Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގެދޮރުވެރިޔާ ލޯނު

އާސިރާއި ނުޒުހަތަށް ބޯހިޔާވަހިކަމުގެ އުއްމީދެއް ލިބުނީ ސަރުކާރުގެ ގެދޮރުވެރިޔާ ލޯނާއެކު

މި ލޯނާއެކު 1 އަހަރު ތެރޭގައި އަމިއްލައަށް ގެ ހަދާލެވޭނެކަމަށް އާސިރު ދެކޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 17 ނޮވެމްބަރު 2022 | ބުރާސްފަތި 10:18
ގެދޮރުވެރިޔާ ލޯން ލިބި، އަމިއްލަ ގެއެއް ބިނާކުރަމުންދާ މުހައްމަދު އާސިރާއި، ނުޒުހަތު ހަސަން

ގެދޮރުވެރިޔާ ލޯން ލިބި، އަމިއްލަ ގެއެއް ބިނާކުރަމުންދާ މުހައްމަދު އާސިރާއި، ނުޒުހަތު ހަސަން

ޒަވާޖީ ހަޔާތެއް ފެށުމަށްފަހުގައި، ދެމަފިރިން ދެން އެންމެ ބޭނުންވާނީ އާއިލާއެއް ބިނާކުރުމަށެވެ. އާއިލާއެއް ބިނާކުރަން ބަލާއިރު، ރާއްޖޭގައި ކަންކަން އޮންނަ ގޮތުން، ދެމަފިރިންކުރެ ކޮންމެވެސް އެކެއްގެ މައިންބަފައިންނާއެކު ދިރިއުޅުން ފަށައެވެ. އާއިލާގައި ހިމެނޭ އެހެން އާއިލާތަކާއެކު އެއްތަނެއްގައި ދިރިއުޅެން ފަށައެވެ. މިފަދަ ކަންކަމަކީ ބައެއްފަހަރު އިޖްތިމާއީ އެތައް މައްސަލަތަކެއް ދިމާވާ ކަމެކެވެ.

ނަމަވެސް އަމިއްލަ ގެއެއް ބިނާކޮށް ދިރިއުޅުން އާރާސްތުކުރަން ބަލާއިރު، ގިނަފަހަރު އެކަން ކުރާނެ މާލީ ގާބިލިއްޔަތެއް ގިނަ ބައެއްގެ ނުހުރެއެވެ. ގޯއްޗެއް ލިބުނަސް އެތަނުގައި ބޯހިޔާކުރާނެ ގެއެއް އަޅާނެ ފެންވަރެއް ގިނަ މީހުންގެ ނުހުރެއެވެ. ދެން ޖެހެނީ ކޮންމެވެސް މީހެއްގެ އަތުން ދަރަންޏެއް ނަގާށެވެ. ނޫނީ ބޭންކަކުން ބޮޑު އިންޓަރެސްޓުގައި ލޯނެއް ނަގާށެވެ. ގިނަ ފަހަރު ދިރިއުޅުމުގެ ކަންކަން ހުންނަގޮތުން ދަރަނި ދެއްކުން ވަނީ އުނދަގޫކަމަކަށެވެ.

ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ވަނީ އެފަދަ ފަރާތްތަކަށް އުއްމީދުގެ ހުޅުކޮޅެއް ރޯކޮށްދީފައެވެ. ހއ. މުރައިދޫގައި ދިރިއުޅެމުން އަންނަ އެ ރަށު ދެމަފިރިން ކަމުގައިވާ މުހައްމަދު އާސިރާއި، ނުޒުހަތު ހަސަން ޒަވާޖީ ހަޔާތެއް ފެށުމަށްޓަކައި ގިނަ ކަންކަން ރާވައި، ދެމީހުން ކައިވެނިކުރީ 2021 ވަނަ އަހަރުއެވެ. ކައިވެންޏަށްފަހު ދެމީހުން ބޭނުންވީ އަމިއްލަ ގެއެކެވެ. ގޯއްޗަކަށް އިންތިޒާރުކޮށްކޮށް ތިއްބާ ޒަމާންތަކެއް ފަހުން މުރައިދޫ ކައުންސިލުން ގޯތި ދޫކުރީ 2019 ވަނަ އަހަރުއެވެ. ދެމަފިރިން ގޯއްޗަކަށް އެދިގެން ގޯތިވެސް ލިބިއްޖެއެވެ. ނަމަވެސް ބިމެއް ލިބުނަސް ދިރިއުޅޭނެ ތަނެއް ނެތެވެ. ދެން ދެމަފިރިން ބޭނުންވީ ވީހާވެސް އަވަހަކަށް ހިޔާވާނެ ފުރާޅެކެވެ. އެގޮތުގެމަތިން ގެއެއް ހެދުމަށް ދެމަފިރިން ނިންމައި މަސައްކަތް ފެށިއެވެ.

މުހައްމަދު އާސިރު ކައިވެންޏަށްފަހު އުޅުނީ ރިސޯޓެއްގައެވެ. ކުދި އާބާދީތަކުގައި ރަށުގައި ހުރެގެން ވަޒީފާ ލިބުމަކީ އުނދަގޫކަމަކަށް ވުމުން، ރިސޯޓަށް ގޮސް ފައިސާ އެއްކުރަން ފެށިއެވެ. ނަމަވެސް ޒަވާޖީ ހަޔާތާއެކު އާއިލާއެއް ބިނާކުރުމަށް އަމިއްލަ ގެއެއް ހުރުމުގެ މުހިންމުކަން ވިސްނި ރަށަށް ބަދަލުުވުމަށް ނިންމިއެވެ.

އެ ދެމަފިރިން ބުނިގޮތުގައި ދެމީހުންގެ މުޅި އިންކަމްއަކުން މުޅި ގެ އެއްކޮށް ނިންމާލެވޭނެކަމަށް ލަފާނުކުރެވޭތީ ސަރުކާރުން ގެދޮރުވެރިޔާ ލޯނު އިޝްތިހާރުކުރުމުން، އެއީ ރަނގަޅު ގޮތެއްކަމަށް ފެންނާތީ އެ ލޯނަށް ހުށަހެޅީއެވެ. އަދި މިއަހަރުގެ ކުރީކޮޅު އެޕްލައިކޮށްގެން، ލޯނު ހަމަޖެހުނީ އޮގަސްޓު ހިސާބުގައި ކަމަށެވެ. ގެ ހެދުމުގެ ހުވަފެނާއެކު ކުރި މަސައްކަތަށް އިތުރު އުއްމީދެއް ލިބިގެންދިޔައީ ލޯނު ހަމަޖެހި ފުރަތަމަ ޕޭމަންޓް ލިބިގެން މަސައްކަތް ފެށުނު ހިސާބުން ކަމަށް އެދެމަފިރިން ބުންޏެވެ.

މި ލޯނާ ގުޅޭގޮތުން މުރައިދޫ ކައުންސިލް ރައީސް އަލީ ސިނާން ވިދާޅުވީ، މި ލޯނަކީ ވަރަށް ރަނގަޅު ސްކީމެއް ކަމަށެވެ. މުރައިދޫއަށް ބަލައިލިނަމަވެސް، ގެވަޅު ލިބިފައި އެހެންނަަމަވެސް ވަރަށް ގިނަ މުއްދަތެއް ވަންދެން ފައިސާގެ ދަތިކަން ހުންނާތީ ގެ ނުހެދިފައި އެބަހުރި ކަމަށެވެ.

މުހައްމަދު އާސިރާއި، ނުޒުހަތު ހަސަން ދެކޭގޮތުގައި މި ލޯނަކީ ވަރަށް ރަނގަޅު، އާންމު ރައްޔިތުން ގެދޮރުވެރިކުރުވަން ސަރުކާރުން ގެންގުޅޭ ވަރަށް ރަނގަޅު ވިސްނުމެކެވެ. އާންމު ފަރުދުންނަށް ސޭވިންގއިން ގެއެއް ނިންމުމަކީ ވާނެކަމެއް ކަމަކަށް އެ ދެމަފިރިން ނުދެކެއެވެ. ލޯނު ސްކީމާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭކަމަށާއި، ތަކެތި ގަނެގެން އަމިއްލައަށް އެއް އަހަރު ދުވަހުގެ ތެރޭގައި ގެއެއް އަޅާލެވޭނެކަމަށް އެދެމަފިރިން ދެކެއެވެ.

ގެދޮރުވެރިޔާ ލޯން ސްކީމުގެ ދަށުން މިހާތަނަށް 284 ފަރާތަކަށް ޖުމްލަ 158 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކުރެވިފައެވެ. އިންޓްރެސްޓް ރޭޓަކީ 6 އިންސައްތައެވެ. ލޯނު އަނބުރާ ދެއްކުމަށް ގިނަވެގެން 20 އަހަރު ލިބެއެވެ. ލޯނުގެގޮތުގައި ދޫކުރާނީ ޕްރޮޖެކްޓްގެ 80 އިންސައްތައެވެެ. ބާކީ 20 އިންސައްތައަކީ ލޯނު ނަގާ ފަރާތުގެ ހިއްސާއެކެވެ. ލޯނަށް އެދޭ ފަރާތުގެ ޕްރޮޖެކްޓަށްލާ ޖުމްލަ ޚަރަދުގެ 20 އިންސައްތަ ކަނޑައަޅާނީ، ޕްރޮޖެކްޓަށް ކުރެވިފައިވާ ޚަރަދާއި ގަނެފައިވާ ތަކެއްޗާއި، ގޯތީގެ އިމާރާތް، ނުވަތަ އިމާރާތް ނެތް ނަމަ ބިމެވެ.

ގެދޮރުވެރިކަމަށް ބޮޑު އިންޓަރެސްޓްގައި ލޯނު ދޫކުރަމުން އަންނާތީ ގިނަބަޔަކަށް އަމިއްލަ ބޯހިޔާވަހިކަމަށް ނުވަދެވި އެބަތިއްބެވެ. މި ހުރިހާ ރައްޔިތުން މި ލޯން ސްކީމްގެ ދަށުން ލުއިތަކެއް ލިބެގެންދާނެއެވެ.

މި ލޯން ސްކީމަކީ، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބު އަމިއްލަ ބޯހިޔާވަހިކަމަށް ހުރަސްއެޅިފައި ތިބި އާއިލާތަކަށް ޚާއްސަ ކޮށްގެން ސަރުކާރުން ހުޅުވާލާފައިވާ ލުއި ލޯނު ސްކީމެކެވެ. މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރު ނޭޅި ތިބި މީހުންނަށް ލުއިތަކެއް ހޯއްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވައުދުވެވަޑައިގެންފައެވެ. މި ލޯން ސްކީމާއެކު އަމިއްލަ ގެއެއް ހަދަން ފަށައި، މާލީ ދަތިކަމުގެ ސަބަބުން މަސައްކަތް ނުނިމި ހުރި ފަރާތްތަކަށް މި ލުއި ލޯން ސްކީމާއެކު ދިރުއުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް މަގު ފަހިވެގެންދާނެއެވެެ. ލޯން ސްކީމްގެ އަމާޒަކީ، ދެމެހެއްޓެނިވި ގޮތެއްގައި ބޯހިޔާވަހިކަން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ކަށަވަރުކޮށްދިނުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޒީ ސިނެ އެވޯޑްސް: ގިނަ އެވޯޑްތަކެއް ލިބުނީ ޓޮއިލެޓް އޭކް ޕްރޭމް ކަތާއަށް

ޒީ ސިނެ އެވޯޑްސް: ގިނަ އެވޯޑްތަކެއް ލިބުނީ ޓޮއިލެޓް އޭކް ޕްރޭމް ކަތާއަށް

25 ޑިސެމްބަރު 2017
ރަންފޮށި ލިބުނީ ކާކަށް؟

ރަންފޮށި ލިބުނީ ކާކަށް؟

09 ޑިސެމްބަރު 2017
އާމްދަނީ ހޯދޭނެ އައު ކަންތައްތަކުން  ސަރުކާރަށް ލިބުނީ"އީ" ގްރޭޑް

އާމްދަނީ ހޯދޭނެ އައު ކަންތައްތަކުން ސަރުކާރަށް ލިބުނީ"އީ" ގްރޭޑް

26 އޮކްޓޯބަރު 2017
ރައީސް ޔާމީންއަށް ލިބުނު ޕުރަކްސާރް އެވޯޑް މިއަހަރު ލިބުނީ ކާކަށް؟

ރައީސް ޔާމީންއަށް ލިބުނު ޕުރަކްސާރް އެވޯޑް މިއަހަރު ލިބުނީ ކާކަށް؟

18 އޮކްޓޯބަރު 2017
މަތިިން މާކްސް ލިބުނަސް ފްލެޓް ނުލިބުނީ ނުބައި ޖަވާބު ދިނުމުން!؟

މަތިިން މާކްސް ލިބުނަސް ފްލެޓް ނުލިބުނީ ނުބައި ޖަވާބު ދިނުމުން!؟

14 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު