Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފީފާ ވޯލްޑް ކަޕް

ޤަތަރުން ތައްޔާރުކުރި ހަތް ފޫޓު އުސް 17 ފޫޓު ދިގު ބޫޓު، އުންމީދަކީ ދުނިޔޭގެ ރެކޯޑަކަށްވުން

ޤަތަރުގެ ޘަގާފީ ހަރަކާތްތަކާއެކު ކުރިއަށް ދިޔަ އެ އިވެންޓުން ވެސް ފެނިގެން ދަނީ މުބާރާތަށް އެ މީހުން ވަމުން އަންނަ ތައްޔާރީތަކާއި، އެ މީހުންގެ ފޯރި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 ނޮވެމްބަރު 2022 | އަންގާރަ 07:06
ޤަތަރުން ތައްޔާރުކުރި ބޫޓު

ޤަތަރުން ތައްޔާރުކުރި ބޫޓު

ޤަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕަށް އެ ޤައުމު އޮތީ އެންމެ ފުރިހަމަ އަށް ތައްޔާރުވެގެންނެވެ. އެ މީހުންގެ އުންމީދަކީ އެ ޤައުމުގައި ބާއްވާ ވޯލްޑް ކަޕަކީ މިހާތަނަށް ބާއްވާނެ އެންމެ ފުރިހަމަ ވޯލްޑް ކަޕަށްވުމެވެ.

މުބާރާތުގެ ތައްޔާރީތަކުގެ އިތުރުން އެ ޤައުމުގެ ރައްޔިތުން އަންނަނީ ތަފާތު ކަންކަން ކުރަމުންނެވެ. ދުވަސް ކޮޅެއް ކުރިން އެ ޤައުމަށް ނިސްބަތްވާ މީހަކު ވަނީ ވޯލްޑް ކަޕްގެ ޓްރޮފީ ރަމްޒުކޮށްދޭ ބިނާއެއް ގަލުން ހަދާފައެވެ. އެއީ މިހާތަނަށް ތައްޔާރުކުރި ވޯލްޑް ކަޕް ތަށި ރަމްޒުކޮށްދޭ އެންމެ ބޮޑު ބިނާއެވެ. މިފަހަރު ވެސް އެކަހަލަ ކަމެއް އެ މީހުން ކޮށްފިއެވެ. މިފަހަރު ތައްޔާރުކުރީ ބޫޓެކެވެ.

ޤަތަރުން ތައްޔާރުކުރި މި ފުޓުބޯޅަ ބޫޓަކީ 7 ފޫޓު އުސް އަދި 17 ފޫޓު ދިގު ބޫޓެކެވެ. ޤަތަރުން ތައްޔާކުރި މި ބޫޓު ރަސްމީކޮށް ދައްކާލުމަށް ބޭއްވި އިވެންޓުގައި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. ޤަތަރުގެ ޘަގާފީ ހަރަކާތްތަކާއެކު ކުރިއަށް ދިޔަ މި އިވެންޓުން ވެސް ފެނިގެން ދަނީ މުބާރާތަށް އެ މީހުން ވަމުން އަންނަ ތައްޔާރީތަކާއި، އެ މީހުންގެ ފޯރިއެެވެ. އެ އިވެންޓުގައި ބައިވެރިވީ ހަމައެކަނި ޤަތަރުގެ ރައްޔިތުންނެއް ނޫނެވެ. ޤަތަރަށް ޒިޔާރަތްކޮށްގެން އުޅޭ އެހެން ޤައުމުތަކުގެ މީހުން ވެސް ބައިވެރިވިއެވެ. އެ މީހުންނަށް ވެސް އެކަން ވެގެންދިޔައީ ވަރަށް ބޮޑު ހައިރާންކަމަކަށެވެ.

އެކަމުގައި ބައިވެރިވި މީހަކު ވާހަކަ ދައްކަމުން ބުނީ ޤަތަރުގައި އޮންނަނީ ވަރަށް ރަނގަޅު ޘަގާފަތެއް ކަމަށެވެ. އޭނާ ބުނީ ޤަތަރުން ފެންނަނީ އެ ޤައުމުން ވެސް އެހެން ޤައުމުތަކަށް އިސްކަން ދެމުން އަންނަ މަންޒަރެއް ކަމަށެވެ. އެގޮތުން އެކި އެކި ހިސާބުތަކުގައި މުބާރާތުގައި ވާދަކުރާ ޤައުމުތަކުގެ ދިދަތައް ދަމާފައިވާކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އޭނާ ބުނީ ޤަތަރުން ތައްޔާރުކޮށްފައިވާ ބޫޓު ވެސް ފެންނަނީ ވަރަށް ފުރިހަމަކޮށް ކަމަށެވެ. އޭނާ ބުނީ އެއީ ވަރަށް މަސައްކަތްތެރިކަން ދައްކުވައިދޭ ކަމެއް ކަމަށާއި، އެ ބޫޓަށް ދުނިޔޭގެ ރެކޯޑުން ޖާގަ ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އެއީ ހަމައެކަނި އޭނާގެ ޝުއޫރެއް ނޫނެވެ. ޤަތަރުގެ ރައްޔިތުންގެ އުންމީދަކީ ވެސް އެ ބޫޓަށް ރެކޯޑުން ޖާގަ ލިބުމެވެ.

ޤަތަރަށް ދަތުރުކުރި އެހެން މީހަކު ބުނީ މިއީ އޭނާ ޤަތަރަށް ދަތުރުކުރި ފުރަތަމަ ފަހަރުކަމަށެވެ. ޤަތަރުން ފެންނަނީ ފޯރިގަދަ، ހަރަކާތްތައް ގިނަ ވޯލްޑް ކަޕަކަށް ތައްޔާރުވަމުން އަންނަ މަންޒަރުކަމަށް ވެސް އޭނާ ބުންޏެވެ.

ޤަތަރުގެ މި ބޫޓަކީ މިހާތަނަށް ދުނިޔޭގައި ބަޔަކު ތައްޔާރުކުރި އެންމެ ބޮޑު ބޫޓު ކަމަށް ވެސް ބޭރުގެ ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. އެހެންކަމަށް ވަނީ ނަމަ މި ބޫޓަށް ދުނިޔޭގެ ރެކޯޑުން ޖާގަ ލިބޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޚަޝޯގީގެ މަރު: އިސްލާމީ ދައުލަތެއް ފަޟީހަތްވުން

ޚަޝޯގީގެ މަރު: އިސްލާމީ ދައުލަތެއް ފަޟީހަތްވުން

20 އޮކްޓޯބަރު 2018
ވަންދޫ އަންހެންވެރިން ފައިސަލްއަށް ތައްޔާރުކުރި މަލާފަތް!

ވަންދޫ އަންހެންވެރިން ފައިސަލްއަށް ތައްޔާރުކުރި މަލާފަތް!

10 ސެޕްޓެމްބަރު 2018
ރަށްވެހި ތަރައްގީ ފޮތުން ސަރުކާރު އިތުރަށް ފަލީހަތް!

ރަށްވެހި ތަރައްގީ ފޮތުން ސަރުކާރު އިތުރަށް ފަލީހަތް!

24 ޖުލައި 2018
ޑރ.މަޖީދު: ގެއްލި ދިޔައީ އަގުހުރި އުސްތާޛެއް

ޑރ.މަޖީދު: ގެއްލި ދިޔައީ އަގުހުރި އުސްތާޛެއް

23 މެއި 2018
ސްޓޭޖް މަތިން ފެނުނީ ތަރައްޤީގެ އައު އުސްމިނަކަށް ގައުމު ގޮސްފައިވާ ތަނެވެ

ސްޓޭޖް މަތިން ފެނުނީ ތަރައްޤީގެ އައު އުސްމިނަކަށް ގައުމު ގޮސްފައިވާ ތަނެވެ

01 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު