Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
މަޝްހޫރު ލަވަކިޔުންތެރިޔާ

ޕާކިސްތާނުގައި ކުލަ ލުމުގެ މަސައްކަތްކުރާ މީހެއްގެ ރީތި އަޑުން އެންމެންގެ ހިތް އަތުލައިފި

އޭނާގެ ފުރަތަމަ ވީޑިއޯ އިން ފެންނަނީ ކުލަލުމުގެ މަސައްކަތްކުރަމުން ލަވަކިޔަމުންދާ މަންޒަރު

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 10 އޯގަސްޓު 2018 | ހުކުރު 12:38
މުހައްމަދު އާރިފް: އޭނާގެ ވީޑިއޯ ވައިރަލްވެ ބޮޑު މަޝްހޫރުކަމެއް ވަނީ ލިބިގެން ގޮސްފައި

މުހައްމަދު އާރިފް: އޭނާގެ ވީޑިއޯ ވައިރަލްވެ ބޮޑު މަޝްހޫރުކަމެއް ވަނީ ލިބިގެން ގޮސްފައި

ޕާކިސްތާނުގައި އިމާރާތްތަކުގައި ކުލަ ލުމުގެ މަސައްކަތްކުރާ މީހެއްގެ ރީތި އަޑު އިވި ގިނަ ބައެއްގެ ހިތް އަތުލައިފިއެވެ.

ޕާކިސްތާނަށް އުފަން މުހައްމަދު އާރިފް މުޅި ދުނިޔެއަށް މަޝްހޫރު ވެފައި ވަނީ ކޮޓަރިއެއްގެ ފާރުގައި ކުލަ ލަމުން ލަވަ ކިޔަނިކޮށް ނަގާފައިވާ 11 މިނިޓެގް ވީޑިއޯއަކުންނެވެ. މީހުންގެ ސަމާލުކަން އާރިފް އަށް ލިބިގެންދިޔައީ އަކްބަރު ބަޓް ކިޔާ މީހަކު ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއަކުންނެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި ގޭގައި ކުލަ ކުލަށް ޕުޓީ އަޅަމުން ދަނިކޮށް އާރިފްގެ ކިބައިން ލަވައެއް ކިޔައިދިނުމަށް އަކްރަމް އެދެއެވެ. އަދި ލަވަޔަކަށް ފަހު ލަވައެއް އޭނާ ކިޔަމުން ދިޔައެވެ. އޭނާ ކިޔާފައި ވަނީ ހިންދީ މަޝްހޫރު ލަވަތަކެވެ. އޭގެ ތެރޭގައި "ހަމާރީ އަދޫރީ ކަހާނީ" އާއި ޚާމޯޝިޔާން" އަދި "ނެއިނާ" ފާހަގަކޮށްލެވެއެވެ.

މި ވީޑިއޯ ޕޯސްޓްކޮށްލުމާ އެކު މަދު ވަގުތުކޮޅެއްގެ ތެރޭގައި އެތައް ލައްކަ ލައިކެއް ވީޑިއޯ އަށް ލިބުނެއެވެ. އަދި އެތައް ހާސް ބަޔަކު އެ ވީޑިއޯ ޝެއާކޮށްފައިވާ އިރު ހަފުތާއެއްގެ ތެރޭގައި ހަތަރު މިލިއަން ލައިކް އެ ވީޑިއޯ އަށް ލިބިފައި ވެއެވެ. އާރިފް އަށް ލިބުނު ކުއްލި މަޝްހޫރުކަމާ އެކު މީޑިއާތަކުގެ ސަމާލުކަން ވެސް ހުއްޓިގެން ދިޔައެވެ. އެ ގޮތުން ބީބީސީ އުރުދޫ އާއި އަދިވެސް އެނޫން އެތައް ޓީވީ ޗެނެލްތަކުން އާރިފްގެ އިންޓަވިއު ހޯދަން ކިޔުޖެހުނެވެ.

ޕާކިސްތާނުގެ އެންމެ މަޝްހޫރު އެއް ޗެނެލް ކަމަށްވާ "ޖިއޯ ޕާކިސްތާން" އަށް ދިން އިންޓވިއުއެއްގައި އާރިފް ބުނެފައި ވަނީ އޭނާ ލަވަ ކިޔަމުންދާތާ ބާރަ އަހަރު ވެއްޖެ ކަމަށާއި އޭނާގެ ލަވަ ކިޔުމުގެ ހުނަރު ދައްކާލެ ވޭނެ ޕްލެޓްފޯމެއް ލިބޭނެ ދުވަހެއްގެ އުއްމީދުގައި ހުރި ކަމަށެވެ. ދިރިއުޅުމަށް އާމްދަނީ ހޯދުމަށް އޭނާ ނުކުރާ މަސައްކަތެއް ނެތް ކަމަށާއި އެ ގޮތުން ރިކްޝޯ ދުއްވުމާއި މަޖޫރީ ކަމާއި މަގުމަތީގައި ލުއިކާނާ ވިއްކުމާއި އިމާރާތްތަކުގައި ކުލަ ލުން ފަދަ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. ކުލަލުމުގެ މަސައްކަތުގައި އުޅެނިކޮށް އަކްބަރު ނެގި ވީޑިއޯ އިން ލިބުނު މަޝްހޫރުކަން ގަބޫލުކުރަން ދަތިވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ކޮންމެ އަކަސް ލަވަކިޔުންތެރިއަކަށް ވުމަށް އެތައް އަހަރެއް ވަންދެން އޭނާ ކުރަމުން ދިޔަ އުންމީދުތައް މިވަނީ ހަގީގަތަކަށް ވުމުގެ މަގުމަތީގައެވެ. އޭނާގެ ހުނަރު ފެނިފައި ޕާކިސްތާނުގެ އިތުރުން އިންޑިއާގެ މަޝްހޫރު ފަރާތްތަކުން ވެސް އާރިފްއަށް ދަނީ ތައުރީފްކުރަމުންނެވެ. އެ ގޮތުން ބޮލީވޫޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް ވެސް ވަނީ އާރިފް އަށް ތައުރީފްކޮށްފައެވެ. އަދި ރަނގަޅަށް މިއުޒިކް ދަސްކޮށްފި ނަމަ އާރިފަށް ވަރަށް ކާމިޔާބު މުސްތަގުބަލެއް ލިބިދާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

ގިނަ ބައެއްގެ ތައުރީފް އާރިފް އަށް ލިބެމުން އަންނަ އިރު އެތައް ފުރުސަތުތަކެއް ވެސް އޭނާ އަށް ވަނީ ތަނަވަސްވެގެން ގޮސްފައެވެ. އެގޮތުން މިމަހުގެ 14 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕާކިސްތާނުގެ މަޝްހޫރު ލަވަކިއުންތެރިޔާ އެއިމާ ބެއިގްގެ ކޮންސެޓްގައި އޭނާ ލަވަ ހުށަހަޅައިދުނުމުގެ ފުރުސަތު ވަނީ ލިބިގެން ގޮސްފައެވެ. އެކަން ވަނީ ބެއިގްގެ މެނޭޖަރު ވެސް ޔަގީން ކޮށްދީފައެވެ. އަދި އާރިފް މިހާރު ގެންދަނީ އެކަމަށް ފަރިތަކުރަމުންނެވެ.

އެއިމާ ބުނެފައި ވަނީ އާރިފްގެ އަޑު އިވުމާ އެކު އެ އަޑަށް ލޯބި ޖެހުނު ކަމަށެވެ. އޭނާއަކީ ހުނަރުހުރި ޕާކިސްތާން މީހެއް ކަމަށާއި އެންމެން ވެސް އޭނާ ޕްރޮމޯޓް ކުރަން ޖެހޭ ކަމަށެވެ

މުހައްމަދު އާރިފް ލަވަ ކިޔަނިކޮށް ފޭސްބުކްގައި ލައިވްކޮށް، ޕޯސްޓްކުރި އަކްބަރު ބުނެފައި ވަނީ އޭނާއަކީ ވަރަށް މަޝްހޫރުވާންޖެހޭ މީހެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަލްމާން ހާންގެ "ޓައިގާ ޒިންދާ ހޭ" ޕާކިސްތާނުގައި ރިލީޒް ކުރެވޭކަށް ނެތް

ސަލްމާން ހާންގެ "ޓައިގާ ޒިންދާ ހޭ" ޕާކިސްތާނުގައި ރިލީޒް ކުރެވޭކަށް ނެތް

14 ޑިސެމްބަރު 2017
"ނާމްކަރަން" ދޫކޮށްލުމުގެ ވިސްނުމެއް ޒައިން އިމާމްގެ ނެތް

"ނާމްކަރަން" ދޫކޮށްލުމުގެ ވިސްނުމެއް ޒައިން އިމާމްގެ ނެތް

21 ޖޫން 2017
އިންޑިއާގެ ގައުމީ ލަވަ އަދި ދިދައާ ނުލައި ޑަންގަލް ޕާކިސްތާނުގައި ނުދެއްކޭނެ

އިންޑިއާގެ ގައުމީ ލަވަ އަދި ދިދައާ ނުލައި ޑަންގަލް ޕާކިސްތާނުގައި ނުދެއްކޭނެ

07 އެޕްރީލު 2017
ޕާކިސްތާނުގައި "ބޭގަމް ޖާން" ނުދެއްކުމަށް ނިންމައިފި

ޕާކިސްތާނުގައި "ބޭގަމް ޖާން" ނުދެއްކުމަށް ނިންމައިފި

29 މާރިޗު 2017
"ނޫރު" ޕާކިސްތާނުގައި ޕްރިމިއާ ކުރަނީ

"ނޫރު" ޕާކިސްތާނުގައި ޕްރިމިއާ ކުރަނީ

10 މާރިޗު 2017

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު