Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭސީ މިލާން

ރަފައެލް ލިއޯގެ ވިސްނުން ހުރީ އޭސީ މިލާންގައި މަޑުކުރުމަށް

އޭސީ މިލާނާއެކު ލިއޯ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ނޮވެމްބަރު 2022 | ބުދަ 02:10
ރަފައެލް ލިއޯ

ރަފައެލް ލިއޯ

އީޓާލިއަން ލީގުގެ އޭސީ މިލާނަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޒުވާން ފޯވާޑް ރަފައެލް ލިއޯގެ ވިސްނުމަކީ އެ ކުލަބުގައި މަޑުކުރުން ކަމަށް އޭނާގެ ބައްޕަ ބުނެފިއެވެ.

ލީގު ދޫކޮށް ލިއޯ އޭސީ މިލާނަށް ބަދަލުވީ 2019 ވަނަ އަހަރުއެވެ. އޭނާ އެ ކުލަބަށް ގުޅުނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުއެވެ. މިލާންގައި ލިއޯ އަންނަނީ މޮޅު ކުޅުމެއް ވެސް ދައްކަމުންނެވެ. އެހެންވެ އޭނާ ހޯދުމަށް ޔޫރަޕުގެ ބައެއް ކުލަބުތަކުން ފާރަލަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެކަމާ ގުޅިގެން ލިއޯގެ ބައްޕަ ބުނީ މިލާނާއެކު 2024 ވަނަ އަހަރާ ހަމައަށް ލިއޯ ހަދާފައިވާ އެއްބަސްވުމެއް އޮތް ކަމަށެވެ. އޭނާ ބުނީ މިހާރު ކުރަމުން އަންނަނީ މިލާނާއެކު އައު އެއްބަސްވުމެއް ހެދުމުގެ މަޝްވަރާތައް ކަމަށެވެ. އޭނާ ބުނީ އެ މުއްދަތާ ހަމައަށް ލިއޯ ހުރިިހާ ކަމަކާ ކުރިމަތިލާނެ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ އިޓާލިއަން ލީގުގައި ހުރުމަކީ ލިއޯ އެންމެ ބޭނުންވާ ގޮތް ކަމަށެވެ.

މިލާނަށް ބަދަލުވުމަށްފަހު ލިއޯ ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 135 މެޗުން 34 ލަނޑު ޖަހާފައެވެ. މި ސީޒަންގައި އޭނާ ވަނީ 20 މެޗު ކުޅެ ހަތް ލަނޑު ޖަހާފައެވެ. ލިއޯ އުމުރުން 23 އަހަރުގެ ލިއޯ އަންނަނީ މިދިޔަ އަހަރުން ފެށިގެން ޕޯޗުގަލް ޤައުމީ ޓީމުގައި ވެސް ކުޅެމުންނެވެ.

އިތުރަށް ކިޔާލަން

13 މެއި 2017

މާޒިޔާ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ހުރީ ހަނު!

13 މެއި 2017
މާޒިޔާ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ހުރީ ހަނު!
02 މެއި 2017

އެމްއާރްޑީސީއާ އެމްއޭސީއެލް ސެމީއަށް

02 މެއި 2017
އެމްއާރްޑީސީއާ އެމްއޭސީއެލް ސެމީއަށް
18 އެޕްރީލު 2017

އަންޗެލޮޓީގެ ވިސްނުން ރޮނާލްޑޯ ހުއްޓުވުމަށް

18 އެޕްރީލު 2017
އަންޗެލޮޓީގެ ވިސްނުން ރޮނާލްޑޯ ހުއްޓުވުމަށް
21 މާރިޗު 2017

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

21 މާރިޗު 2017
ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް
21 މާރިޗު 2017

ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް

21 މާރިޗު 2017
ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް
19 މާރިޗު 2017

ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން

19 މާރިޗު 2017
ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން
11 މާރިޗު 2017

އިޓާލިއަން ލީގު: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް އަށް 11 ޕޮއިންޓްގެ ލީޑެއް

11 މާރިޗު 2017
އިޓާލިއަން ލީގު: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް އަށް 11 ޕޮއިންޓްގެ ލީޑެއް
14 ފެބުރުއަރީ 2017

އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް

14 ފެބުރުއަރީ 2017
އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް
14 ފެބުރުއަރީ 2017

ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް

14 ފެބުރުއަރީ 2017
ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު