Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ދުނިޔޭގެ އާބާދީ 8 ބިލިއަނަށް އެރުން

އާބާދީ 8 ބިލިއަނަށް: ޚިޔާލަކީ ކޮބާ؟

އިންޑިއާއިން އެކަނިވެސް 180 މިލިއަން މީހުން އިތުރުވެ، ޤައުމުގެ ޖުމުލަ އާބާދީ 1.38 ބިލިއަނަށް އަރާ ކަމަށް އަންދާޒާ ކޮށްފައިވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 16 ނޮވެމްބަރު 2022 | ބުދަ 18:30
ދުނިޔޭގެ އާބާދީ އިތުރު ވަމުން ދިޔަ ކަމުގައި ވީ ނަމަވެސް، އާބާދީ އިތުރުވާ ރޭޓް ވެއްޓެމުން ދާ ކަން، އާބާދީ ދިރާސާ ކުރާ ފަރާތްތަކުން ފާހަގަ ކުރޭ

ދުނިޔޭގެ އާބާދީ އިތުރު ވަމުން ދިޔަ ކަމުގައި ވީ ނަމަވެސް، އާބާދީ އިތުރުވާ ރޭޓް ވެއްޓެމުން ދާ ކަން، އާބާދީ ދިރާސާ ކުރާ ފަރާތްތަކުން ފާހަގަ ކުރޭ

ނޮވެމްބަރު 15 ވީ އަންގާރަ ދުވަސް، ދުނިޔޭގެ ތަރީޚުގައި ލިޔެވިގެން ދަނީ، އިންސާނީ ދަރިފަސްކޮޅުގެ އާބާދީ، 8 ބިލިއަންގެ ފާހަގަ ހުރަސް ކުރި ދުވަހުގެ ގޮތުގައެވެ. ދުނިޔޭގެ އާބާދީ، 8 ބިލިއަންގެ ފާހަގަ ހުރަސް ކުރި ކަން ކަށަވަރު ކޮށްދެމުން، އދއިން ވަނީ އިންޒާރުގެ ވަރުގަދަ މެސެޖެއްވެސް ދީފައެވެ. މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން، ވަސީލަތްތަކުގެ ދަތިކަމާ މިހާރުވެސް ކުރިމަތިލާން ޖެހިފައިވާ ސަރަޙައްދުތަކުގެ މުސްތަޤުބަލުގައި އޮތީ އިތުރު ތަކުލީފުތައް ކަމަށް އދއިން އިންޒާރު ކުރެއެވެ.

2080ގެ އަހަރުތައް އަންނައިރު ދުނިޔޭގެ އާބާދީއާ އަދި އިތުރު 2.4 ބިލިއަން މީހުން ގުޅޭނެ ކަމަށް އަންދާޒާ ކުރާ އިރު، ފެނާއި ކާބޯތަކެތިން ފެށިގެން ބެޓެރީއާއި ތެލުގެ ސަޕްލައިއަށް ބެލި ކަމުގައި ވީ ނަމަވެސް، ދުނިޔޭގެ އާބާދީއަށް އެންމެ އެކަށީގެންވާ މިންވަރަށް ނުލިބިދާނެ ކަމަށް އދގެ ލަފާ ކުރުންތަކުން ދައްކައެވެ.

ދުނިޔޭގެ އާބާދީއަށް 8 ބިލިއަން މީހުން ހަމަވި މި ތާރީޚީ ވަގުތުގައި ވިހޭ މައިންގެ ޖަޒުބާތުތަކުގައިވެސް ވަނީ މަސްހުނި އިޙްސާސްތަކެކެވެ.

އިންޑިއާގެ ޣާޒީއާބާދުގައި ވިހޭ އަޕަރްނާ ޝަރުމާ ބުނި ގޮތުގައި މުސްތަޤުބަލާ މެދު އޭނާ ޖެހިލުންވެއެވެ. ދުވަހަކަށް ވުރެ ދުވަހެއް، ވާދަވެރިކަން އިތުރު ވަމުން ދާތީއެވެ.

ލުބްނާންގެ ވެރިރަށް ބެއިރޫތުގައި އުޅޭ އީމާން އަބޫ-ދާލީގެ ފިކުރު ތަފާތެވެ.

ދުނިޔޭގެ އާބާދީ، 8 ބިލިއަންގެ ފާހަގަ ހުރަސްކޮށްފައި ވާ އިރު، އެންމެ ފަހުން އިތުރުވި 1 ބިލިއަން މީހުން އިތުރު ވެފައި ވަނީ މިދިޔަ 11 އަހަރު ދުވަހުގެ ތެރޭގައެވެ.

އާބާދީއަށް މީހުން އިތުރުވި ގޮތަށް ބަލާއިރު، އެންމެ ގިނަ ޢަދަދަކަށް މީހުން އިތުރުވެފައި ވަނީ އޭޝިއާ ސަރަޙައްދުންނެވެ. އިންޑިއާއިން އެކަނިވެސް 180 މިލިއަން މީހުން އިތުރުވެ، ޤައުމުގެ ޖުމުލަ އާބާދީ 1.38 ބިލިއަނަށް އަރާ ކަމަށް އަންދާޒާ ކޮށްފައި ވާ އިރު، ދުނިޔޭގެ ނިސްބަތުން އެންމެ އާބާދީ ބޮޑު ޤައުމުގެ ރެކޯޑްވެސް އިންޑިއާއިން އުފުލާލާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ. މިވަގުތު އެ ރެކޯޑް އޮތީ 1.4 ބިލިއަން މީހުންނާއެކު ޗައިނާގައި ކަމަށް ވާއިރު، ޗައިނާ ފަހަތަށް ޖައްސާލުމަށްފަހު، ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޤައުމުގެ ރެކޯޑް، އިންޑިއާއިން އުފުލާލާނީ 2023 ވަނަ އަހަރު ކަމަށް ވަނީ ލަފާކޮށްފައެވެ.

ކަން މިހެން އޮތް ނަމަވެސް، 2011 ވަނަ އަހަރުން ފަށައިގެން އިންޑިއާގެ އާބާދީގެ, އިތުރު ނިސްބަތް އުޅެނީ 1.2 ޕަސެންޓްގައެވެ. އޭގެ ކުރީ 10 އަހަރު ދުވަހުގެ 1.7 ޕަސެންޓާ އަޅާ ބަލާއިރު، އެއީ ދަށް ޢަދަދެކެވެ.

ދުނިޔޭގެ އެހެން މަންޒިލްތަކަށް ބަލާއިރު ވިލާތުގެ ޤައުމުތަކުގެ އިތުރުން އެމެރިކާ އަދި ޖަޕާނުގައި އަލަށް އުފަންވާ ކުދިންގެ ޢަދަދު ދަނީ ދަށަށެވެ. އަލަށް އުފަންވާ ކުދިންގެ ޢަދަދު އިތުރު ކުރުމުގައި ޗައިނާއަށްވެސް ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. މީގެ ކުރިން ޗައިނާއަކީ ކޮންމެ ދެމަފިރިއަކަށް 1 ދަރީގެ ސިޔާސަތު ތަންފީޒު ކުރަމުން ދިޔަ ޤައުމެކެވެ. އެ ސިޔާސަތަށް ބަދަލު ގެނެސްގެންވެސް، ޗައިނާގެ އާބާދީ އިތުރުވުމުގެ ބައްޓަމަށް އަދި މާ ބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ.

ދުނިޔޭގެ އާބާދީ އިތުރު ވަމުން ދިޔަ ކަމުގައި ވީ ނަމަވެސް، އާބާދީ އިތުރުވާ ރޭޓް ވެއްޓެމުން ދާ ކަން، އާބާދީ ދިރާސާ ކުރާ ފަރާތްތަކުން ފާހަގަ ކުރެއެވެ. އެ ނިސްތަބް އުޅެނީ އަހަރަކު 1 ޕަސެންޓަށް ވުރެ ދަށުގައި ކަމަށް ވާ އިރު، 2037 ގެ ކުރިން ދުނިޔޭގެ އާބާދީ 9 ބިލިއަނަށް ނާރާ ހިފަހައްޓާލެވޭނެ ކަމަށްވެސް ޑެމޯގްރާފަރުން އަންދާޒާ ކުރެއެވެ. އދގެ އަންދާޒާތަކަށް ބަލާއިރު، ދުނިޔޭގެ އާބާދީ އެންމެ ބޮޑަށް އިތުރު ވާނީ 2080ގެ އަހަރުތަކުގައެވެ. އެހާތަނުގައި ދުނިޔޭގެ އާބާދީ އުޅެނީ 10.4 ބިލިއަންގައި ކަމަށާ، 2100 ވަނަ އަހަރު އަންނައިރުވެސް ދުނިޔޭގެ އާބާދީ އުޅޭނީ އެހާކަންވަރުގައި ކަމަށް އދގެ އަންދާޒާތަކުން ދައްކައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!

ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!

08 އޯގަސްޓު 2017
ޖީ20 އަކީ ކޮބާ؟

ޖީ20 އަކީ ކޮބާ؟

09 ޖުލައި 2017
ރަސްފަންނަށް ގެންނަން ބުނި "ކޭއެފްސީ" އާއި "ޕިއްޒާ ހަޓް" ކޮބާ؟

ރަސްފަންނަށް ގެންނަން ބުނި "ކޭއެފްސީ" އާއި "ޕިއްޒާ ހަޓް" ކޮބާ؟

28 ޖޫން 2017
ޓިއުބް ލައިޓްގެ އަސްލު ވާހަކަ އަކީ ކޮބާކަން އެނގޭތަ؟

ޓިއުބް ލައިޓްގެ އަސްލު ވާހަކަ އަކީ ކޮބާކަން އެނގޭތަ؟

15 ޖޫން 2017
ގަތަރު މައްސަލާގައި އެމެރިކާގެ އަސްލު ރައުޔަކީ ކޮބާ؟

ގަތަރު މައްސަލާގައި އެމެރިކާގެ އަސްލު ރައުޔަކީ ކޮބާ؟

10 ޖޫން 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު