Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޝަލަބީ އިބްރާހިމް

"އާދޭސް"އަކީ ގިނައިން އަޑުއެހިވަރަކަށް ރީތިވާ ކަހަލަ ލަވައެއް: ޝަލަބީ

އާދޭސް ނެރުނީ މިމަހުގެ 13 ގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 22 މެއި 2017 | ހޯމަ 13:43
ޝަލަބީގެ ފުރަތަމަ ވީޑިއޯ ލަވައިގެ ޕޯސްޓަރ

ޝަލަބީގެ ފުރަތަމަ ވީޑިއޯ ލަވައިގެ ޕޯސްޓަރ

އިންޑިއަން އައިޑޮލްގެ ފުރަތަމަ ސީޒަނުން ވިދާލި ޝަލަބީ އިބްރާހީމްގެ އެންމެ ފުރަތަމަ ނިކުތް އޭނާގެ ފުރަތަމަ ވީޑިއޯ ލަވަ "އާދޭސް" އަކީ ގިނައިން އަޑުއެހިވަރަކަށް ރީތިވާކަހަލަ ލަވައެއް ކަމަށް އޭނާ ބުނެފިއެވެ.

"އާދޭސް" ލަވައާ ބެހޭގޮތުން ރާއްޖެޓީވީގެ "ކުލަސްކްރީން" ޕްރޮގްރާމުގައިވާހަކަ ދައްކަމުން ޝަލަބީ ބުނީ އޭނާ އާންމުކޮށް ނުކިޔާ ވައްތަރެއްގެ ލަވައަކަށްވުމުން އަޑުއެހުމަށް ފަހު އެލަވަ ހަޑިއޭ އަދި ރީއްޗޭ ވެސް ބުނާ ކަމަށެވެ. އެ ލަވަ އަށް އޭނާ އެންމެ ރަނގަޅަށް މަސައްކަތް ކުރިކަމަށާއި އެއީ އޭނާއަށް ލިބުނު ކާމިޔާބީއެއް ކަމަށް ދެކޭ ކަމަށް ޝަލަބީ ބުންޏެވެ. އަދި މިލަވަ މިހާ ފުރިހަމަ ލަވައެއްގެ ގޮތުގައި ނެރެވުނީ ވަރަށް ގިނަ މީހުންގެ މަސައްކަތުން ކަން ފާހަގަކޮށް ޝަލަބީ ވަނީ އެހީވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

ޝަލަބީގެ "އާދޭސް" ނެރެފައި ވަނީ މިމަހުގެ 13 ވަނަ ދުވަހުގައެވެ.

ޝަލަބީގެ މެނޭޖަރ ޝަފީގް އަލީ (ސައްޕެ) ބުނި ގޮތުގައި އެ ލަވައަކީ "ޑިޕްރެޝަން ލަވްސްޓޯރީއެއް" ކަމަށެވެ. މި ލަވައިގެ ޝޫޓިން ތިން މަސްދުވަހުން ނިންމާލާފައިވާއިރު ބޮޑު ބައެއް ނަގާފައި ވަނީ ގުދަނެއްގެ ތެރޭގައި ބޮޑު ސެޓެއްގައެވެ.

މި ލަވަ ބަލާލުމުން ވެސް ލަވައިގެ ވީޑިއޯ ފުރިހަމަ ކުރުމަށްޓަކައި ކޮށްފައިވާ މަސައްކަތް ފެނެއެވެ.

"އާދޭސް" ގެ ލިރިކްސް ހަދާފައިވަނީ ޝަލަބީގެ ބޭންޑް ކަމަށްވާ "ހައުސްއޮފް މިއުޒިކް" އިންނެވެ. މި ލަވައިގައި ޝަލަބީގެ އިތުރުން ފެނިގެން ދާނީ މޮޑެލް ޝައްމަތު އިބްރާހިމް އަދި ހައުސް އޮފް މިއުޒިކް ބޭންޑެވެ. ޝައްމަތަކީ ދާދި ފަހުން ނިކުތް މުންކޮގެ ފިލްމު ކަމަށްވާ "އިލް ނޮއިސް" އިންވެސް ފެނިގެންދިޔަ ފަރާތެކެވެ.

އިތުރަށް ކިޔާލަން

11 އޮކްޓޯބަރު 2023

މިއީ އަދި ތި ހީކުރާ ކަހަލަ ފަރުދާއެއް ނޫން!

11 އޮކްޓޯބަރު 2023
މިއީ އަދި ތި ހީކުރާ ކަހަލަ ފަރުދާއެއް ނޫން!
02 މެއި 2023

އުފަން ވަޒަނަށް އެނބުރިދިއުން، އަމިއްލައަށް އަރުވައިލެވުން ކަހަލަ ކަމަކަށް!

02 މެއި 2023
އުފަން ވަޒަނަށް އެނބުރިދިއުން، އަމިއްލައަށް އަރުވައިލެވުން ކަހަލަ ކަމަކަށް!
04 މާރިޗު 2021

އަޖައިބެއް ކަހަލަ ލީޑަރުން ތަކެކެވެ. ފާޚާނާކުރާކަށް ވެސް ނުޖެހެއެވެ.

04 މާރިޗު 2021
އަޖައިބެއް ކަހަލަ ލީޑަރުން ތަކެކެވެ. ފާޚާނާކުރާކަށް ވެސް ނުޖެހެއެވެ.
12 ޑިސެމްބަރު 2019

ގޫގުލް އިންޑިއާގައި އެންމެ ގިނައިން ސާރޗްކުރި ފިލްމަކަށް "ކަބީރު ސިންގް"

12 ޑިސެމްބަރު 2019
ގޫގުލް އިންޑިއާގައި އެންމެ ގިނައިން ސާރޗްކުރި ފިލްމަކަށް "ކަބީރު ސިންގް"
16 ޑިސެމްބަރު 2018

ގޫގްލް އިން މި އަހަރު އެންމެ ގިނައިން ސާޗް ކޮށްފައިވާ ކައިވެނި ހަފްލާތަކުގެ މައުލޫމާތު ހާމަކޮށްފި

16 ޑިސެމްބަރު 2018
ގޫގްލް އިން މި އަހަރު އެންމެ ގިނައިން ސާޗް ކޮށްފައިވާ ކައިވެނި ހަފްލާތަކުގެ މައުލޫމާތު ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު