސްވާ މައިގަނޑު ސަބަބަކީ އެކައުންޓުތަކުގެ މައުލޫމާތު ފުރިހަމަ ނުވާތީ: މިނިސްޓަރު ހައިދަރު

30 އެޕްރީލު 2025
ދަރިވަރުންގެ ފައިސާ ޖަމާކުރުމަށް ލަސްވާ މައިގަނޑު ސަބަބަކީ އެކައުންޓުތަކުގެ މައުލޫމާތު ފުރިހަމަ ނުވާތީ: މިނިސްޓަރު ހައިދަރު
03 އޮކްޓޯބަރު 2024

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި
03 އޮކްޓޯބަރު 2024

ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ

03 އޮކްޓޯބަރު 2024
ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ
19 ސެޕްޓެމްބަރު 2024

ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް

19 ސެޕްޓެމްބަރު 2024
ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް
07 ޖުލައި 2024

ބޭރުގައި ކިޔަވަން ތިބި ބައެއް ކުދިން ކާނެ ލާރި ވެސް ނެތިފައި، ފައިސާ ފޮނުވި ކަމަށް ބުނެ ސަރުކާރުން ހަދަނީ ދޮގު!

07 ޖުލައި 2024
ބޭރުގައި ކިޔަވަން ތިބި ބައެއް ކުދިން ކާނެ ލާރި ވެސް ނެތިފައި، ފައިސާ ފޮނުވި ކަމަށް ބުނެ ސަރުކާރުން ހަދަނީ ދޮގު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު