Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސީޖީއެމް ޝެފްސް އެވޯރޑް

މިއަދު، ދުނިޔޭގެ ފެންވަރުގެ ދިވެހި ކެއްކުންތެރިން އެބަތިބި: ރައީސް

މިއީ ފުރަތަމަ ފަހަރަށް ކަލިނަރީ ދާއިރާގެ ފަންނުވެރިންގެ އަގު ވަޒަންކުރެވިގެންދާ ފަހަރު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 19 ނޮވެމްބަރު 2022 | ހޮނިހިރު 16:53
ސީ.ޖީ.އެމް ޝެފްސް އެވޯރޑް ދިނުން

ސީ.ޖީ.އެމް ޝެފްސް އެވޯރޑް ދިނުން

މިއަދު, ދުނިޔޭގެ ފެންވަރުގެ ދިވެހި ކެއްކުންތެރިން އެބަތިބިކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ސީޖީއެމް ޝެފްސް އެވޯރޑުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ހަރަކާތްތައް ފާހަގަކުރުން ނިމިގެންދާއިރު، މިފަދަ އެވޯރޑް ހަފްލާއެއް ބޭއްވުމަކީ ޓޫރިޒަމާ ނުހަނު ގުޅުންހުރި ކަމެއްކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވަނީ، މިއީ ފަތުރުވެރިކަމުގެ ތާރީޚުގައި ޚާއްސަގޮތެއްގައި ފާހަގަ ކުރެވިގެންދާނެ ރެއެއްގެގޮތުގައި ސިފަ ކުރައްވާފައެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ، މިއީ ފުރަތަމަ ފަހަރަށް، ކަލިނަރީ ދާއިރާގެ ފަންނުވެރިންނަށް ޚާއްސަކޮށް އެ ފަރާތްތަކުގެ އަގުހުރި މަސައްކަތުގެ އަގު ވަޒަންކުރެވިގެންދާ ފަހަރުކަމަށެވެ.

ރައީސް ވަނީ އެކަމަށްޓަކައި ސީޖީއެމްއަށް ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން ސީޖީއެމްއަކީ ކަލިނަރީ ދާއިރާ ފުޅާ ކުރުމުގައި އިސް ދައުރެއް އަދާކުރާ ޖަމްއިއްޔާއެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ވޯރލްޑް ލީޑިންގ ޑެސްޓިނޭޝަން އެވޯރޑް ވިދިވިދިގެން 3 ފަހަރު ރާއްޖެއަށް ލިބި، އެ އެވޯރޑް މިލްކުކުރެވިފައިވާ ކަމަށާއި، މި ހުރިހާ ކާމިޔާބީއެއްގެ އެންމެ ބޮޑު އެއް ހިއްސާއެއް އަދާކުރާ އެއް ބަޔަކަށް ކަލިނަރީ ދާއިރާގެ ފަރާތްތައް ވާނެކަމަށެވެ.

އެ ފަރާތްތަކުން ފަރުދާގެ ފުރަގަހުގައި ކުރާ މަސައްކަތަކީ ފަތުރުވެރިކަމުގެ ދާއިރާގެ ކާމިޔާބީގެ އެއް ސިއްރު ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ފަތުރުވެރިކަން ފެށިގެން އައިއިރު އެ ގޮންޖެހުން އޮތް ކަމަށާއި، ނަމަވެސް މިއަދު ދުނިޔޭގެ ފެންވަރުގެ ދިވެހި ކެއްކުންތެރިން އެބަތިބި ކަމަށެވެ. އަދި ރިސޯޓުތަކުގެ ކަލިނަރީ ދާއިރާގެ އިސް ފަރާތްތަކުގެ ގޮތުގައިވެސް ދިވެހިން ތިބިކަން ފާހަގަ ކުރައްވައި ރައީސް ވަނީ، ފަތުރުވެރިކަން ފުޅާވަމުންދާ މިންވަރަށް ބަލާއިރު އަދިވެސް ދިވެހިންގެ އަދަދު ދަށްކަން ފާހަގަ ކުރައްވާފައެވެ.

ރައީސް ވިދާޅުވީ، މިއީ ޒުވާނުންނަށް ބަލާއިރުވެސް ނުހަނު މުހިއްމު ފަންނެއްކަމަށެވެ. އެގޮތުން، ދިވެހި ޒުވާނުން މި ދާއިރާއަށް ނުކުންނަ ވަަރަކަށް މި ފަންނު އިތުރަށް ފުޅާވެގެންދާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، ކެއްކުމަކީ މާ ފުޅާ ދާއިރާއެއްގައި ބަލަންޖެހޭ އެއްޗެއްގެ ގޮތުގައިވެސް ރައީސް ސިފަ ކުރެއްވިއެވެ. ރައީސް ވިދާޅުވިގޮތުގައި، ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ދިވެހި ފަތުރުވެރިކަމަށް އޮތް މަޤްބޫލުކަން އިތުރު ކުރުމަށްޓަކައިވެސް ދިވެހި ޒުވާނުން މި ދާއިރާއަށް ވަންނަންޖެހޭ ކަމަށެވެ.

ދިވެހިން މި ދާއިރާއިން ނުކުމެ، އީޖާދީ ކެއުންތައް ތައާރަފުކޮށްފިނަމަ، ބޭރުގެ ކެއުންތަކެކޭ އެއްގޮތަށް ދިވެހި ކެއުންތަކުގެ ވާހަކަވެސް ދެެއްކެން އޮންނާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދިވެހި ޝެފުންގެ އެފަދަ އިސްނެގުމަކަށް އިންތިޒާރުކުރައްވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ އެވޯޑު ހާސިލު ކުރެއްވި ފަރާތްތަކަށްވެސް މަރުހަބާ ވިދާޅުވެފައެވެ.

ސީޖީއެމް ޝެފްސް އެވޯރޑް ހަފްލާގައި ފަސްޓްލޭޑީ ފަޒްނާ އަހުމަދުގެ އިތުރުން، ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމާއި، ފަތުރުވެރިކަމުގެ ދާއިރާއާއި ކަލިނަރީ ދާއިރާގެ ފުންނާބުއުސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ޝެފް މަހާރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒުގެ ސަރުކާރުން އެންމެ ފުރަތަމަ ހަމަލާ ދީފައިވަނީ ނޫސްވެރިންނަށް: ރައީސް ސާލިހު

ރައީސް މުއިއްޒުގެ ސަރުކާރުން އެންމެ ފުރަތަމަ ހަމަލާ ދީފައިވަނީ ނޫސްވެރިންނަށް: ރައީސް ސާލިހު

10 ޑިސެމްބަރު 2024
ދިވެހި ޝެފް މަހާ ތައިލެންޑުގެ ވޯލްޑް ޖޫނިޔާ ޝެފް ޗެލެންޖް 2024ގައި ފަނޑިޔާރަކަށް

ދިވެހި ޝެފް މަހާ ތައިލެންޑުގެ ވޯލްޑް ޖޫނިޔާ ޝެފް ޗެލެންޖް 2024ގައި ފަނޑިޔާރަކަށް

29 އޯގަސްޓު 2024
އެމްޑީޕީއަށް 19 އަހަރު، ޕާޓީގެ ޙަރަކާތްތައް ޖުލައި މަހުން ފެށިގެން ފެނިގެން ދާނެ

އެމްޑީޕީއަށް 19 އަހަރު، ޕާޓީގެ ޙަރަކާތްތައް ޖުލައި މަހުން ފެށިގެން ފެނިގެން ދާނެ

26 ޖޫން 2024
ނަފްސާނީ ބަލީގެ ފަރުވާއަކީ އެންމެންނަށްވެސް ފަސޭހައިން ލިބޭ ފަރުވާއަކަށް ހަދަންޖެހޭ: ރައީސް

ނަފްސާނީ ބަލީގެ ފަރުވާއަކީ އެންމެންނަށްވެސް ފަސޭހައިން ލިބޭ ފަރުވާއަކަށް ހަދަންޖެހޭ: ރައީސް

10 އޮކްޓޯބަރު 2023
ހިނގަމުންދާ ވެރިކަމެއްގައި، އިންތިޚާބީ ރައީސަށް ތަޅު އެޅުވިދާނެތަ؟ - "ބަންޑާރަ ނައިބުގެ އޮފީހުގެ ސާފު ލަފައެއް އެބައޮތް"

ހިނގަމުންދާ ވެރިކަމެއްގައި، އިންތިޚާބީ ރައީސަށް ތަޅު އެޅުވިދާނެތަ؟ - "ބަންޑާރަ ނައިބުގެ އޮފީހުގެ ސާފު ލަފައެއް އެބައޮތް"

10 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު