Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭސީސީގެ މަސައްކަތް

އިދާރީ ގޮތުން ކަމެއް ގޯސްކޮށް ހިނގާފައި އޮތުމަކީ ކޮރަޕްޝަން އޮތް ކަމަށް ބެލެވޭނެ ކަމެން ނޫން، ފްލެޓު ދޫކުރުން ނުހުއްޓުވޭނެ: އަލީ ހުސެއިން

30 މެއި 2025 | ހުކުރު 10:36

އޭސީސީން މަސައްކަތް ކުރިއަށް ގެންދާ ގޮތުން އެ ކޮމިޝަންގެ މަސައްކަތްތަކާ މެދު ވަނީ ސުވާލު އުފެދިފައި

އަމްނާ އިމާދު
އަމްނާ އިމާދު | 30 މެއި 2025 | ހުކުރު 10:36
ޤާނޫނީ ވަކީލް އަލީ ހުސެއިން ޖޭއެސްސީ ބޭރުގައި ހުންނަވާ ރާއްޖެއެމްވީ އަށް ދެއްވި ބަސްތީގަތުމުގެ ތެރެއިން - 27 ފެބްރުއަރީ 2025

ޤާނޫނީ ވަކީލް އަލީ ހުސެއިން ޖޭއެސްސީ ބޭރުގައި ހުންނަވާ ރާއްޖެއެމްވީ އަށް ދެއްވި ބަސްތީގަތުމުގެ ތެރެއިން - 27 ފެބްރުއަރީ 2025

އިދާރީ ގޮތުން ކަމެއް ގޯސްކޮށް ހިނގާފައި އޮތުމަކީ ކޮރަޕްޝަން އޮތް ކަމަށް ބެލެވޭނެ ކަމެއް ނޫން ކަމަށާއި، ގެދޮރުވެރިޔާ ސްކީމްގެ ފްލެޓުތައް ދޫކުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ނުހުއްޓުވޭނެ ކަމަށް މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ފަހި ޔޫނިއަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ހުސެއިން ވިދާޅުވީ އޭސީސީން މަސައްކަތް ކުރިއަށް ގެންދާ ގޮތުން އެ ކޮމިޝަންގެ މަސައްކަތްތަކާ މެދު ސުވާލު އުފެދިފައިވާ ކަމަށެވެ. އަދި އޭސީސީއަކީ ދިވެހިރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ކޮރަޕްޝަންއާ ގުޅޭ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅުއަޅައި ދައުވާ ކުރުމުގެ ބާރު ލިބިފައިވާ ތަނެއް ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓުގެ މައްސަލައަށް އޭސީސީން ވަދެފައިވާކަން ފާހަގަކުރައްވައި އަލީ ހުސެއިން ވިދާޅުވީ މި މައްސަލައަށް އޭސީސީން ވަދެ، މިހާތަނަށް ކިތައް މީހުންގެ މައްސަލަ ބަލައި، ދައުވާ ކުރަން ފޮނުވާފައިވޭތޯ ސުވާލު އުފެއްދެވިއެވެ.

އަލީ ހުސެއިން ވިދާޅުވީ އިދާރީ ގޮތުން ކަމެއް ދިމާވުމަކީ ނުވަތަ މައްސަލަތަކެއް ފެންމަތިވުމަކީ ކޮރަޕްޝަން އޭގައި ހިނގާފައި އޮތް ކަމަށް ބަލައިގެން ނުުވާނެ ކަމަށެވެ. މިފަދަ އެއްގޮތް މައްސަލަތަކުގައި ދައުލަތުގެ ބަންޑާރަނައިބު ވެސް ނުވަތަ ދައުލަތުގެ ފަރާތުން ވަކާލާތު ކުރަމުންދަނީ ދެގޮތަށް ކަމަށާއި، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ހުސެއިން ވިދާޅުވީ ފުލުހުންނަށް ޕްރޮމޯޝަން ދިން މައްސަލަ އޭސީސީއަށް ނުހުއްޓުވޭނެ ކަމަށް ބަންޑާރަނައިބު ވިދާޅުވެފައިވާއިރު، ގެދޮރުވެރިޔާ ފްލެޓު ދޫކުރުން ހުއްޓުވޭނެ ކަމަށް ވިދާޅުވާ ވާހަކަ ހަމަނުޖެހޭ ކަމަށެވެ.

އަޅުގަނޑުމެން ފާހަގަކުރަންޖެހޭ ކަމަކީ އިދާރީ ގޮތުން ކަމެއް އަދި ޕްރޮސީޖަރއާ ހަމައަށް ހިންގާފައި އޮތުމަކީ ހިނގާ ކޮންމެ ފަހަރަކީ އެއީ ކޮރަޕްޝަން އޭގައި ހިނގާފައި އޮތް ކަމަކަށް ބަލައިގެން ނުވާނެ އިނގޭތޯ. ތަކުރާރުކޮށް ދަންނަވާނަން. އިދާރީ ގޮތުން ކަމެއް ގޯސްކޮށް އަދި އިޖުރާއަތްތަކާ ހިލާފަށް ހިނގާފައި އޮތުމަކީ އޭގައި ކޮންމެހެން ކޮރަޕްޝަން އޮތް ކަމަށް ބެލެވޭނެ އެއްވެސް ޖާގައެއް އޮތް ކަމެއް ނޫން. އެހެންވީމަ އިދާރީ ގޮތުން ހިންގާ ކަންކަން އިޖުރާއަތް ގޮތުން ކަމެއް ކުރާއިރުގައި އިދާރީ ގޮތުން ވަރަށް ގިނަ މައްސަލަތަކެއް ހުރެދާނެ. ނަމަވެސް އެއީ އޭސީސީން ވަދެ ބަލަންޖެހޭ މައްސަލަތަކެއް ނޫން. އަދި އޭސީސީން ވަދެ ހުއްޓުވަންޖެހޭ މައްސަލައެއް ވެސް ނޫން. އަޅުގަނޑުމެން މިދައްކާ ވާހަކައަށް ބާރުދެނީ ހަގީގަތުގައި ބާރުދެނީ ތާއީދު ކުރަނީ ވެސް މިހާރުގެ އެޓާނީ ޖެނަރަލް. ބަންޑާރަ ނައިބު އެބައޮތް ވިދާޅުވެފައި އެވާހަކަ ވިދާޅުވެފައި އެބައޮތް ފުލުހުން ތެދެއްތޯ. ފުލުހުންނަށް ޕްރޮމޯޝަން ދީގެން އެ ޕްރޮމޯޝަން ދިނީ ގޯސްކޮށް ކަމަށް ބެލިގެން އޭސީސީން އެކަން ހުއްޓުވުމުގެ މައްސަލާގައި ބަންޑާރަނައިބު އެބައޮތް ވިދާޅުވެފައި އޭސީސީއަށް ނުހުއްޓުވޭނެ ކަމަށް އެނގޭތޯ. އެއީ މަދަނީ މުއާމަލާތެއް. އޭގައި ސީދާ ކޮރަޕްޝަންގެ މުއާމަލާތެއް އެކަނި ކަމަށް. ނުވަތަ ދައުލަތުން ހިންގާ މުއާމަލާތްތަކުގެ ތެރެއިން އޭސީސީއަށް ވަދެ އެކަންކަން ނުހުއްޓުވޭނެ ކަމަށް.
މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސެއިން

އަލީ ހުސެއިން ވިދާޅުވީ ގެދޮރިވެރިޔާ ސްކީމުން ކޮރަޕްޝަން ހިންގާފައިވާ ކަމަށް ކޮމިޝަނުން ބުނާ ކަމަށްވާނަމަ، ކޮރަޕްޝަންގެ އަމަލު ހިންގީ ކާކު ކަމާއި، އޭގެ ނާޖާއިޒް ފައިދާ ލިބުނީ ކާކަށްތޯ ބުނެދޭން ޖެހޭ ކަމަށެވެ. އަދި 4000 މީހުންނަށް ފްލެޓުތައް ދޫކޮށްފައިވާއިރު، އިޖުރާތް ގޮތުން މައްސަލައެއް ހުއްޓޭ ކިޔާފައި ފްލެޓުތައް ދިނުން ހުއްޓުވުމުގެ އެއްވެސް ޖާގައެއް ކޮމިޝަނަށް ނޯންނާނެ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް