Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓްރަމްޕް-ޕުޓިން

ޓްރަމްޕް އާއި ޕުޓިން ގެ ބައްދަލުވުން ހުކުރު ދުވަހު

ޔޫކްރެއިންގެ ހަނގުރާމަ ނިންމުމަށް ޓްރަމްޕް އާއި ޕުޓިން 6 އަހަރަށްފަހު ބައްދަލުކުރައްވަނީ އެލަސްކާގެ ސިފައިންގެ މަރުކަޒެއްގައެވެ. ޒެލެންސްކީ މި މަޝްވަރާތަކުން އެކަހެރި ކުރެވިފައިވާއިރު، އޭނާގެ ބައިވެރިވުމެއްނެތި ނިންމޭ ނިންމުންތަކަކީ މަރުވެފައިވާ ނިންމުންތަކެއް ކަމަށް ވިދާޅުވެފައިވެއެވެ.

ރާއްޖެ އެމްވީ | 15 އޯގަސްޓު 2025 | ހުކުރު 01:51
ވްލަޑިމިއަރ ޕުޓިން އާއި ޑޮނަލްޑް ޓްރަމްޕް

ވްލަޑިމިއަރ ޕުޓިން އާއި ޑޮނަލްޑް ޓްރަމްޕް

އެމެރިކާ އާއި ރަޝިޔާގެ އިސް ވެރިން އެލާސްކާ ގައި ހުކުރު ދުވަހު ބައްދަލު ކުރައްވާނެއެވެ.

މިއީ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ވުލަޑިމިއަރ ޕުޓިން އާ ދެމެދު ބޭއްވޭ، ބައްދަލުވުމުގެ ނަތީޖާ އަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ބައްދަލުވުމެކެވެ.

މި ދެ ވެރިން އެންމެ ފަހުން ބައްދަލު ކުރައްވާފައި ވަނީ މީގެ 6 އަހަރު ކުރިންނެވެ. މި ބައްދަލުވުމުގައި ޓްރަމްޕް މަސައްކަތް ކުރައްވާނީ އޭނާގެ އިންތިޚާބީ ވައުދެއް ކަމުގައިވާ ޔޫކްރެއިން ގައި ހިނގަމުންދާ ރަޝިޔާގެ ހަނގުރާމަ ނިމުމަކަށް ގެންނެވުމަށް ކަމަށް ރިޕޯޓު ތައް ބުނެއެވެ.

ދުނިޔޭގެ ސުލްހަވެރިކަން ގެނެސްދޭ ފަރާތެއްގެ ގޮތުގައި އަމިއްލަފުޅަށް ސިފަކުރައްވާ ޓްރަމްޕް، އުންމީދު ކުރައްވަނީ ޕުޓިން އާއެކު އޮންނަ އަމިއްލަ ގުޅުން ބޭނުން ކުރައްވައިގެން، އެހެން ފަރާތްތަކަށް ނުކުރެވުނު ކަމެއް ކުރެވޭތޯއެވެ. އެއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ވާސިލުވުމެވެ.

ބުރާސްފަތި ދުވަހު އޭނާ ވިދާޅުވެފައި ވަނީ މި ބައްދަލުވުން ކާމިޔާބު ނުވުމުގެ ފުރުސަތު 25 އިންސައްތަ އޮތް ކަމަށެވެ.

ޔޫކްރެއިންގެ ވެރިޔާ ވުލޮޑިމިއަރ ޒެލެންސްކީ ވަނީ މި މަޝްވަރާތަކުން އެކަހެރި ކޮށްފައެވެ. އަދި އޭނާ އިންޒާރުދެއްވާފައި ވަނީ އޭނާގެ ބައިވެރިވުމެއް ނެތި ނިންމޭ އެއްވެސް ނިންމުމަކީ، އުފެދުމުގައި ވެސް މަރުވެފައިވާ، މާނައެއް ނެތް ނިންމުމެއް ކަމަށެވެ.

ހުކުރު ދުވަހު މި ދެ ވެރިންގެ މެދުގައި ބޭއްވޭ ބައްދަލުވުން އޮންނާނީ އެލަސްކާގައި އޮންނަ އެމެރިކާގެ ސިފައިންގެ މަރުކަޒެއްގައެވެ. މިއީ ސަލާމަތީ ކަންބޮޑުވުންތަކާއި، މި ބައްދަލުވުމަށް ކަނޑައެޅިފައިވާ ވަގުތުގެ ކުރުކަން ދައްކުވައިދޭ ކަމެކެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން މި ބައްދަލުވުން ދެމިގެން ދާނީ މަދު ގަޑިއިރުތަކަކަށެވެ.

މި ސަމިޓް ބޭއްވޭ އިރު މީގެ ހަފްތާއެއް ފަހުން، ޓްރަމްޕް ރަޝިޔާ އަށް ހަނގުރާމަ ހުއްޓާލުމަށް ދީފައިވާ ސުންގަޑި ހަމަވާނެ އެވެ. އެހެން ނޫންނަމަ ރަޝިޔާ އަށް ހަރުކަށި އައު ފިޔަވަޅުތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

2022 ވަނަ އަހަރު ރަޝިޔާ އިން ޔޫކްރެއިނަށް ފުޅާ ދާއިރާއެއްގައި ހަމަލާދޭން ފެށުމާއެކު ލިބެމުންދާ ބޮޑެތި ގެއްލުންތަކުގެ ހަނގުރާމައިގައި ތިބި ކީވް އާއި މޮސސްކޯ އިން މި ސުންގަޑީގެ ކުރިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ވާސިލުވާނެ ކަމަކަށް އެއްވެސް އިރެއްގައި ގަބޫލެއް ނުކުރެވެއެވެ.

އަނެއް ކޮޅުން ރަޝިޔާ އާއެކު ވިޔަފާރިކުރާ ޤައުމުތަކަށް ފިޔަވަޅު އަޅާނެ ކަމަށް ޓްރަމްޕް ދެއްވާފައިވާ އިންޒާރަށް އަމަލު ކުރާނެ ކަމާމެދު ޝައްކު އުފެދިފައިވެއެވެ. އެއީ އެފަދަ ފިޔަވަޅެއް އެޅުމުން ޗައިނާ އާއެކު ވަރުގަދަ ވިޔަފާރީގެ ހަނގުރާމައަކަށް މަގުފަހިވެދާނެތީއެވެ. ނަމަވެސް، ޓްރަމްޕް ވަނީ އިންޑިއާ އިން ރަޝިޔާގެ ތެޔޮ ގަންނަމުންދާ މައްސަލައާ ގުޅިގެން އިންޑިއާ އަށް އިތުރު ޓެރިފްތަކެއް ކަނޑައަޅާނެ ކަމަށް ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
25 ޖެނުއަރީ 2017

އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް

25 ޖެނުއަރީ 2017
އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު