Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕޮލެންޑަށް ވެއްޓުނު މިސައިލް

ޕޮލެންޑަށް އެރީ ޔޫކްރެއިންގެ މިސައިލެއް، އެކަމަކު ޒިންމާ ރަޝިއާއަށް؟

މިއީ ޔޫކްރެއިންގެ ވައިގެ ދިފާއީ މިސައިލްތަކެއްކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 17 ނޮވެމްބަރު 2022 | ބުރާސްފަތި 11:07
ޕޮލެންޑަށް މިސައިލް ވެއްޓުނު ސަރަހައްދު

ޕޮލެންޑަށް މިސައިލް ވެއްޓުނު ސަރަހައްދު

ނޮވެމްބަރ 15 ވަނަ ދުވަހު ޕޮލެންޑަށް އަމާޒުވީ ޔޫކްރައިންގެ ވައިގެ ދިފާއީ ނިޒާމުން ފޮނުވާލި މިސައިލް ހަމަލާއަކަށް ވެދާނެ ކަމަށާއި، ނަމަވެސް އެ ހަމަލާގެ ޒިންމާ އުފުލަންޖެހޭ ބަޔަކީ ރަޝިއާކަމަށް، އުތުރު އަސްކަރީ އިއްތިހާދު (ނޭޓޯ)ގެ ސެކްރެޓަރީ ޖެނެރަލް، ޖެންސް ސްޓޯލްޓަންބަރގް ވިދާޅުވެއްޖެއެވެ.

ޕޮލެންޑަށް އަމާޒުވީ ޔޫކްރެއިންގެ މިސައިލް ހަމަލާކަމުގައި ވީނަމަވެސް، އެ ހަމަލާގެ ޒިންމާ ރަޝިއާއިން އުފުލަންޖެހެނީ، އިސްވެ ހަނގުރާމަ ފެށި ބަޔަކީ ރަޝިއާ ކަމުގައި ވާތީކަމަށް ސްޓޯލްޓަންބަރގް ވިދާޅުވިއެވެ.

އަންގާރަ ދުވަހުގެ ހަމަލާ އަމާޒުވީ ޕޮލެންޑްގައި ގޮވާމުގެ މަސައްކަތް ކުރަމުން ދިޔަ ފެސިލިޓީއަކަށެވެ. އެ ހަމަލާގައި ޕޮލެންޑުން 2 މީހަކު މަރުވެފައިވާއިރު، އެ ހަމަލާ ވެގެން ދިޔައީ ޔޫކްރައިންގައި ރަޝިއާއިން ކުރަމުން ދާ ހަނގުރާމަ އަވައްޓެރި ގައުމުތަކަށްވެސް ފެތުރިގެން ހިނގައިދާނެކަމުގެ އިންޒާރުދެނިވި ރަނގަބީލަކަށެވެ.

ޕޮލެންޑަށް އަމާޒުވި ހަމަލާއަކީ ރަޝިއާގެ ހަމަލާއެއް ނޫންކަމަށް ބުނާ ޚަބަރުތައް ފެތުރިގެން ދިއުމާއެކު، ހިސާބަކަށް ޕްރެޝަރު ކުޑަވިއެވެ. ނަމަވެސް، ނޭޓޯގެ އެމްބެސެޑަރުންނާއެކު ކުރިއަށްގެންދެވި ކުއްލި ބައްދަލުވުމަކަށްފަހު ނޫސްވެރިންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ސްޓޯލްޓަންބަރގް ވިދާޅުވީ، ޒިންމާއިން ރަޝިއާ ބަރީއަނުވާކަމަށެވެ.

ސްޓޯލްޓަންބަރގް ވިދާޅުވީ އެ ހަމަލާއަކީ ޔޫކްރެއިން ހަނގުރާމައިގެ ނުރައްކާ އޮތް މިންވަރު އަންގައިދޭ ހާދިސާއެއް ކަމަށާއި، ނަމަވެސް، މެންބަރު ގައުމުތަކަށް ނުރައްކާ އޮތް މިންވަރުގެ އަންދާޒާތަކަށް ބަދަލު ގެނެސްފައި ނުވާނެކަމަށެވެ.

ވައިގެ ދިފާއަށް ބޭނުންކުރާ އިތުރު ނިޒާމުތައް ފޯރުކޮށްދިނުމަށް މެމްބަރު ގައުމުތަކުން ތައްޔާރަށް އޮތްކަން ފާހަގަކުރައްވައި، ސްޓޯލްޓަންބަރގް ވަނީ އެކަމަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ޕޮލެންޑްގައި ހިނގި ހާދިސާގެ މާނައަކީ، މެންބަރު ގައުމުތައް ހިމާޔަތް ކުރުމުގައި ނޭޓޯ ފެއިލްވުން ނޫންކަންވެސް ސްޓޯލްޓަންބަރގް ވަނީ ފާހަގަކުރައްވާފައެވެ.

ރަޝިއާގެ ރައީސް ވްލެޑްމީރް ޕޫޓިންގެ އަމުރުފުޅަކަށް އެ ގައުމުގެ އަސްކަރިއްޔާއިން ޚާއްސަ އޮޕަރޭޝަނެއްގެ ނަމުގައި، ފެބްރުއަރީ 24 ވަނަ ދުވަހު ޔޫކްރައިންއަށް އަރައި ފެށި ހަނގުރާމައަށް ސުލްހަވެރި ހައްލެއް ލިބިދާނެކަމުގެ އެއްވެސް ނިޝާނެއް އަދި ފެންނާކަށް ނެތެވެ. 8 މަހަށްވުރެ ގިނަ ދުވަހަށް ހަނގުރާމަ ދިގުލައި ގޮސްފައިވާއިރު، ސުލްހައިގެ މަޝްވަރާތަކަށް ރަޝިއާއިން އެދިފައި ނުވާކަމަށް، ޔޫކްރެއިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ ވަނީ ނޮވެމްބަރު 16 ވަނަ ދުވަހު ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

23 މެއި 2017

މެންޗެސްޓަރ އެރީނާ އަށް ދިން ހަމަލާއާ ގުޅިގެން "ހިތުގައި ޖެހިއްޖެ" ކަމަށް އާރިއާނާ ބުނެފި

23 މެއި 2017
މެންޗެސްޓަރ އެރީނާ އަށް ދިން ހަމަލާއާ ގުޅިގެން "ހިތުގައި ޖެހިއްޖެ" ކަމަށް އާރިއާނާ ބުނެފި
23 މެއި 2017

މެންޗެސްޓަރ އެރީނާގައި ދިން ހަމަލާގައި 19 މީހުންް މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ

23 މެއި 2017
މެންޗެސްޓަރ އެރީނާގައި ދިން ހަމަލާގައި 19 މީހުންް މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ
22 މެއި 2017

އުތުރުކޮރެއާއިން އާދީއްތަ ދުވަހު ޓެސްޓްކުރީ ބެލިސްޓިކް މިސައިލެއްކަން ކަށަވަރުކޮށްދީފި

22 މެއި 2017
އުތުރުކޮރެއާއިން އާދީއްތަ ދުވަހު ޓެސްޓްކުރީ ބެލިސްޓިކް މިސައިލެއްކަން ކަށަވަރުކޮށްދީފި
20 މެއި 2017

ސައުދީގެ ވެރިރަށާ 200 ކިލޯމީޓަރުން ހޫސީންގެ މިސައިލެއް ވައްޓާލައިފި

20 މެއި 2017
ސައުދީގެ ވެރިރަށާ 200 ކިލޯމީޓަރުން ހޫސީންގެ މިސައިލެއް ވައްޓާލައިފި
29 އެޕްރީލު 2017

އުތުރުކޮރެއާއިން ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފި

29 އެޕްރީލު 2017
އުތުރުކޮރެއާއިން ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފި
14 އެޕްރީލު 2017

ނޭޓޯގެ ފައުޖުތައް ރަޝިއާ ބޯޑަރުކައިރީ އޮތް ޕޮލެންޑަށް

14 އެޕްރީލު 2017
ނޭޓޯގެ ފައުޖުތައް ރަޝިއާ ބޯޑަރުކައިރީ އޮތް ޕޮލެންޑަށް
05 އެޕްރީލު 2017

އުތުރު ކޮރެއާ އިން ޖަޕާނު ކަނޑަށް މިސައިލެއް ފޮނުވާލައިފި

05 އެޕްރީލު 2017
އުތުރު ކޮރެއާ އިން ޖަޕާނު ކަނޑަށް މިސައިލެއް ފޮނުވާލައިފި
25 މާރިޗު 2017

މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

25 މާރިޗު 2017
މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް
22 މާރިޗު 2017

އުތުރު ކޮރެއާއިން ލޯންޗް ކުރަން އުޅުނު މިސައިލެއް ފެއިލްވެއްޖެ: ދެކުނު ކޮރެއާ

22 މާރިޗު 2017
އުތުރު ކޮރެއާއިން ލޯންޗް ކުރަން އުޅުނު މިސައިލެއް ފެއިލްވެއްޖެ: ދެކުނު ކޮރެއާ
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު