Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗެންނާއީގައި ފެންބޮޑުވުން

ޗެންނާއީއަށް އަނެއްކާވެސް ބޯ ވިއްސާރައިގެ ކާރިސާއެއް

އައްސޭރިއާ ގާތުގައި އޮންނަ ޗެންނާއީއަށް މޫސުން ގޯސްވުމަކީ އާންމު ކަމެއް

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 12 ނޮވެމްބަރު 2022 | ހޮނިހިރު 08:37
ޗެންނާއީގައި ފެންބޮޑުވެފައި

ޗެންނާއީގައި ފެންބޮޑުވެފައި

މެދުނުކެނޑި ބޯކޮށް ވާރޭ ވެހެމުން ދިއުމުގެ ސަބަބުން އިންޑިޔާގެ ޗެންނާއީގެ ސްކޫލްތަކާއި ކޮލެޖްތައް ހުކުރު ދުވަހު ބަންދު ކޮށްފައިވެއެވެ. މިއީ މޫސުން ގޯސްވުމުގެ ސަބަބުން މި ނޮވެމްބަރު މަހު ޗެންނާއީގެ ސްކޫލްތައް ބަންދުކުރަން ޖެހުނު ދެވަނަ ފަހަރެވެ. 12 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޗެންނާއީގެ މީހުން ދިރިއުޅޭ ހިސާބުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާކަމަށް ޚަބަރުތައް ބުނެއެވެ. އަދި ޗެންނާއީއަކީ އައްސޭރިފަށާ ކައިރީގައިވާ ސިޓީއެއްކަމުން، ވައިގަދަވުމުގެ ސަބަބުންވެސް ވަރަށް ބޮޑަށް ގެއްލުން ލިބެމުންދާކަމަށް ޚަބަރުތައް ބުނެއެވެ.

ކުރިޔަށް އޮތް ދުވަސްތަކުގައިވެސް އިތުރަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ އިދާރާތަކުން އަންދާޒާކޮށްފައިވާތީ، ސަރުކާރުގެ ކަމާބެހޭ ފަރާތް ތަކުން ދަނީ އެކަމަށް ތައްޔާރުވަމުންނެވެ.

މޫސުމާބެހޭ މާހިރުން ވިދާޅުވާގޮތުގައި މިހާރަކަށް އައިސް މާ އަވަސްއަވަހަށް ވާރޭވެހުމާއި، އަދި ކުރިއަށް އަންދާޒާ ކުރަން ނޭގުމާއެކު، ހާލުގައިޖެހޭ މީހުންނަށް އެހީވުމުގެ ކަންތަކަށް ތައްޔާރުވުމަށްވެސް ކޮންމެވެސް ވަރަކަށް ހުރަސްއެޅެއެވެ. ނަމަވެސް މިހާރުވެސް އެކި ފަރާތްތަކުން ގެންދަނީ ޕަންޕްތައް ބޭނުންކޮށްގެން ފެން ހިއްކުމާއި އަދި އެހީގެ ތަކެތި ބަހަމުންކަމަށް ޚަބަރުތައް ބުނެއެވެ.

މިފަހަރުގެ މޫސުމީ ކާރިސާ ކުރިމަތިވެފައި މި ވަނީ ފާއިތުވި 30 އަހަރުގެތެރޭގައި ޗެންނާއީ ދުށް އެންމެ ބޯ ވާރޭ ތަޖުރިބާކުރެވުނުތާ ދިހަވަރަކަށް ދުވަސް ފަހުންނެވެ. މިގޮތުން ނޮމެމްބަރ 1ވަނަ ދުވަހު ޗެންނާއީގައި ރިކޯޑް ކުރެވުނީ ފާއިތުވި ތިރީސް އަހަރުވެސް ވެހުނު އެންމެ ބޯ ވާރޭ ކަމަށް ވެއެވެ. އޭގެ ދެތިން ދުވަސް ކުރިން ފެށިގެން މޫސުން ގޯސްވެ ދިމާވި އެކި ހާދިސާތަކުގައި 26 މީހުން މަރުވެފައިވެސް ވެއެވެ.

އިންޑިޔާގެ އެންމެ ބޮޑު އެއް ސިޓީ ކަމަށްވާ ޗެންނާއީއަކީ އިންޑަސްޓްރިއަލް ޕްރޮޑަކްޝަން އަދި އޮޓޮމޮބައިލް މެނުފެކްޗަރިންގގެ ރޮނގުން ފާހަގަކޮށްލެވޭ ސިޓީއެކެވެ. ނަމަވެސް މޫސުން ގޯސްވުމަކީ ޗެންނާއީއަށް އާންމު ކަމެއް ކަމަށް ވެއެވެ.

މީގެ ހަތް އަހަރު ކުރިންވެސް ޗެންނާއީއަށް މޫސުން ގޯސްވެ، ފެންބޮޑުވެ ދިމާވި އެކި ހާދިސާތަކުގައި 400 މީހުން މަރުވެފައިވެއެވެ.

އިތުރަށް ކިޔާލަން

28 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންގެ މައްސަލައަކީ ގަބޫލު ކުރެވޭނެ ކާރިސާއެއް ނޫން: އިނގިރޭސި ވިލާތް

28 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ މައްސަލައަކީ ގަބޫލު ކުރެވޭނެ ކާރިސާއެއް ނޫން: އިނގިރޭސި ވިލާތް
20 އޯގަސްޓު 2017

އިނގިރޭސި ވިލާތުން ސިއްހީ ފަރުވާ ހޯއްދެވުމަށްފަހު ބުހާރީ އަނެއްކާވެސް ގައުމަށް

20 އޯގަސްޓު 2017
އިނގިރޭސި ވިލާތުން ސިއްހީ ފަރުވާ ހޯއްދެވުމަށްފަހު ބުހާރީ އަނެއްކާވެސް ގައުމަށް
29 މެއި 2017

އުތުރު ކޮރެއާ އިން އަނެއްކާވެސް މިސައިލެއް ޓެސްޓްކޮށްފި

29 މެއި 2017
އުތުރު ކޮރެއާ އިން އަނެއްކާވެސް މިސައިލެއް ޓެސްޓްކޮށްފި
15 މެއި 2017

އިންޑިއާގައި އަނެއްކާވެސް ރަހުމުކުޑަ ރޭޕްގެ މައްސަލައެއް!

15 މެއި 2017
އިންޑިއާގައި އަނެއްކާވެސް ރަހުމުކުޑަ ރޭޕްގެ މައްސަލައެއް!
08 މެއި 2017

އުތުރު ކޮރެއާ އިން އަނެއްކާވެސް އެމެރިކާ ރައްޔިތަކު ހައްޔަރުކޮށްފި

08 މެއި 2017
އުތުރު ކޮރެއާ އިން އަނެއްކާވެސް އެމެރިކާ ރައްޔިތަކު ހައްޔަރުކޮށްފި
20 އެޕްރީލު 2017

ޖަކާޓާގެ ފުރަތަމަ ކްރިސްޓިއަން ގަވަރުނަރަށްފަހު އަނެއްކާވެސް މުސްލިމެއް

20 އެޕްރީލު 2017
ޖަކާޓާގެ ފުރަތަމަ ކްރިސްޓިއަން ގަވަރުނަރަށްފަހު އަނެއްކާވެސް މުސްލިމެއް
06 މާރިޗު 2017

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
07 ފެބުރުއަރީ 2017

އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް

07 ފެބުރުއަރީ 2017
އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު