ކ. މާލެ
|
11 މާރޗް 2025 | އަންގާރަ 21:54
ފްލެޓް ލިބުނު ގިނަބަޔަލު ޑިސްކޮލިފައިކޮށް، ފްލެޓް އަތުލައިފައިވާތީ އެ ހައްޤު ހޯދުމަށް އަޑު އުފުލުމަށް އެމްޑީޕީން ސިލްސިލާކޮށް ބާއްވަމުން އަންނަ ކުއްލި އެއްވުމުގެ ތެރެއިން
ފްލެޓް ލިބުނު ގިނަބަޔަލު ޑިސްކޮލިފައިކޮށް، ފްލެޓް އަތުލައިފައިވާތީ އެ ހައްޤު ހޯދުމަށް އަޑު އުފުލުމަށް އެމްޑީޕީން ސިލްސިލާކޮށް ބާއްވަމުން އަންނަ ކުއްލި އެއްވުމުގެ ތެރެއިން
އެމްޑީޕީ
ފްލެޓް މުޒާހަރާ
ބޯހިޔާވަހިކަމުގެ ހައްޤު ހޯދަން ނިކުންނަ ރައްޔިތުންނަށް، ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ އިސް މުވައްޒަފަކު ފުރައްސާރަކުރަނީ
ފްލެޓްތަކުގެ ހައްޤުގައި ކުރާ މަސައްކަތާ ގުޅިގެން، އެ ކުންފުނީގެ އިސް މުވައްޒަފަކު ރައްޔިތުންނަށް، ފުރައްސާރަކުރާތީ، އެ ކުންފުނީގެ އިސް ފަރާތްތަކަށް އިންސާފުވެރިކަމާމެދު މަސައްކަތް ކުރެވިދާނެތޯ ބައެއް މީހުން ދަނީ ސުވާލު އުފައްދަމުން
4000 ފްލެޓް ލިބޭ ފަރާތްތައް ކަނޑައަޅައި، ލިސްޓުތައް ގެޒެޓުކޮށް، އެ ފަރާތްތަކާއެކު އެގްރީމަންޓުގައި ސޮއިކޮށްފައި ވަނިކޮށް، މި ސަރުކާރުން ވަނީ ގިނަބަޔަކު ޑިސްކޮލިފައިކޮށްފައި

ބޯހިޔާވަހިކަމުގެ ހައްޤު ހޯދަން ނިކުންނަ ރައްޔިތުންނަށް، ސަރުކާރުގެ ކުންފުންޏެއް ކަމުގައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީގެ) އިސް މުވައްޒަފަކު ސޯޝަލް މީޑިއާގައި ފުރައްސާރަ ކުރާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިންގި ގެދޮރުވެރިޔާ ސްކީމުން ފުރަތަމަ އިމާރާތްކުރި 4000 ފްލެޓް ލިބޭ ފަރާތްތައް ކަނޑައަޅައި، ލިސްޓުތައް ގެޒެޓުކޮށް، އެ ފަރާތްތަކާއެކު އެގްރީމަންޓުގައި ސޮއިކޮށްފައި ވަނިކޮށް، މި ސަރުކާރުން ގިނަބަޔަކު ޑިސްކޮލިފައިކޮށް، ފްލެޓް އަތުލައިފައިވާތީ އެ ހައްޤު ހޯދުމަށް ނިކުންނަ މީހުންނަށް ފުރައްސާރަކޮށްފައިވަނީ، އާމިނަތު ސީނާ މުހައްމަދު ނަމަކަށް ކިޔާ، އެފްޑީސީގެ އިސް މުވައްޒަފެކެވެ.

ފްލެޓް އަތުލައިފައިވާތީ އެ ހައްޤު ހޯދުމަށް ނިކުންނަ މީހުންނަށް އިޝާރާތްކޮށް، އޭނާ އެކްސްގައި ވަނީ އެމީހުންނަށް ޖޯކު ޖަހައި، ފުރައްސާރަކޮށްފައެވެ. އެގޮތުން، އެނާ ވަނީ، މުޒާހަރާއަށް މީހުން ގިނަކުރަން އާދޭސް ދަންނަވާކަމަށް ބުނެފައެވެ. އަދި، އެހެން ރޭރޭ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން މި އެއްވުމުގައި ބައިވެވޭތޯ ސުވާލު އުފައްދައި ޖޯކުޖަހައިފައެވެ.

ފްލެޓް އަތުލައިފައިވާތީ އެ ހައްޤު ހޯދުމަށް ނިކުންނަ މީހުންނަށް އިޝާރާތްކޮށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީގެ) އިސް މުވައްޒަފަކު ސޯޝަލް މީޑިއާގައި ފުރައްސާރަކޮށް ޖޯކު ޖަހައި ކޮށްފައިވާ ޕޯސްޓްތަކެއް

ގެދޮރުވެރިޔާ ސްކީމުން ފުރަތަމަ އިމާރާތްކުރި 4000 ފްލެޓް، އިމާރާތްކޮށްފައި ވަނީ، ސަރުކާރުން ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްގެނެވެ. އަދި ފްލެޓް ލިބޭ ފަރާތްތަކާއެކު، ސަރުކާރުގެ ފަރާތުން އެގްރީމަންޓުގައި ސޮއިކޮށްފައި ވަނީ އެކުންފުނިންނެވެ. ފްލެޓް ލިބޭ ފަރާތްތަކާ އެތަންތަން ހަވާލުކުރުމުގެ ކަންކަންވެސް ކުރިއަށްގެންދާގޮތަށް ހަމަޖެހިފައިވަނީ އެ ކުންފުނި މެދުވެރިކޮށެވެ.

އެ ފްލެޓްތަކުގެ ހައްޤުގައި ކުރާ މަސައްކަތާ ގުޅިގެން، އެ ކުންފުނީގެ އިސް މުވައްޒަފަކު ރައްޔިތުންނަށް، ފުރައްސާރަކުރާތީ، އެ ކުންފުނީގެ އިސް ފަރާތްތަކަށް އިންސާފުވެރިކަމާމެދު މަސައްކަތް ކުރެވިދާނެތޯ ދަނީ ބައެއް މީހުން ސުވާލު އުފައްދަމުންނެވެ.

ފްލްޓް އަތުލެވިފައިވާ މީހުންގެ ހައްޤުގައި، އިދިކޮޅު އެމްޑީޕީ އިސްވެ އޮވެ ކޮންމެ ރެޔަކު ދަނީ މުޒާހަރާކުރަމުންނެވެ. އެ މުޒާރާތައް ސިލްސިލާގޮތެއްގައި ކުރިއަށްދާނެކަމަށް އެ ޕާޓީން ވަނީ ހާމަކޮށްފައެވެ.

މި ސަރުކާރުން އިއުލާނު ކުރި ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މިހާރު ވަނީ ހުޅުވައިލައިފައެވެ. ނަމަވެސް، ޝަކުވާ ހުށަހަޅާއިރު ލިޔުންތައް ހުށަހަޅަން ފުރުސަތު ނުދޭތީ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ހިއްސާކުރަމުންނެވެ.

- ކޮމެންޓް