Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕްރިމިއަމް ވިލާ

ހުޅުމާލޭގައި ޕްރިމިއަމް ވިލާ އަޅަން އެއްބަސްވެއްޖެ

ކޮންމެ ޔުނިޓެއްގައި 2000 އަކަފޫޓު ހުންނާނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 13 ނޮވެމްބަރު 2022 | އާދީއްތަ 13:48
ޕްރިމިއަމް ވިލާ އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުން

ޕްރިމިއަމް ވިލާ އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުން

ބެޗް ކޮންސްޓްރަކްޝަންގެ ފަރާތުން ހުޅުމާލެގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ޕްރިމިއަމް ވިލާގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފްއެވެ. އަދި ބެޗް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައީދެވެ.

އެޗްޑީސީއިން ތަރައްޤީ ކުރަން ނިންމާފައިވާ ޓުއަރިޒަމް އައިލެންޑް އާއި ދާދި ގާތުގައި ތިން ލައްކަ އަކަފޫޓުގެ ބިމެއްގައި ބިނާ ކުރެވޭ މި ޕްރިމިއަމް ރެސިޑެންޝަލް މަޝްރޫޢުގައި ރާއްޖެއަށް އަލަށް ބީޗް ފްރަންޓް ހޯމް, ޑުޕްލެކްސް ޓައުންހައުސް އަދި ޓައުންހައުސް ތައާރަފް ކުރެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. މިގޮތުން ކޮންމެ ޔުނިޓެއްގައި 2000 އަކަފޫޓު ހުންނާނެއެވެ.

އަދި މި އިމާރާތް ފަރުމާކުރާނީ 1200 އަކަފޫޓުގެ ޖާގަ، އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް ލިބޭނެހެން ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

މީގެ އިތުރުން، ސެމީ ގާރޑެޑް ސެކުއިރިޓީ، ޕްރައިވެޓް ނެއިބަރހުޑް، ރެސިޑެންޓް ބަގީޗާ، ގާރޑްރޫމް، ޕޮލިސް ޕޯސްޓް އަދި ކްލަބް ހައުސްގެ ޚިދުމަތްތައް މި ތަނުގައި ދިރިއުޅޭ ފަރާތްތަކަށް ލިބިގެންދާނެއެވެ. އަދި އެކްސްލޫސިވްކޮށް ޕޫލް، ޕޫލް ހައުސް، ވެލްނެސް ސެންޓަރ، ރިކްރިއޭޝަން ސެންޓަރ، މަލްޓި ޕަރޕޮސް އިވެންޓް ހޯލާއި ކޮމަރޝަލް ކޮމްޕްލެކްސްގެ ޚިދުމަތްވެސް މިތަނުގައި ދިރިއުޅޭ މީހުންނަށް ލިބިގެންދާނެއެވެ.

މި މަޝްރޫޢުއާއިއެކު ލަގްޒަރީ ލިވިންގް ތަޢާރަފް ވުމުގެ އިތުރުން 100 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ. ރާއްޖެއަށް އިޤްތިސާދީ އަދި އިޖްތިމާއީ ގިނަ ފައިދާތަކެއްވެސް މި މަޝްރޫއުގެ ދަށުންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އޮޅުވެލި ރިސޯޓުގެ ވޯޓާވިލާއަކުން ވެއްޓި ޓޫރިސްޓަކު މަރުވެއްޖެ

09 ފެބުރުއަރީ 2017
 އޮޅުވެލި ރިސޯޓުގެ ވޯޓާވިލާއަކުން ވެއްޓި ޓޫރިސްޓަކު މަރުވެއްޖެ
05 ފެބުރުއަރީ 2017

އުމަރު ނަސީރު ޑރ.ޖަމީލާ ބައްދަލުކުރެއްވުމަށް އިނގިރޭސިވިލާތަށް

05 ފެބުރުއަރީ 2017
އުމަރު ނަސީރު ޑރ.ޖަމީލާ ބައްދަލުކުރެއްވުމަށް އިނގިރޭސިވިލާތަށް
04 ފެބުރުއަރީ 2017

ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި

04 ފެބުރުއަރީ 2017
ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
01 ފެބުރުއަރީ 2017

ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

01 ފެބުރުއަރީ 2017
ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު