Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޕްރިންސް ހެރީ - މޭގަން މާކްލް

ކައިވެނި ބެއްލެވިތާ މަހެއް، މޭގަން މާކްލް އާލާސްވެ އިންނެވި ކަމުގެ އަޑު ފެތުރެން ފަށައިފި!

ހެރީއާއި މޭގަން ކައިވެނި ބައްލަވައިގަތީ މޭ 19ގައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 20 ޖޫން 2018 | ބުދަ 23:44
ޑިއުކް އެންޑް ޑަޗަސް އޮފް ސަސެކް، ހެރީއާއި މޭގަން

ޑިއުކް އެންޑް ޑަޗަސް އޮފް ސަސެކް، ހެރީއާއި މޭގަން

ޑިއުކް އެންޑް ޑަޗެސް އޮފް ސަސެކްސް، ޕްރިންސް އާއި ހެރީއާއި މޭގަން މާކެލް ކައިވެނި ބައްލަވައިގަތްތާ އެންމެ މަހެއްވީއިރު، މޭގަން އާލާސްވެ އިންނެވި ކަމުގެ ރިޕޯޓްތައް ވަނީ ފެތުރެން ފަށާފައެވެ.

36 އަހަރުގެ މޭގަން އާލާސްވެ އިންނެވިކަމުގެ ޚަބަރުތައް ފުރަތަމަ ފެތުރެން ފެށީ ސޯޝަލް މީޑީއާގައެވެ. އެކަމަނާ ހެދުން ތުރުކުރައްވާ ގޮތް ފާހަގަކޮށް، ގިނައިން ތުރުކުރައްވަނީ ގަޔަށް ދޫކޮށް ހުންނަ ހެދުންކޮޅުތައްކަން ޓްވިޓަރގައި ގިނަ ފަރާތްތަކުން ވަނީ ފާހަގަކުރަމުންނެވެ.

ބައެއް ފަރާތްތަކުން ވަނީ ދޫކޮށް ހުންނަ ހެދުން ލުމަކީ މީހަކު ބަލިވެއިން ކަމުގެ ނިޝާނެއް ނޫންކަން ފާހަގަކޮށްފައެވެ.

މީގެ އިތުރުން، އިނގިރޭސިވިލާތުގެ ޓެބްލޮއިޑް މަޖައްލާއެއްކަމަށްވާ "އޯކޭ!" އިން ވަނީ މޭގަން އާލާސްވެ އިންނެވިކަން 'ކަށަވަރު' ކޮށް، އާލާސްވެ އިންނެވީ އެންމެ ބޭފުޅަކަށް ނޫންކަމަށާއި އެއްމާބަނޑު ދެ ބޭފުޅުންނަށް ކަމަށް ބުނެފައެވެ.

އަދި މޭގަން "އަބަދުވެސް ކުދިން ހޯދަން ބޭނުންވާ" ކަމަށް ހޯމަ ދުވަހު 'ގުޑް މޯނިންގ ބްރިޓަން' އަށް ދެއްވި އިންޓަވިއުއެއްގައި މޭގަންގެ ބައްޕާފުޅު، ތޯމަސް މާކަލްވަނީ ވިދާޅުވެފައެވެ.

ނަމަވެސް ތޯމަސް ވިދާޅުވެފައިވަނީ މޭގަން މި ވަގުތު އާލާސްވެ އިންނެވިހެން ހީފުޅު ނުވާކަމަށާއި، ނަމަވެސް ވަރަށް އަވަހަށް އެކަމަނާ އާލާސްވެ އިންނަވާނެހެން ހީފުޅުވާ ކަމަށެވެ.

ކުރިން 'ޑެޑީސް ގަރލް' އެއް ގޮތައް އަމިއްލައަށް ސިފަ ކުރައްވާފައިވާ މޭގަން އާއި އެކަމަނާގެ ބައްޕަގެ ގުޅުމުގެ މައްސަލަތަކެއް ހުރިކަން މޭގަން ކައިވެނި ކުރެއްވި ދުވަހުވެސް އެނގިގެން ދިޔައެވެ. މޭގަންއާއި ހެރީ މޭ 19ގައި ކައިވެނި ކުރެއްވި އިރު، ތޯމަސް އެ ހަފްލާގައި ބައިވެރި ވެނުލައްވާކަން ފާހަގަ ކުރެވެއެވެ. ތޯމަސް ހަފްލާގައި ބައިވެރިވާގޮތަށް ފުރަތަމަ އޮތް ނަމަވެސް ކައިވެނި ކުރަން ދެ ދުވަހަށް ވެފައިވަނިކޮށް ކެންސިންގޓަން ޕެލެސްއިން ވަނީ މޭގަންގެ ބައްޕާފުޅުގެ ސިއްހީ ހާލަތުގެ ސަބަބުން ކައިވެނީގެ ހަފްލާގައި ބައިވެރި ވެނުލެއްވޭނެކަން ހާމަކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެކްސިކޯގެ މޭޔަރަކު ކިނބުލަކާ ކައިވެނި ކޮށްފި

މެކްސިކޯގެ މޭޔަރަކު ކިނބުލަކާ ކައިވެނި ކޮށްފި

02 ޖުލައި 2017
"ބާހްބަލީ"ގައި އުޅޭ ޕްރަބާސްއާ ކައިވެނިކުރުމަށް އެދި 6،000 މީހުން ހުށައެޅި

"ބާހްބަލީ"ގައި އުޅޭ ޕްރަބާސްއާ ކައިވެނިކުރުމަށް އެދި 6،000 މީހުން ހުށައެޅި

31 މެއި 2017
ބެންސްޓިލާ އާއި ޓޭލާގެ ކައިވެނި ރޫޅިއްޖެ

ބެންސްޓިލާ އާއި ޓޭލާގެ ކައިވެނި ރޫޅިއްޖެ

28 މެއި 2017
ކަރިޝްމާ ދެން ކައިވެނި ކުރާކަށް ބޭނުމެއް ނުވޭ: ބައްޕަ ރަންދީރު

ކަރިޝްމާ ދެން ކައިވެނި ކުރާކަށް ބޭނުމެއް ނުވޭ: ބައްޕަ ރަންދީރު

22 އެޕްރީލު 2017
ކަރިޝްމާ ވެސް ކައިވެނި ކުރަނީތަ؟

ކަރިޝްމާ ވެސް ކައިވެނި ކުރަނީތަ؟

17 އެޕްރީލު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު