Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާގެ ރިޔާސީ އިންތިޚާބު

2024ގެ ރިޔާސީ ރޭހަށް ކުރިމަތިލައްވާނެކަން ޓްރަމްޕް އިއުލާނު ކުރައްވައިފި

ރިޕަބްލިކަން ޕާޓީގެ ރިޔާސީ ނޮމިނޭޝަން ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 16 ނޮވެމްބަރު 2022 | ބުދަ 04:43
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް 2024 ގެ ރިޔާސީ ރޭހަށް ނުކުންނަވާނެކަން އިއުލާނު ކުރައްވައިފިއެވެ.

އަންގާރަ ދުވަހުގެރޭ ފްލޮރިޑާގެ މާއަ ލާގޯގައި ހުންނަވައި ސަޕޯޓަރުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ނޮމިނޭޝަން ހޯއްދެވުމަށް މަސައްކަތް ކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެއީ ރިޕަބްލިކަން ޕާޓީއަށްވެސް އެންމެ ފައިދާވާނެ ގޮތް ކަމުގައި ޓްރަމްޕް ވިދާޅުވެއެވެ.

އެމެރިކާގެ ރިޔާސީ ރޭހަށް 2 އަހަރު ދުވަސް އަދި އޮތް އިރު، ރޭހުގެ މައިދާނަށް ޓްރަމްޕަށް ނުކުންނެވޭނީ ޕާޓީގެ ތާއީދުވެސް ކަށަވަރު ކުރައްވައިގެންނެވެ. މާޗް މަހު ކުރިއަށް ގެންދިޔަ ޚިޔާލު ހޯދުމުގެ ސާވޭއެއްގެ ނަތީޖާއަށް ބަލާއިރު 56 ޕަސެންޓް މީހުން ވަނީ ޓްރަމްޕަށް 2 ވަނަ ދައުރެއް ދޭނެ ކަމަށް އިޝާރާތް ކޮށްފައެވެ. އެއީ ނޮވެމްބަރު 2020 ގެ އިންތިހާބަށް ފަހު، މި ޢަދަދު މިހާ މައްޗަށްވެސް އެރި ފުރަތަމަ ފަހަރެވެ.

އެއާއެކު، ޓްރަމްޕް ވަނީ ރަސްމީކޮށް ރިޔާސީ ރޭހުގެ ކެމްޕޭންވެސް އިއުލާނު ކުރައްވާފައެވެ. ޓްރަމްޕް ސިފަ ކުރައްވާ ގޮތުގައި މިއީ ހަމައެކަނި ޓްރަމްޕްގެ ކެމްޕޭނެއް ނޫނެވެ. މިއީ ހުރިހާ ރައްޔިތުންގެ ކެމްޕޭނެއްގެ ގޮތުގައި ޓްރަމްޕް ވަނީ ސިފަ ކުރައްވާފައެވެ.

ސީއެންއެންގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ޓްރަމްޕްގެ ކެނޑިޑެސީއާ ގުޅޭ ލިޔެކިޔުންތައް މިހާރު ވަނީ ފެޑެރަލް އިލެކްޝަން ކޮމިޓީއަށްވެސް ފޮނުވާފައެވެ.

ނޮވެމްބަރު 2020ގެ އިންތިޚާބުގައި، މިހާރުގެ ރައީސް ޖޯ ބައިޑަންގެ މައްޗަށް ކުރި ހޯއްދެވުމަށް ފެއިލްވެވަޑައިގެން، ފާއިތުވީ 18 މަހެއްހާ ދުވަސް ޓްރަމްޕް ހޭދަ ކުރެއްވީ އިންތިޚާބު އޮޅުވާލާފައިވާ ކަމުގެ އިލްޒާމުތަކުގެ ޝަކުވާތަކައިގެން ކަމުގައި ވީ ނަމަވެސް، ކުރިއަށް އޮތް 2024 ގެ ރިޔާސީ ރޭހުގައި އަނެއްކާވެސް ޓްރަމްޕް ވާދަ ކުރައްވާނެކަން މިހާރު މި ވަނީ ޔަޤީންވެފައެވެ.

ވެރިކަމުގެ 2 ވަނަ ދަޢުރަކަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ޓްރަމްޕަށް ހުޅުވިގެން ދިޔައީ، 2 ވަނަ ފަހަރަށް ޓްރަމްޕް ޢަޒުލު ކުރުމަށް ސެނެޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި، ޓްރަމްޕާ ދެކޮޅަށް މައްސަލަ ނިންމޭ ގޮތް ނުވުމުން، ފެބްރުއަރީ 2021 ގައެވެ. އެއީ އެމެރިކާގެ ތާރީޚުގައިވެސް ރައީސްއަކު ޢަޒުލު ކުރުމަށް ހިންގި އެންމެ ކުރު އަޑުއެހުން ވެސްމެއެވެ. 

ސެނެޓުން ޓްރަމްޕާ ދެކޮޅަށް މައްސަލަ ނިންމި ނަމަ، ދެން ދުވަހަކުވެސް އެމެރިކާގެ ރިޔާސީ ރޭހެއްގައި ޓްރަމްޕަކަށް ވާދައެއް ނުކުރެއްވޭނެއެވެ. ނަމަވެސް ޓްރަމްޕާ ދެކޮޅަށް ވޯޓު ދެއްވީ 7 ރިޕަބްލިކަން މެންބަރުންނާއި 50 ޑިމޮކްރޭޓުންނެވެ. ޢަޒުލު ކުރުމަށް ބޭނުންވި 3 ބައިކުޅަ 2 ބައި އަޣުލަބިއްޔަތު ނުލިބިއެވެ. 

ޓްރަމްޕާ ދެކޮޅަށް ޝަރިއަތްތަކެއް ކުރިއަށް ދާއިރު، އެއީ ސީރިއަސް މައްސަލަތަކެކެވެ. ދަޢުލަތުގެ ސިއްރު ލިޔެކިޔުންތަކެއްގެ ޚިޔާނާތުގެ މައްސަލައިގެ އިތުރުން ޓެކްސަށް މަކަރު ހެއްދެވި ކަމުގެ މައްސަލަވެސް އެބައޮތެވެ. ޓްރަމްޕާ ދެކޮޅަށް ހުރި ދަޢުވާތަކުގެ ލިސްޓަށް ބަލާއިރު، އަބުރުގެ ދަޢުވާވެސް ހިމެނެއެވެ. 

ކަން މިހާރު ހިނގަމުން ދާ ގޮތަށް ދާ ނަމަ، ރައީސް ކަމަށް އަލުން ކުރިމަތިލެއްވުމުގެ ފުރުޞަތު، އަދިވެސް ޓްރަމްޕަށް އެބަ އޮތެވެ. ޖިނާއީ ކުށެއް ސާބިތުވެއްޖެނަމަހީވެސް މެއެވެ. ޖަލުގައި ތިބެގެންވެސް 3 ކެންޑިޑޭޓަކު ވަނީ އެމެރިކާގެ ރިޔާސީ ރޭހުގައި ވާދަކޮށްފައެވެ. 

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި

މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު