Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބުހާރީގެ ސިއްހީ ހާލުކޮޅު

އިނގިރޭސި ވިލާތުން ސިއްހީ ފަރުވާ ހޯއްދެވުމަށްފަހު ބުހާރީ އަނެއްކާވެސް ގައުމަށް

އެ މަނިކުފާނުގެ އާލާސްކަންފުޅަކީ ކޮބައިކަމެއް ހާމައެއް ނުކުރައްވާ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 20 އޯގަސްޓު 2017 | އާދީއްތަ 04:43
އެ މަނިކުފާނުގެ އާލާސްކަންފުޅަކީ ކޮބައިކަމެއް ހާމައެއް ނުކުރައްވާ

އެ މަނިކުފާނުގެ އާލާސްކަންފުޅަކީ ކޮބައިކަމެއް ހާމައެއް ނުކުރައްވާ

ސިއްހީ ފަރުވާ ހޯއްދެވުމަށް ތިންމަހަށްވުރެ ގިމަ ދުވަހު އިނގިރޭސިވިލާތުގައި ހޭދަކުރެއްވުމަށްފަހު ނައިޖީރިޔާގެ ރައީސް މުހައްމަދު ބުހާރީ ހޮނިހިރު ދުވަހު އެނބުރި ގައުމަށް ވަޑައިގެންފިއެވެ.

އެހާ ދުވަސްވެގެން ދިޔައިރުވެސް އެ މަނިކުފާނުގެ އާލާސްކަންފުޅަކީ ކޮބައިކަމެއް ހާމައެއް ނުކުރައްވައެވެ.

އުމުރުފުޅުން 74 އަހަރުގެ ބުހާރީ ލަންޑަނަށް ވަޑައިގަތުމަށް ގައުމުން ފުރާ ވަޑައިގެންފައިވަނީ މެއި މަހުގެ 7 ވަނަ ދުވަހުއެވެ.

ރައީސް ބުހާރީ ގައުމުގައި ނެތުން ވެގެން ގޮސްފައިވަނީ ގައުމުގައި ނުތަނަވަސްކަން އުފެދުނު ކަމަކަށެވެ. އެނބުރި ގައުމަށް ވަޑައިގަތުމަށް ނުވަތަ އިސްތިއުފާދެއްވުމަށްވެސް އެ ގައުމުގެ ބައެއް ރައްޔިތުން ގޮވާލާފައިވެއެވެ.

ހޯމަ ދުވަހުގެ ހެނދުނު 7 ޖަހާއިރު ރައީސް ބުހާރީ ގައުމާ މުޚާތަބުކުރައްވާނެ ކަމަށް ބެލެވޭ ކަމަށް އެ މަނިކުފާނުގެ އޮފީހުން ބުނެފައިވެއެވެ.

މިދިޔަ ދުވަސްތަކުގައި ބުހާރީގެ އޮފީހުން ގެންދިޔައީ ބުހާރީ ގައުމަށް ވަޑައިގަންނަވާނެކަމަށް ޔަގީންކަން ދެއްވުމަށް ރަސްމީ ބައްދަލުވުންތަކުގައި އިންނެވި ފޮޓޯތައް އާއްމުކުރަމުންނެވެ.

މިއީ ސިއްހީ ފަރުވާއަށް މި އަހަރުގެ ތެރޭ ބުހާރީ ވަޑައިގެންނެވި ދެވަނަ ފަހަރެވެ. މީގެ ކުރިން ޖެނުއަރީ މަހު އެ ގައުމަށް ވަޑައިގެން ދެ މަހެއްހާ ދުވަހު މަޑުކުރެއްވިއެވެ.

ޑިޕްލޮމޭޓުންނާއި ސަރުކާރުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ފުރަތަމަ ނެންގެވި ޗުއްޓީއަށްފަހު މާޗް މަހުގެ 10 ވަނަ ދުވަހު ގައުމަށް އެނބުރި ވަޑައިގެން ބުހާރީ ވަނީ މަސައްކަތް ކުރައްވާ ދުވަސްތައް މަދުކޮށް މަދު ގަޑިއިރުތަކަކަށް ބަދަލުކުރައްވާފައެވެ.

މީގެ ދެ އަހަރުކުރިން 2015 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ބުހާރީއާ ވާދަ ކުރެއްވި އިދިކޮޅު ލީޑަރު ވިދާޅުވަމުން ގެންދަވަނީ ބުހާރީއަށް ޕްރޮސްޓްރޭޓް ކެންސަރު ޖެހިވަޑައިގެންފައިވާކަމަށެވެ. އެވާހަކަ ބުހާރީ ދޮގުކުރައްވައެވެ.

ބުހާރީގެ ހަތަރު އަހަރުގެ ދައުރު ނިމޭނީ 2019 ވަނަ އަހަރުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި

ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި

31 މާރިޗު 2017
 އިނގިރޭސި ވިލާތުގެ ޕާލިމަންޓުގެ ކައިރީގައި ދިން ހަމަލާ: ފަސް މަރު، މަދުވެގެން 40 މީހުން ޒަޚަމް

އިނގިރޭސި ވިލާތުގެ ޕާލިމަންޓުގެ ކައިރީގައި ދިން ހަމަލާ: ފަސް މަރު، މަދުވެގެން 40 މީހުން ޒަޚަމް

23 މާރިޗު 2017
އިނގިރޭސި ޕާލިމެންޓަށް ދިން ހަމަލާ: މިހާތަނަށް ލިބިފައިވާ މައުލޫމާތު

އިނގިރޭސި ޕާލިމެންޓަށް ދިން ހަމަލާ: މިހާތަނަށް ލިބިފައިވާ މައުލޫމާތު

22 މާރިޗު 2017
އިނގިރޭސި ވިލާތުގެ ކޮމިއުނިކޭޝަންސް އިންޓެލިޖެންސް އޭޖެންސީން ޓްރަމްޕްގެ ތުހުމަތު ދޮގުކޮށްފި

އިނގިރޭސި ވިލާތުގެ ކޮމިއުނިކޭޝަންސް އިންޓެލިޖެންސް އޭޖެންސީން ޓްރަމްޕްގެ ތުހުމަތު ދޮގުކޮށްފި

18 މާރިޗު 2017
އިނގިރޭސިވިލާތުގައި އުޅޭތާ 30 އަހަރާ ގާތްވެފައިވާ އަންހެނަކު ޑީޕޯޓުކޮށްފި

އިނގިރޭސިވިލާތުގައި އުޅޭތާ 30 އަހަރާ ގާތްވެފައިވާ އަންހެނަކު ޑީޕޯޓުކޮށްފި

28 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު