Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސްކޭމް ކޯލުތައް

ސްކޭމް ކޯލް: އެވްރެޖުކޮށް ބިދޭސީއެއްގެ ނަމުގައި 5000 ސިމްކާޑު

އެންމެ ގިނަ އަދަދަކަށް ސިމްކާޑު ގަނެފައިވާ މީހުންގެ ތެރޭގައި ޓޮޕް ފަހަކީ ބިދޭސީން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 17 ނޮވެމްބަރު 2022 | ބުރާސްފަތި 08:17
ސްކޭމް ކޯލް

ސްކޭމް ކޯލް

ދެ ދުވަހުން އެއް ދުވަހު އިވެނީ މީހަކު ގުޅައިގެން އެކައުންޓުގައި ހުރި ފައިސާކޮޅު ފޭރިގެންފައިވާ ވާހަކައެވެ. އެކައުންޓުގައި ހުރި ފައިސާ "ގެއްލިއްޖެ" ވާހަކައެވެ. މިގޮތަށް ސްކޭމް ކޮށްގެން މީހުންގެ އަތުން ފައިސާ ހޯދުން މިހާރު ވަނީ އާއްމުވެފައެވެ. މިކަންތައްތައް ފުޅާވެގެންގޮސް ބޭންކުތަކުން ވެސް މިވަނީ އެފަދަ ކޯލުތަކަށް ޖަވާބު ނުދިނުމަށާއި އެސްއެމްއެސް އަދި އެ ނޫންވެސް ގޮތްތަކުން ލިބޭ ގޮތްނޭނގޭލިންކުތަކަށް ނުވަނުމަށް ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.

ގިނަ ފަހަރަށް ގުޅައިގެން ފައިސާ ހޯދާ ފަރާތްތަކުން ހިއްސާ ކުރަން ބުނަނީ ފޯނަށް އަންނަ އޯޓީޕީއެވެ. ނުވަތަ ޕްރޮމޯޝަނެއްގެ ދަށުން އިނާމު ލިބިއްޖެ ކަމަށްބުނެ އެކައުންޓު މައުލޫމާތު ހޯދަނީއެވެ. ބައެއް މީހުން މިކަންތައްތައް ކުރުމުގައި ވަކި ހާއްސަ ދުވަސްވަރެއް ބަލައެވެ. އެއީ ތަނަކުން ބޮޑު ޕްރޮމޯޝަނެއް ހިންގާ ދުވަސްވަރެއް ނުވަތަ ބޮޑު ލަކީޑްރޯއެއް ކުރިއަށްގެންދާ ދުވަސްވަރުތަކެވެ.

މި މައްސަލަތައް އިންތިހާއަށް ބޮޑުވެފައިވާއިރު މިކަންކަން ކުރާ ގިނަ މީހުން ހަރަކާތްތެރިވަނީ ޖަލު ބަންދުގައި ތިބެގެން ކަމަށް ވެސް މައުލޫމާތު ލިބެއެވެ. މިކަމުގައި ބޭނުން ކުރަނީ އެހެން ބައެއްގެ ނަން މަތީގައި ނަގާފައި ހުންނަ ސިމްތަކެވެ. އެހެންކަމުން އެކަން ކުރަނީ ކާކުކަން ސީދާ އެނގޭކަށް ނޯވެއެވެ. ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވި ގޮތުގައި ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ސިމްކާޑު ގަނެފައިވާ މީހުންގެ ތެރޭގައި ޓޮޕް ފަހަކީ ބިދޭސީންނެވެ.

ސްކޭމް ކޯލުތަކުގައި ބޭނުން ކުރަނީ ބިދޭސީންގެ ނަންމަތީގައި ހުންނަ ސިމް ކާޑުތަކެވެ. އެންމެ ގިނައިން ސިމް ގަނެފައި ހުރި މީހުންގެ ތެރެއިން އެވްރެޖުކޮށް އެއިން ކޮންމެ މީހެއްގެ ނަން މަތީގައި 5000 ސިމް ކާޑު ވަނީ ގަނެފައެވެ. މި މީހުންނަކީ މީގެ ކުރިން ރާއްޖޭގައި އުޅުނު ނަމަވެސް މިހާރު ރާއްޖޭގައި އުޅޭ ބައެއް ނޫންކަން ވެސް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

އެއްވެސް މީހަކަށް 5000 ސިމް ކާޑު ގަނެވޭނީ އެއްވެސް ކޮންޓްރޯލެއް ނޯންނަތީކަން ޔަގީނެވެ. ކޮންމެ މީހަކު ވެސް އައިޑީ ކާޑު ނުވަތަ އެ ނޫންވެސް ލިޔުމެއް ދައްކައިގެން ބޭނުން އަދަދަކަށް ސިމް ކާޑު ގަނެވޭނެ ފުރުސަތު ފަހިވެފައި އޮތުމުންނެވެ. މީގެ ސަބަބުން މިފަދަ ސިމްތައް ބޭނުންކޮށްގެން، ސްކޭމް ކޯލުތަކުގެ އިތުރުން ޓެރަރިޒަމާއި އެހެނިހެން ބޮޑެތި ކުށް ކުރުމުގައި ވެސް ކާކުކަން ނޭނގޭގޮތަށް މުއާމަލާތް ކުރުމުގެ ފުރުސަތު ފަހިވެގެންދެއެވެ.

މިފަދަ ކޯލުތަކުގައި އަސްލު ސްކޭމް ކުރާ މީހާ، ދެ މީހެއް އޭނާގެ މަޅީގައި ޖައްސައެވެ. އެއީ ފައިސާ ފޭރިގަންނަ މީހާ އާއި އެ ފައިސާ ފޭރިގަތް ކަމުގެ ތުހުމަތު އަޅުވާނެ މީހާއެވެ. އެގޮތުން، ލިންކުތައް މެދުވެރިކޮށް ނުވަތަ އޯޓީޕީ މެދުވެރިކޮށް އެކައުންޓުގެ މައުލޫމާތުތައް ހޯދައިގެން އެކައުންޓުން ފައިސާ ފޭރިގަތުމަށްފަހު އެ ޖަމާ ކުރަނީ އެހެން މީހެއްގެ އެކައުންޓަށެވެ. އެއަށްފަހު އެ އެކައުންޓުގެ ވެރިފަރާތަށް ގުޅައިގެން "އޮޅިގެން" އޭނާގެ އެކައުންޓަށް ފައިސާ ޖަމާކުރެވިއްޖެ ކަމަށާއި ނަގުދު ފައިސާއިން ނެގުމަށްފަހު މީހަކާ ހަވާލުކޮށްދިނުމަށް އެދެއެވެ. ގިނަ މީހުން އެއީ ސްކޭމެއް ކަމަށް ނުދެކި، އެ މީހާ ބުނާ މީހަކާ ފައިސާ ހަވާލުކުރެއެވެ. އެހާ ހިސާބުން ފައިސާ ގެއްލުނީއެވެ. އެ ޓްރެކް ކުރެވޭނެ ގޮތެއް ވެސް ނޯވެއެވެ.

ފައިސާ ގެއްލިއްޖެކަން އެނގުމުން އެކަން ރިޕޯޓު ކުރުމުން ފްރީޒް ކުރަނީ ފައިސާ ޖަމާވި އެކައުންޓެވެ. ސްކޭމް ކުރާ މީހާ ސަލާމަތްވީއެވެ. އޭނާއަކީ ކާކުކަން، އެ ފައިސާއިން ވެސް އަދި އޭނާ ގުޅި ފޯނު ނަންބަރުން ވެސް އެނގެން ނޯންނާނެއެވެ.

މި މައްސަލަތައް އިތުރުވެ، ސްކޭމްކޯލްތައް ހުއްޓުވަން މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި 3،130 ފިޔަވަޅު އަޅާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ. އަދި 2،796 ސިމް ކާޑުތައް ފުލުހުން މެދުވެރިވެގެން ޚިދުމަތް މެދުކަނޑާލާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން 817 މޮބައިލް ފޯނެއް ރާއްޖޭގެ އެއްވެސް ޓެލެކޮމިއުނިކޭޝަން ޕްރޮވައިޑާއެއްގެ ތެރޭގައި ބޭނުން ނުކުރެވޭ ގޮތަށް ބްލޮކް ކޮށްފައިވާއިރު އަށް އައިޕީ އެޑްރެސް ބްލޮކް ކޮށްފައިވާ ކަމަށް ވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޮޅުވާލައިގެން ފައިސާ ހޯދުން، ލަދުގަންނަ ހިސާބަށް: މި ފަހަރު ނިކަމެތިންނަށް ވަޅު ބިނާކުރުމުގެ ނަމުގައި

އޮޅުވާލައިގެން ފައިސާ ހޯދުން، ލަދުގަންނަ ހިސާބަށް: މި ފަހަރު ނިކަމެތިންނަށް ވަޅު ބިނާކުރުމުގެ ނަމުގައި

30 އޮކްޓޯބަރު 2022
ރައީސް ޔާމީން ހިންގެވި އާރަށުގެ ހިޔާނާތް – ޔާމީނާއި އަދީބުގެ ފޯނު ކޯލްތަކެއްގެ ރިކޯޑިން، 2013 ވަނަ އަހަރުން ފެށިގެން ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމުގައި ޔާމީންގެ ނުފޫޒު

ރައީސް ޔާމީން ހިންގެވި އާރަށުގެ ހިޔާނާތް – ޔާމީނާއި އަދީބުގެ ފޯނު ކޯލްތަކެއްގެ ރިކޯޑިން، 2013 ވަނަ އަހަރުން ފެށިގެން ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމުގައި ޔާމީންގެ ނުފޫޒު

13 ސެޕްޓެމްބަރު 2022
މާލެ ސާފުކުރުމުގެ ނަމުގައި މުއިއްޒުގެ ޖީބަށް ބަރުވާ ޕްރޮޖެކްޓް

މާލެ ސާފުކުރުމުގެ ނަމުގައި މުއިއްޒުގެ ޖީބަށް ބަރުވާ ޕްރޮޖެކްޓް

09 ސެޕްޓެމްބަރު 2022
ސިޔާސީ ޕާޓީއެއްގެ ނަމުގައި އާންމުންނަށް ހަމަލާދީ ޓެރަރިޒަމްގެ އަމަލު ހިންގަނީ!

ސިޔާސީ ޕާޓީއެއްގެ ނަމުގައި އާންމުންނަށް ހަމަލާދީ ޓެރަރިޒަމްގެ އަމަލު ހިންގަނީ!

21 ޖޫން 2022
ތަރައްގީގެ ނަމުގައި ވެށި ހަލާކު ނުކުރަމާ!

ތަރައްގީގެ ނަމުގައި ވެށި ހަލާކު ނުކުރަމާ!

10 ނޮވެމްބަރު 2021

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު