Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

އާސެނަލްގެ ލީޑް ފަސް ޕޮއިންޓަށް، ތަފާތު ދެއްކީ ކެޕްޓަން އޮޑެގާޑް

ދެ ލަނޑުވެސް ޖެހީ އޮޑެގާޑް

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 13 ނޮވެމްބަރު 2022 | އާދީއްތަ 02:24
އޮޑެގާޑް ފުރަތަމަ ލަނޑު ޖެހުމަށްފަހު

އޮޑެގާޑް ފުރަތަމަ ލަނޑު ޖެހުމަށްފަހު

ކެޕްޓަން މާޓިން އޮޑެގާޑްގެ ދެ ލަނޑުން މޮޅުވެ, އާސެނަލްއިން އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ވޯލްޑް ކަޕަށް ލީގު މެދުކަނޑާލުމުގެ ކުރިން އާސެނަލް ކުޅުނު ފަހު މެޗުގައި ބަލިކުރީ ވުލްވްސްއެވެ. ވުލްވްސްގެ ދަނޑުގައި އާސެނަލް ކުރި ހޯދީ 2-0 ނެވެ. ދެ ލަނޑުވެސް ޖެހީ ރެއާލްއިން އާސެނަލްއަށް ބަދަލުވެ, މޮޅު ކުޅުމެއް ދައްކަމުން އަންނަ 23 އަހަރުގެ މިޑްފީލްޑަރ މާޓިންގ އޮޑެގާޑެވެ. އޭނާ ދެ ލަނޑުވެސް ޖެހީ ދެވަނަ ހާފްގައެވެ. މެޗަށްފަހު އާސެނަލްގެ ކޯޗު އާޓެޓާ ބުނީ އާސެނަލް މިހިސާބުގައި އޮންނާނެކަމަށް އެއްވެސް މީހަކު އުއްމީދު ނުކުރާނެކަމަށެވެ. 14 މެޗުގެ ތެރެއިން އާސެނަލް ވަނީ 12 މެޗު ކާމިޔާބުކޮށްފައެވެ. މިއީ 14 މެޗުން އާސެނަލްގެ އެންމެ ރަނގަޅު ރެކޯޑެވެ.

އާސެނަލްއަށް ފަސް ޕޮއިންޓްގެ ލީޑެއް ނެގުނީ, އާސެނަލް މެޗުގެ ކުރިން ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ ބްރެންޓްފޯޑް އަތުން ބަލިވުމުންނެވެ. ޗެމްޕިއަން ސިޓީ ބަލިވީ 2-1 ނެވެ. މިމޮޅާ އެކު އާސެނަލް އެއްވަނައިގައި އޮތީ 14 މެޗުން 37 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި މެންޗެސްޓަރ ސިޓީ އޮތީ 32 ޕޮއިންޓާ އެކުއެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

އާސެނަލްގެ ދަނޑުގައި އެޓީމު ލަދުގަންނަވާލުމަށްފަހު ބެޔާން މިއުނިކް ކުއާޓާއަށް

08 މާރިޗު 2017
އާސެނަލްގެ ދަނޑުގައި އެޓީމު ލަދުގަންނަވާލުމަށްފަހު ބެޔާން މިއުނިކް ކުއާޓާއަށް
06 މާރިޗު 2017

ފަސް އަހަރު ކުރިން ދުވަން ނުކުތް ޝަރަފް، ގައުމީ މެރެތަން ދުވުމުގެ ރެކޯޑް މުގުރާލައިފި

06 މާރިޗު 2017
ފަސް އަހަރު ކުރިން ދުވަން ނުކުތް ޝަރަފް، ގައުމީ މެރެތަން ދުވުމުގެ ރެކޯޑް މުގުރާލައިފި
05 މާރިޗު 2017

ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ

05 މާރިޗު 2017
ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ
21 ފެބުރުއަރީ 2017

މާލޭ ލީގު: ވެލެންސިއާ އާއި ނިއު ބައްދަލުކުރާ މެޗު ފަސްކޮށްފި

21 ފެބުރުއަރީ 2017
މާލޭ ލީގު: ވެލެންސިއާ އާއި ނިއު ބައްދަލުކުރާ މެޗު ފަސްކޮށްފި
18 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: އެލްޓީ އާއި ޓީރެކްސް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ

18 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: އެލްޓީ އާއި ޓީރެކްސް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު