Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސޯމާލިއާއަށް ކުރިމަތިވެފައިވާ ހަނަފަސްކަން

ހަނަފަސްކަމޭ ބުނުމުން ސިފަކުރެވެނީ ހިކިފައި އޮތް ބިމެއްނަމަ، ދެވަނަ ވިސްނުމަކަށް ދާން މަޖުބޫރު!

ސޯމާލިއާއަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ހަނަފަސްކަމަކީ، ފާއިތުވި 40 އަހަރެއްހާ ދުވަހުގެ ތާރީޚަށް ބަލާއިރު، އެ ގައުމަށް ތަޖުރިބާކުރަން ޖެހުނު އެންމެ ތަކުލީފު ބޮޑު ހަނަފަސްކަން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 16 ނޮވެމްބަރު 2022 | ބުދަ 16:41
މޫސުމީ ނޭދެވޭ ބަދަލުތަކާ ގުޅިގެން ހިޖުރަކުރާ ގިނަ މީހުން އަދިވެސް ވަޒަންވެރިވަމުން ދަނީ އެމީހުން ނިސްބަތްވާ ގައުމުގެ ސަރަހައްދީ އިމުގެތެރޭގައި

މޫސުމީ ނޭދެވޭ ބަދަލުތަކާ ގުޅިގެން ހިޖުރަކުރާ ގިނަ މީހުން އަދިވެސް ވަޒަންވެރިވަމުން ދަނީ އެމީހުން ނިސްބަތްވާ ގައުމުގެ ސަރަހައްދީ އިމުގެތެރޭގައި

އިސްހާގް ހަސަން ދިރިއުޅެމުންދަނީ ސޯމާލިއާގެ ބައިދޯއާ ސިޓީއަށް ހިޖުރަކުރާ ފަރާތްތަކަށް ޚާއްސަކޮށްފައިވާ ކޭމްޕެއްގައެވެ. އޭނާއަކީ، ޖެނުއަރީ މަހުން ފެށިގެން 5 ފަހަރެއްގެ މަތިން، ވިއްސާރަ މޫސުން ފެއިލްވުމުގެ ސަބަބުން ގެދޮރު ގެއްލުނު މިލިއަނަކަށްވުރެ ގިނަ މީހުންގެ ތެރެއިން އެކަކެވެ.

ސޯމާލިއާއަށް މިއަދު ކުރިމަތިލާންޖެހިފައިވާ ހަނަފަސްކަމަކީ، ފާއިތުވި 40 އަހަރެއްހާ ދުވަހުގެ ތާރީޚަށް ބަލާއިރު، އެ ގައުމަށް ތަޖުރިބާކުރަން ޖެހުނު އެންމެ ތަކުލީފު ބޮޑު ހަނަފަސްކަމެވެ. އުމުރުން 82 އަހަރުގެ އިސްހާގް ހަސަން ބުނިގޮތުގައި، ބަނޑުހައިހޫނުކަމުގެ ސަބަބުން މީހުންގެ ހަށިގަނޑަށް ނިކަމެތިކަން ކުރިމަތިވުމުގެ ނަތީޖާއެއްގެގޮތުން، ފުރާނަ ސަލާމަތްކުރުމަށްޓަކައި ހިޖުރަކުރަން މަޖުބޫރުވީއެވެ. ނަމަވެސް، އޭނާއަށްވެސް، ކާރިސާއިން މުޅިއަކުން ސަލާމަތްވެވޭ ގޮތެއް ނުވިއެވެ.

ހިޖުރަވެރިންނާ ބެހޭ އދ.ގެ ބައިނަލްއަގުވާމީ ޖަމްއިއްޔާއިން ބުނާގޮތުގައި، މޫސުމީ ނޭދެވޭ ބަދަލުތަކާއެކު އުފެދޭ ކާރިސާތަކުގެ ސަބަބުން ކޮންމެ އަހަރަކުވެސް، އިސްހާގް ހަސަން ފަދަ 22 މިލިއަނެއްހާ މީހުންގެ ގެދޮރު ގެއްލެއެވެ.

ބައެއް މީހުންނަކީ، އުފުލެމުންދާ ކަނޑުތަކާ ގުޅިފައިވާ ގޮނޑުދޮށްތަކުގައި ނުވަތަ ރަށު ތެރޭގައި ދިރިއުޅުން ބިނާކޮށްގެން އުޅެމުން ދިޔަ މީހުންނެވެ. އަނެއްބައި މީހުންނަކީ، ހޫނުގަދަވެ، ގަނޑުފެންތައް ވިރި، ކަނޑައިގެންދާ ފަރުބަދަތަކުގެ ސަބަބުން ގެދޮރު ގެއްލިގެންދާ މީހުންނެވެ.

އަމިއްލަ ވަޒަން ދޫކޮށްލަން މަޖުބޫރުވުމާއެކު، ތަފާތު އެކި ކަހަލަ ނުރައްކަލަށް އެފަދަ މީހުން ހުށަހެޅެއެވެ. ހަމަނުޖެހުންތަކާއި، ބަނޑުހައިހޫނު ކަމާއި، ތަފާތު އެކި ކަހަލަ ބަލިތަކަކީ ކުރިމަތިލާން ޖެހޭ ބައެއް ގޮންޖެހުންތައް ކަމަށް ތަޖުރިބާކާރުން ފާހަގަ ކުރައްވައެވެ. މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް ކުރިމަތިވަމުންދާއިރު، މި ހިނގާ 21 ވަނަ ގަރުނުގެ މެދަކާ ހިސާބަށް ދެވޭއިރު، މި ސަބަބާ ހެދި ގެދޮރު ގެއްލޭ މީހުންގެ އަދަދު 143 މިލިއަނަށް އަރާނެ ކަމަށްވެސް ތަޖުރިބާކާރުން އަންދާޒާ ކުރައްވައެވެ.

އަދުގެ ހާލަތު މިފަދަ ގޮތަކަށް އޮތްއިރު، މިސްރުގެ ޝަރަމުއްޝައިޚްގައި ކުރިއަށްދާ ކޮޕް27ގައި ބައިވެރިވާ، ތަރައްގީވަމުން އަންނަ ގައުމުތަކުން ދަނީ، މުއްސަނދި ގައުމުތަކުން މިކަމަށް އެހީވުމަށް ޑިމާންޑްތައް ކުރަމުންނެވެ.

ބައެއް ފަރާތްތަކުން ޑިމާންޑް ކުރަމުން ދަނީ މޫސުމީ ނޭދެވޭ ބަދަލުތަކަށް އަހުލުވެރި ވުމަށްޓަކައި، އިތުރު މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އަދި މިހާރު ލިބެމުންދާ ގެއްލުންތަކަށް، މުއްސަނދި ގައުމުތަކުން ބަދަލު ދިނުމަށްވެސް ދަނީ ޑިމާންޑް ކުރަމުންނެވެ.

އިމްތިތާލް މަހްމޫދަކީ ޔޫއެންއެޗްސީއާރްގެ ގުޑްވިލް އެމްބެސެޑަރެކެވެ. ސޫދާންގެ އެމެރިކާ ދަރިކޮޅަށް ނިސްބަތްވާ ޝާއިރެކެވެ. ސޫދާން ހަނގުރާމައިގެ ސަބަބުން އުފަން ފަސްގަނޑު ދޫކޮށްލި މީހެކެވެ. މޫސުމީ ނޭދެވޭ ބަދަލުތަކުން ކުރިމަތިކުރުވާ ތަކުލީފުތައް އެނގޭ ޒުވާނެކެވެ.

މޫސުމީ ނޭދެވޭ ބަދަލުތަކާ ގުޅިގެން ހިޖުރަކުރާ ގިނަ މީހުން އަދިވެސް ވަޒަންވެރިވަމުން ދަނީ އެމީހުން ނިސްބަތްވާ ގައުމުގެ ސަރަހައްދީ އިމުގެތެރޭގައެވެ. އެއީ ސަރުކާރުތަކުން، އެ ގައުމެއްގެ ރައްޔިތުންގެ ދަރަޖަ ދޭނެކަމަށްޓަކައެވެ. ނަމަވެސް ސަރަހައްދީ އިން ހުރަސްކޮށް ހިޖުރަކުރާ މީހުންނަށް ނުރައްކާ ބޮޑެވެ. އިނދަޖެހިގެންދާ ދިއުމަކުން ސަލާމަތްކޮށްދޭނެ ސޭފްޓީ ބެލްޓެއްވެސް ނޯވެއެވެ. ރެފިއުޖީންނާ ބެހޭ އދ.ގެ މުޢާހަދާއަށް ބަލާއިރު، މޫސުމީ ބަދަލުތަކާ ގުޅިގެން ހިޖުރަކުރާ މީހުންނަކީ ރެފިއުޖީން ކަމުގައި ބެލޭކަށްވެސް ނޯވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދު: ޒުވާނުންނަށް އޮތް ފިލާވަޅެއް

ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދު: ޒުވާނުންނަށް އޮތް ފިލާވަޅެއް

19 ނޮވެމްބަރު 2017
ޣައްދާރުވެއްޖެ، މުއިއްޒު މަގާމުގައި ދެމިހުންނެވުމުގެ ހައިސިއްޔަތެއް އެބަ އޮތްތަ؟

ޣައްދާރުވެއްޖެ، މުއިއްޒު މަގާމުގައި ދެމިހުންނެވުމުގެ ހައިސިއްޔަތެއް އެބަ އޮތްތަ؟

06 އޮކްޓޯބަރު 2017
ގޮނޑުދޮށުގައި ވެއްޓިފައިއޮތް 16 މަހުގެ ތުއްތު ކުއްޖާގެ ފޮޓޯ: ލައްކަ ވާހަކަ

ގޮނޑުދޮށުގައި ވެއްޓިފައިއޮތް 16 މަހުގެ ތުއްތު ކުއްޖާގެ ފޮޓޯ: ލައްކަ ވާހަކަ

10 ސެޕްޓެމްބަރު 2017
ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟

ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟

03 ސެޕްޓެމްބަރު 2017
ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.

ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.

22 އޯގަސްޓު 2017

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު