Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ތެރެއިން އަނެއްކާވެސް "ޚުދުމުޚުތާރު ރިޔާސަތެއްގެ އަޑު ގަދަވަނީ"

މެމްބަރުން ވިދާޅުވަނީ މަޖިލީހުގެ ރިޔާސަތުގެ އިތުބާރު ނެތްކަމަށް ވޯޓު ނަގަން ބޭނުންވާވަރަށް ވޯޓު ލިބިފައިވާކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 15 ނޮވެމްބަރު 2022 | އަންގާރަ 13:40
މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް

މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް

އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހަކީ ނިކަން ސިޔާސަ މަޖިލީހެކެވެ. ރާއްޖޭގައި ރައްޔިތުންގެ މަޖިލީހުގެ ނަމުގައި މަޖިލިސްކުރާ ގެއެއް އުފެދި މިހާ ހިސާބަށް ދުވަސްތައް ވޭތުވެގެން އައިއިރު, މިއީ ސިޔާސީ ހަރަކާތް ކުރަހައިދޭ މައި ނާރެހޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ކޮންމެ ވެރިކަމަކަށްވެސް އޮންނަ އެންމެ ބޮޑު ބާރުވެރިކަމަކީ އަދި އެންމެ ބޮޑު މުދަލަކީވެސް މަޖިލީހުގެ ބާރުވެރިކަމެވެ. އަދި ބައެއް ފަހަރު އެންމެ ބޮޑު ތުރާލަކީ، ތަކުލީފަކީވެސް މަޖިލީހެވެ.

ކޮންމެ ފަހަރަކުވެސް ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އައްޔަންކުރާއިރު ކިޔަނީ އެއްލަވައެކެވެ. މަޖިލީހުގެ ގޮނޑިއާ ހަމައަށް އަންނަން ކިޔަނީ އެއް ރައިވަރެކެވެ. ޚާއްސަކޮށް މަޖިލީހުގެ ރިޔާސަތަށް މެމްބަރަކު ގެންނައިރު ދައްކަނީ އެއް ވާހަކައެކެވެ. ދައްކާ ވާހަކައަކީ މަޖިލީސް ތޯހިރުކުރުމުގެ ވާހަކައެވެ. މަޖިލީހުގައި ސިޔާސީ ސަމާ ދައްކަން ފުރުސަތު ނުދިނުމުގެ ވާހަކައެވެ. މަޖިލީހުގެ ގަވާއިދަކީ ރިޔާސަތުގައި އިންނަވާ ބޭފުޅަކު ހިތްޕުޅާ ހަމަވާގޮތަކަށް ފަހުމުކުރައްވާ އެއްޗަކަށް ނުހެދުމުގެ ވައުދުގެ ވާހަައެވެ.

މަޖިލީހުގެ ތާރީޚަށް ބަލައިލުމުން، މަޖިލީހުގެ ރައީސްކަން ހޯދުމަކީ ފަސޭހަކަމަކަށް ވީނަމަވެސް ރިޔާސަތުގައި ދެމިހުރުމަކީ އުނދަގޫ ކަމެކެވެ. އަދި ރިޔާސަތުގައި ހުންނަވާ ޚުދުމުޚުތާރު ނޫން ގޮަތަކަށް ކަން ކުރެއްވުމަކީ އުނދަނގޫ ކަމަކަށް އޮންނަނީ ވެފައެވެ. އަބަދުވެސް އިވޭ ވާހަަކައަކީ ރިޔާސަތުން ހިތު ހުރިހާ ގޮތަކަށް މެމްބަރުންނަށް ފުރުސަތު ދޭ ވާހަކައެވެ. ރިޔާސަތުން ބިލްތައް އަވަސްކުރާ ވާހަކަ، ނުވަތަ ރަބަރު ސްޓޭމްޕް ޖަހާހެން ސަރުކާރުން ފޮނުވާހާ ބިލަކަށް އާނ، ހޫނ ބުނާ ވާހަކައެވެ. ނޫނީ ސަރުކާރު ހިންގަން ކޮންމެހެން މުހިންމު ބިލްތަކަށް ފައިން އަަރައި މަޖިލީހުގައި ތާށިކުރާ ވާހަކައެވެ.

މި މަޖިލިސްވެސް ވަކި ތަފާތެއް ނުވިއެވެ. މިއަދު މަޖިލީހުން އިވޭ ވާހަކައަކީ، އިވޭ އަޑަކީ މެމްބަރުންގެ ޝަކުވާތަކުގެ ވާހަކައެވެ. މިދިޔަ ދެ ދުވަސް ވޭތުކުރީ ޓެކްސް ނެގުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވޯޓަށް ނާހައި ރިޔާސަތުން ބޮޑާ ހޭކި ހުތުރު މަންޒަރެވެ. ބަހަނާތައް ދައްކަވައި، އެހެންޏާ ނޫޅޭ މޭރުމަކުން ގަސްތުގައި އެ ބިލު ދިގުދަންމާ މަންޒަރެވެ. އަދި އެކަމާ މެމްބަރުން ނުރުހުންވެ މަޖިލީހުގައި އިހުތިޖާޖުކުރާ މަންޒަރުވެސް ދެކެފީމެވެ.

މަޖިލީހުގެ ރިޔާސަތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންނަވާ އެމްޑީޕީގެ މެމްބަރުން، ނުކުމެ އެމަނިކުފާނުގެ އަމަލުތައް ޚުދުމުޚުތާރުކަމަށް ބުނާނެ ދުވަހެއް ދެކެފާނެ ކަމަކަށް ފަހަރުގައިވެސް ހީވެފައެއް ނެތެވެ. އެކަމަކު ސިޔާސީ ކުޅިވަރަކީ މިކަހަލަ ކަމެކެވެ. ފެންނަ ފެނުމަށް މެމްބަރުންގެ ތެރެއިން ގިނަ ބޭފުޅުން ބޭނުންފުޅުވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާށެވެ. އެހާވެސް މެމްބަރުންގެ ކެތްތެރިކަން ކުޑަވެއްޖެއެވެ. މެމްބަރުން ވިދާޅުވަނީ މަޖިލީހުގެ ރިޔާސަތުގެ އިތުބާރު ނެތްކަމަށް ވޯޓު ނަގަން ބޭނުންވާ ވަރަށް ވޯޓުވެސް ލިބި ފަރުޖެހިފައިވާ ކަމަށެވެ. މިހާރު އެ އިތުބާރު ނެތްކަމުގެ ވޯޓާ މެމްބަރުންނާ ދެމެދު ހުންނެވި ބޭފުޅަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހެވެ.

އިތުރަށް ކިޔާލަން

31 ޖުލައި 2017

މަސީހުގެ ސަބަބުން މަޖިލީހުގެ ރިޔާސަތުގެ އިއްޒަތް ގެއްލިފައި

31 ޖުލައި 2017
މަސީހުގެ ސަބަބުން މަޖިލީހުގެ ރިޔާސަތުގެ އިއްޒަތް ގެއްލިފައި
03 ޖުލައި 2017

މަޖިލީހުގެ މެޖޯރިޓީ ގެއްލުން: ސަރުކާރުގައި މަރުތަޅު އެޅުން!

03 ޖުލައި 2017
މަޖިލީހުގެ މެޖޯރިޓީ ގެއްލުން: ސަރުކާރުގައި މަރުތަޅު އެޅުން!
03 ޖުލައި 2017

ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ

03 ޖުލައި 2017
ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ
26 ޖޫން 2017

ދެ އީދު ދޭތެރެއިން އިދިކޮޅު މީހުން ގެންނަ ބޮޑު އީދު

26 ޖޫން 2017
ދެ އީދު ދޭތެރެއިން އިދިކޮޅު މީހުން ގެންނަ ބޮޑު އީދު
25 މެއި 2017

ސަނާކީ މަޖިލިސް މެންބަރުން ބާކީކޮށް އަނެއްކާވެސް އަނެއް ދިމާލަށް

25 މެއި 2017
ސަނާކީ މަޖިލިސް މެންބަރުން ބާކީކޮށް އަނެއްކާވެސް އަނެއް ދިމާލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު