Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ވޯމްއަޕް މެޗަށްފަހު އާޖެންޓީނާ ޤަތަރަށް

އާޖެންޓީނާ އިން ޤަތަރަށް ދިޔައީ މުބާރާތުގެ ކުރިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗަށްފަހު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ނޮވެމްބަރު 2022 | ބުރާސްފަތި 02:34
އާޖެންޓީނާގެ ކެޕްޓަން މެސީ ޤަތަރުގެ ދޯހާގެ އެއާޕޯޓުގައި

އާޖެންޓީނާގެ ކެޕްޓަން މެސީ ޤަތަރުގެ ދޯހާގެ އެއާޕޯޓުގައި

ފީފާ ވޯލްޑް ކަޕްގައި ވާދަކުރުމަށް ދެކެނު އެމެރިކާގެ ޗެމްޕިއަން އާޖެންޓީނާ ޤަތަރަށް ގޮސްފިއެވެ.

އާޖެންޓީނާ އިން ޤަތަރަށް ދިޔައީ މުބާރާތުގެ ކުރިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗަށްފަހު، ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެ މެޗުން އާޖެންޓީނާ ވަނީ 5-0 އިން މޮޅުވެފައެވެ.

އާޖެންޓީނާ އަކީ މިއަހަރުގެ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ދެކެމުން އަންނަ ޤައުމެކެވެ. ޚާއްސަކޮށް މިފަހަކަށް އައިސް އެ ޓީމުން ދައްކަމުން އަންނަ ކުޅުމާއި، ޓީމުގެ ކުޅުންތެރިންގެ ފޯމު މި ވަގުތު ރަނގަޅުވުމުންނެވެ. އާޖެންޓީނާ ޓީމު ޤަތަރަށް ދިޔައީ އެ ޤައުމަށް ޚާއްސަ ކުރެވިފައިވާ ފްލައިޓުންނެވެ. އެ ފްލައިޓުގެ ބޭރުގައި އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީގެ އިތުރުން އެހެން ކުޅުންތެރިން ފޮޓޯ ވަނީ ޖަހާފައެވެ.

އާޖެންޓީނާ އިން ވަނީ އެންމެ ފަހުން ކުޅުނު 36 މެޗުން ބަލިނުވެ ނިންމާލާފައެވެ. ބަލިނުވެ އެންމެ ގިނަ މެޗު ނިންމާލުމުގެ ރެކޯޑު އޮތީ ޔޫރަޕުގެ ޗެމްޕިއަނުން އިޓަލީ އަތުގައެވެ. އެ ޓީމު ވަނީ ބަލިނުވެ 37 މެޗު ހަމަކޮށްފައެެވެ. އެ ރެކޯޑު މުގުރާލުމަށް އާޖެންޓީނާ އަށް ބޭނުންވަނީ ދެ މެޗުން ބަލިނުވެ ނިންމާލުމެވެ.

މި އަހަރުގެ މުބާރާތުގައި އާޖެންޓީނާ އޮތީ ސައުދީ އަރަބިއްޔާ، ޕޮލެންޑް އަދި މެކްސިކޯއާއެކު ގްރޫޕް ސީ ގައެވެ. އާޖެންޓީނާގެ ފުރަތަމަ މެޗުގައި އެ ޤައުމު ނުކުންނާނީ މި މަހުގެ 22 ވަނަ ދުވަހު ސައުދީއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި މެކްސިކޯއާ ދެކޮޅަށް ނުކުންނާނީ މި މަހުގެ 27 ގައެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޮލެންޑާ ދެކޮޅަށް އެ ޤައުމު ނުކުންނާނީ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުއެވެ.

އިތުރަށް ކިޔާލަން

23 އޯގަސްޓު 2017

ދުނިޔޭގެ އެންމެ ވަރުގަދަ ފޯވާޑް ލައިން އޮތީ އާޖެންޓީނާގައި: އިކާޑީ

23 އޯގަސްޓު 2017
ދުނިޔޭގެ އެންމެ ވަރުގަދަ ފޯވާޑް ލައިން އޮތީ އާޖެންޓީނާގައި: އިކާޑީ
27 ޖޫން 2017

ވޯލްޑްކަޕް ބިޑް ކާމިޔާބުކުރުމުގައި ޤަތަރަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

27 ޖޫން 2017
ވޯލްޑްކަޕް ބިޑް ކާމިޔާބުކުރުމުގައި ޤަތަރަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
06 ޖޫން 2017

ނޭމާ ނެތަސް ދެން ތިބި ކުޅުންތެރިންނާއެކު އާޖެންޓީނާއާ ދެކޮޅަށް ތަފާތު ދެއްކޭނެ: ވިލިއަން

06 ޖޫން 2017
ނޭމާ ނެތަސް ދެން ތިބި ކުޅުންތެރިންނާއެކު އާޖެންޓީނާއާ ދެކޮޅަށް ތަފާތު ދެއްކޭނެ: ވިލިއަން
03 ޖޫން 2017

އާޖެންޓީނާގެ ކޯޗުކަމާއި ސަމްޕައޮލީ ހަވާލުވެއްޖެ

03 ޖޫން 2017
އާޖެންޓީނާގެ ކޯޗުކަމާއި ސަމްޕައޮލީ ހަވާލުވެއްޖެ
20 މެއި 2017

އާޖެންޓީނާ ޓީމުގެ ކޯޗުކަން ވަނީ ހުށަހަޅާފައި، މިފަހަރު ރިޖެކްޓުނުކުރާނަން: ސަމްޕޯލީ

20 މެއި 2017
އާޖެންޓީނާ ޓީމުގެ ކޯޗުކަން ވަނީ ހުށަހަޅާފައި، މިފަހަރު ރިޖެކްޓުނުކުރާނަން: ސަމްޕޯލީ
16 މެއި 2017

ބެންގަލޫރު މެޗަށްފަހު ޓީމު އޮތީ އިތުބާރާއެކު، މާޒިޔާ ބަލިކުރެވޭނެ: އަބަހާނީ ކޯޗު

16 މެއި 2017
ބެންގަލޫރު މެޗަށްފަހު ޓީމު އޮތީ އިތުބާރާއެކު، މާޒިޔާ ބަލިކުރެވޭނެ: އަބަހާނީ ކޯޗު
13 މެއި 2017

މާޒިޔާ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ހުރީ ހަނު!

13 މެއި 2017
މާޒިޔާ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ހުރީ ހަނު!
11 އެޕްރީލު 2017

އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި

11 އެޕްރީލު 2017
އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި
29 މާރިޗު 2017

ބޮލީވިއާ އަތުން ބަލިވެ އާޖެންޓީނާއަށް ގޮންޖެހުންތަކެއް

29 މާރިޗު 2017
ބޮލީވިއާ އަތުން ބަލިވެ އާޖެންޓީނާއަށް ގޮންޖެހުންތަކެއް
04 މާރިޗު 2017

ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ

04 މާރިޗު 2017
ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު